ބުރިޖު ޕްލެޓުފޯރމުގެ ސަބަބުން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުންތައް: ފޮޓޯ/ އީޕީއޭ
ހަބަރު
25 Apr 2023 | 12:59
އެފްކޮންސްގެ ޖޫރިމަނާ މާފުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް: ޝައުނާ

ބުރިޖު ޕްލެޓުފޯމު ފަރަށް އެރި މައްސަލާގައި އެފްކޮންސް ކުންފުނި ކޮށްފައިވާ ޖޫރިމަނާ މާފުކޮށްދެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ބުރިޖު ޕްލެޓުފޯމު ވިލިނގިލި ފަރަށް އެރި މައްސަލައާއި ގުޅިގެން އެ މަސައްކަތް ކުރަމުންދާ އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރިތާ މިހާރު 8 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އަދިވެސް އެފްކޮންސް އިން އެ ޖޫރިމަނާ ފައިސާ ނުދައްކައެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުވަނީ، އެފްކޮންސް ގެ ޖޫރިމަނާ ފައިސާ ހޯދުމަށް މިނިސްޓްރީން އެއްވެސް މަސައްކަތެއް ކުރަމުންދޭތޯ މިނިސްޓަރު ޝައުނާ އާއި ސުވާލު ކުރައްވާފައެވެ. 

ސައީދުގެ ސުވާލަށް ޖަވާބު ދެއްވައި ޝައުނާ ވިދާޅުވީ، ވޭތުވި ހަތަރު އަހަރުގެ ތެރޭގައި 40 މައްސަލައެއްގައި 600 މިލިއަނަށްވުރެ ބޮޑު ޖޫރިމަަނާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި، އެ އަދަދުގެ ތެރެއިން މިހާތަނަށް ސަރުކާރަށް ހޯދިފައިވަނީ ތިން ބައި ކުޅަ އެއް ބައިކަމަށާ އެއީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ޖޫރިމަނާކޮށްގެން ހޯދިފައިވާ އެންމެ ގިނަ ފައިސާކަމަށް އޭނާ ވިދާޅުވިއެވެ.

މިއާއެކު ޝައުނާ ވިދާޅުވީ، އެފްކޮންސް އިންވަނީ އެ މައްސަލަ އޭނާ އަށް ރިވިއުއަށް ހުށައަޅުއްވާފައިކަމަށެވެ. އެހެންކަމުން އޭނާ ވަނީ އެކަމުގެ ދަށުން އަމަލުކުރަންޖެހޭ ގޮތުގެ “ލީގަލް ރިވިއުއެއް” ހަދާފައިކަމަށެވެ. އަދި ލިބިފައިވާ ލަފާއަކީ “އިންޑިޕެންޑެންޓު ރިވިއުއެއް” ހެދުންކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ. 

ލީގަލް ރިވިއު އިން އަޅުގަނޑަށް ލަފާ ދީފައިވަނީ އިންޑެޕެންޑެންޓް، ޓެކްނިކަލް ރިވިއު އެއް ހެދުމަށް. އެ މަރުހަލާ ގައި މިހާރު ވަނީ. މި ޖޫރިމަނާ މާފު ކުރުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުގެވެސް ސަރުކާރުގެވެސް ނެތް ވާހަކަ ދަންނަވަން. 

މިނިސްޓަރު އާމިނަތު ޝައުނާ 

2022 ވަނަ އަހަރުގެ އޮޖަސްޓު މަހުގެ 16 ވަނަ ދުވަހު ބްރިޖު އެޅުމަށް ގެންގުޅުނު ޕްލެޓުފޯމު ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އީޕީއޭއިން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުން ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން، ވިލިމާލެ ފަރަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ފަރުގައި ހަތަރު ބާގަނޑު ހެދިފައިހުރި މަންޒަރު ފެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ