އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ-- ފޮޓޯ/ މަޖިލިސް
ހަބަރު
25 Apr 2023 | 11:39
ކޮތަޅުން ފީ ނެގުމުގެ ކުރިން ރައްޔިތުން ހޭލުންތެރިކުރަން ވަރަށް ގިނަ މަސައްކަތް ކުރިން: ޝައުނާ

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުގެ ކުރިން، މި ވީ ހަތަރު މަސް ދުވަހުގެ ތެރޭގައި ރައްޔިތުން ހޭލުންތެރި ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. 

ޝައުނާ މިފަދައިން ވިދާޅުވެފައި ވަނީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުގެ ކުރިން ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުމަށް ކުރެވިފައިވަނީ ކޮންކޮށް މަސައްކަތް ތަކެއްތޯ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބަށް ދެއްވަމުންނެވެ. 

އެގޮތުން ޝައުނާ ވިދާޅުވީ, ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި އެ މާއްދާ ހިމެނިފައިވާތީ، އެކަމާއި ގުޅިގެން ރައްޔިތުން އަހުލުވެރި ކުރުމަށް މީރާ އާއި، ވެމްކޯ އާއި ގުޅިގެން މުޅި ރާއްޖޭގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގާފައިވާ ކަމަށެވެ. 

"އެގޮތުން ވަކިން ޚާއްސަކޮށް މާލެ ސަރަހައްދަށް ޚާއްސަ ކޮށްގެން ހުޅުމާލެ އާއި، މާލޭގައިވެސް މިކަންކަން ވަނީ ކުރިއަށް ގެންދެވިފައި. އިންފޮމޭޝަން ސެޝަންތައްވެސް ބޭއްވިން. ރޯޑް ޝޯތައްވެސް ބޭއްވި. އަދި ސޯޝަލް މީޑިއާގައި، ޓުވިޓާ، އިންސްޓަގްރާމް އާއި މި ވަސީލަތްތައް ބޭނުންކޮށްގެން ވެސް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގިން."

"އަޅުގަނޑުމެންނަށް 79 ރަށުގައި މި ޕްރޮގްރާމް ވަނީ ހިންގިފައި. ނ،ރ،ބ،ޅ ގެ 40 ރަށެއްގައި، ކ، އއ، އދ، ވ ގެ 32 ރަށެއްގައި، މ، ފ، ދ، ތ، ލ ގެ 6 ރަށެއްގައި އަޅުގަމޑުމެންނަށް ވަނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތައް ހިންގިފައި. ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީތަކާއި އެކީގައި އަޅުގަނޑުމެން ވަނީ އެގްރީމެންޓެއްގެ ދަށުން ދޮރުން ދޮރަށް ހިނގައި މިކަން ކަމާއި ގުޅޭގޮތުން ކަންކަން ހިންގިފައި. މާލޭގައި 250 ގެއަށް އަޅުގަނޑުމެން ވަނިން. އަޅުގަނޑުމެން ނޫސް ބަޔާންތައް ނެރުނިން. އަޅުގަނޑުމެން މި ކަންކަމާއި ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ޓީވީ ޕްރޮގްރާމް ތަކަށް އަރައި ރޭޑިއޯ ޕްރޮގްރާމްތަކުގައިވެސް މި ވާހަކަތައް ދެއްކިން."

މިނިސްޓަރު އާމިނަތު ޝައުނާ 

މިއާއެކު ޝައުނާ ވިދާޅުވީ، މިފަދަ ކަންކަން ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާއިރު، ސިޔާސަތު ތައް ތަންފީޒު ކުރަން ތިބޭ ބައެއް ފަރާތްތަކުން އެކަމަށް ސަމާލުކަން ނުދެއްވާ ކަމަށާ، އެކަމާއި މެދު ހިތާމަ ކުރައްވާ ކަމަށެވެ. 

ކޮމެންޓް
Ahmed Rasheed
މީނާ މިނިސްޓަރ ކަމުން ވަކިކުރޭ. ފެންވަރެއް ނެތް
25 Apr 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.