އިންޑިއަން ނޭވީ ޝިޕެއް
ދުނިޔެ
25 Apr 2023 | 09:51
އިޒްރާއިލަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތެއް އިންޑިޔާގެ ކުރީގެ ނޭވީގެ 8 އޮފިސަރަކަށް

ޤަޠަރާއި ދެކޮޅަށް އިޒްރާއިލަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތު އިންޑިޔާގެ ކުރީގެ 8 ނޭވީ އޮފިސަރެއްގެ މައްޗަށް ކޮށްފިއެވެ.

މި 8 މީހުންގެ މައްޗަށް މި ކަމުގެ ތުހުމަތުތައް ކުރެވި، މިހާރު އަންނަނީ މައްސަލައާއި ގުޅިގެން އަޑު އެހުންތައް ކުރިއަށް ގެންދަމުންމެވެ.

އެމީހުންގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ޤަޠަރުން ހިންގަމުން ގެންދާ ހައި ޓެކް ސަބްމެރިން އަކާއި ގުޅޭ މައުލޫމާތު އެއްކުރުމުގެ ތުހުމަތެވެ. އެސަބްމެރިންނަކީ އިޓަލީގައި އުފައްދާފައިވާ ސަބްމެރިންނެކެވެ. އިންޑިޔާގެ އެ 8 މީހުންނަކީ ޤަޠަރުގެ ދަހްރާ ގްލޯބަލް ޓެކްނޮލޮޖީސް އެންޑް ކޮންސަލްޓަންސީ ނަމަކަށް ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރާ ބައެކެވެ. އަދި އެކުންފުންޏަކީ ޤަޠަރުގެ ޑިފެންސް އާއި އެހެނިހެން އޮތޯރިޓީ ތަކުގެ ލޯކަލް ބިޒްނަސް ޕާޓްނަރު ކަމުގައި މީޑިއާ ގައި ބުނެފައިވެއެެވެ.

މި 8 މީހުން ހައްޔަރު ކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ގެ ތެރޭގައެވެ. އޭރު ރަސްމީ ކޮށް އެއްވެސް ތުހުމަތެއް އެމީހުންގެ މައްޗަށް ކޮށްފައި ނުވިނަމަވެސް، އޭރު ވެސް އެމީހުން އިޒްރާއިލަށް ޖާސޫސްކޮށްދޭކަން އޮތީ ޝައްކު ކުރެވިފައެވެ.

އިންޑިޔާގެ އިންޓެލިޖެންސް އިން ބުނެފައިވަނީ އިންޑިޔާއިން ވެސް އަދި އިންޑިޔާގެ އެއްވެސް ރައްޔިތަކުވެސް ޤަޠަރުގެ ސަލާމަތާއި ގުޅުން ހުރި މިފަދަ އެއްވެސް ކަމެއްގައި ހިއްސާ ނުވާ ކަން ޔަޤީން ކޮށްދޭން އެތައް މަސައްކަތެެއް ކުރެވިފައި ވާ ކަމަށެވެ. ނަމަވެސް އެ ޤައުމުން އެވާހަކަތައް ޤަބޫލުކުރުމަށް އެއްބަސް ވެފައި ނުވާ ކަމަށެވެ. އަދި ޤަޠަރުގެ ސަބްމެރިން ޕްރޮޖެކްޓާއި ގުޅޭ  މައުލޫމާތު އިޒްރާއިލާއި ހިއްސާކޮށްފަައިވާ ކަމަށް އެ ޤައުމުން ޤަބޫލު ކޮށްފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.