އަލްބުރޫޖް ޖަމާޢަތުން ޢުމާރާއަށް ގޮސްތިބި ބަޔަކު-- ފޮޓޯ/ އަލް ބުރޫޖް ޖަމާޢަތް
ހަބަރު
25 Apr 2023 | 10:32
ޢުމްރާ އަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ

އަލްބުރޫޖް ޖަމާޢަތުގެ ޙަވާލުގައި 1444 ހ ވަނަ އަހަރު ރަމަޟާން މަހު ޢުމުރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ އެވެ. 

އަލްބުރޫޖް ޖަމާޢަތުގެ އިސްވެރިޔާ އަލްފާޟިލް ޢަދުނާނު ސަޢީދު މައުލޫމާތު ދެއްވާ ގޮތުގައި ނިޔާވެފައި ވަނީ އެ ޖަމާޢަތުގެ ޙަވާލުގައި ޢުމްރާއަށް ގޮސް އުޅުނު މީހެއް ކަމުގައިވާ ގއ.ކޮލަމާފުށީ ގަސްދޮށުގެ މުޙައްމަދު ޒަކީ (83 އަހަރު) އެވެ. އަދި އޭނާ ނިޔާވެފައި ވަނީ 25 އޭޕްރީލް 2023 ވިލޭރޭ މައްކާ ގަޑިން 12 ޖަހާ ކަންހާއިރު ކަމަށްވެސް އެ ޖަމާއަތުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، އެ ޖަމާއަތުން ބުނީ މުޙައްމަދު ޒަކީ ނިޔާވެފައިވަނީ މަދީނާ ޒިޔާރަތުގައި 2 ދުވަސް ހޭދަކުރުމަށްފަހު މިދަތުރުގައި އިތުރު ޢުމުރާއެއް ކުރުމަށް މަދީނާގެ މީޤާތު ޛުލް ޚުލައިފާއިން އިޙްރާމް ބަނދެގެން އައިސް މައްކާގެ ހޮޓަލަށް ފޯރިތާ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަމަށެވެ.

މުޙައްމަދު ޒަކީ ޢުމާރާއަށް ގޮސްފައިވަނީ އޭނާގެ ޢާއިލާގެ މީހުންގެ ތެރެއިން، އަނބިކަނބަލުންނާއި 2 ފިރިހެން ދަރީންނާއި އަންހެން ދަރިއަކާއި ދެ ދަނބިދަރީންނާއި އެކު ކަމަށް އަލްބުރޫޖް ޖަމާޢަތުން މައުލޫމާތު ދެއެވެ.

މިއާއެކު އެ ޖަމާޢަތުން އިތުރަށް ބުނީ، ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި މައްކާގައި ކިޔަވަން ތިއްބަވާ ދިވެހި ދަރިވަރުންގެ އެހީތެރިކަމާއެކު މުހައްމަދު ޒަކީގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ސަޢޫދީ ޢަރަބިއްޔާގެ ޢުމުރާ އެޖެންޓާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިވަގުތު މައްޔިތާ ބޭއްވިފައިވަނީ މައްކާގެ ކިންގް ފައިޞަލް ހޮސްޕިޓަލްގެ މޯރޗަރީގައި ކަމަށާ، ޑޮކްޓަރުގެ ލިޔުން ލިބުމާއެކު ހިނެވުމަށްޓަކައި މައްކާގެ ހިނަވާގެއަށް ގެންދެވޭނެ ކަމަށެވެ.

.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.