މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
25 Apr 2023 | 14:25
އީޕީއޭ މުސްތަގިއްލު ތަނަކަށް ހެދުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ނިންމައިފިން: ރައީސް ނަޝީދު

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) އަކީ މިނިވަން މުސްތަޤިއްލު ތަނެެއް ކަމުގައި ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ރިޔާސީ ވަޢުދެއް ނަމަވެސް، އެކަން ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ނިންމަވައިފިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ މަޖިލީހަށް ހާޒިރު ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާންވެސް ވަނީ އީޕީއޭ އަކީ މިނިވަން މުސްތަޤިއްލު ތަނަކަށް ހެދުމަށް އަދުގެ ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމަށް ކުރެވެމުންދާ ކަންކަން ސާފު ކުރެއްވުމަށް މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ. އަދި އެ ކަން ކުރައްވާނަންތޯ ނުވަތަ ނޫންތޯވެސް ވަނީ ސުވާލު ކުރައްވާފައެވެ. 

މެންބަރު ވަހީދުގެ ސުވާލަށް ޖަވާބު ދެއްވަމުން ޝައުނާ ވަނީ އީޕީއޭ ބާރުވެރި ކުރުވައި މިނިވަންކަމާއި އެކު ހިންގުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުރެވުނު ބައެއް ކަންކަން ފާހަގަކުރައްވައި، ޝައުނާ ވަނީ އެ ވަޢުދު ފުއްދިފައިވާ ކަމަށް ވިދާޅުވެފައެވެ. 

އެއާއި ވިދިގެން މިނިސްޓަރު ވަނީ ދުނިޔޭގެ ބައެއް ތަރައްޤީ ވެފައިވާ ގައުމު ތަކުގައި އީޕީއޭއިން އަދާ ކުރާ ދައުރުވެސް ތަފްސީލް ކޮށްދެއްވައި، އެ ގައުމު ތަކުގައިވެސް އީޕީއޭ އަކީ ސަރުކާރު ހިންގާ ފަރާތުގެ ބާރު ހިނގާ ތަނެއްކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން މުސްތަޤިއްލު ތަނަކަށް އީޕީއޭ ހަދާނަންތޯ ވައްޑެ ކުރެއްވި ސުވާލަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ވަގުތު ހަމަވަންދެއްވެސް ޝައުނާ އުޅުއްވީ ދުނިޔޭގެ ގައުމުތަކުގައި ތިމާވެށި ރެގިއުލޭޓަރީ އެޖެންސީތައް ހިނގާ ގޮތްތަކުގެ މިސާލު ކިޔާދެއްވުމުގައެވެ.

އެއަށްފަހު ދެން ޝައުނާ ވަނީ ތަރައްޤީއަށް ކުރެވޭ ކޮންމެ ކަމަކުން ވެސް ތިމާވެއްޓަށް އެދެވޭ އަދި ނޭދެވޭ އަސަރު ކުރާނެ ކަން ފާހަގަކުރައްވައި އީޕީއޭގެ މައްޗަށް ސަރުކާރުގެ ބާރު ހިނގާ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ މުސްތަގިއްލު ތަނަކަށް އީޕީއޭ ހެދުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމުގެ އިޝާރާތެއް ނުސީދާކޮށް ދެއްވާފައެވެ. 

ވެރިކަން ހިންގާ ފަރާތުގެ ބާރު ނުހިނގާ ގޮތަށް މުޅިން މިނިވަން މުސްތަޤިއްލު ކޮމިޝަނަކުން ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް އެންމެ އެކަށީގެންވާ ނިޒާމު ނޫން ކަން ގަބޫލުކުރަންޖެހޭ. 

މިނިސްޓަރު އާމިނަތު ޝައުނާ

ޝައުނާގެ ވާހަކަ ތަކާއި ގުޅިގެން މެންބަރު ވަހީދު ވަނީ، އީޕީއޭ އަކީ މިނިވަން މުސްތަޤިއްލު ތަނަކަށް ހެދުމަށް ސަރުކާރުން ވައުދުވީ އިރު، ވައުދުވީ ކަންކަން ނުބަލައިތޯ ސުވާލު ކުރައްވާފައެވެ. އަދި މިނިވަން މުސްތަޤިއްލު ތަނަކަށް އެތަން ހަދާނަންތޯ އަހައި ސުވާލު ތަކުރާރު ކުރައްވާފައެވެ. 

ވަހީދުގެ އެ ސުވާލަށް، ސީދާ ޖަވާބެއް ޝައުނާ ނުދެއްވުމުން މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމްވެސް ވަނީ މަޖިލީހުގައި އެކަން ފާހަގަކުރައްވާފައެވެ.

އާޒިމްގެ ވާހަކަ އާއި ގުޅިގެން ރައީސް ނަޝީދު ވަނީ، މުސްތަޤިއްލު މުއައްސަސާ އަކީ ކޮބައިކަން ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށް ވިދާޅުވެފައެެވެ. އަދި މެންބަރުން ސުވާލު ކުރައްވަމުންދަނީވެސް އެކަމާއި ގުޅިގެން ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. 

ނަޝީދުގެ ވާހަކަފުޅަށްފަހު މެންބަރު ފިރުޝާންވެސް ވަނީ އެ ސުވާލު ތަކުރާރު ކުރައްވާފައެވެ. އަދި އީޕީއޭ އަކީ މިނިވަން މުސްތަޤިއްލު ތަނަކަށް ހައްދަވާނަންތޯ ނުވަތަ ނޫންތޯ، ސާފުކޮށް، ކުރުކޮށް އާއެކޭ ނުވަތަ ނޫނެކޭ ޖަވާބުގައި ވިދާޅުވެ ދެއްވުމަށް އެދިލައްވާފައެވެ. 

އީޕީއޭއާއި ގުޅިގެން ދަންނަވާލާނީ، މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް، 100 ދުވަހުގެ ވައުދާއި އެއްގޮތަށް، އީޕީއޭ ބާރުވެރިކޮށް، މިނިވަންކަމާއި އެކުގައި ހިންގޭނެގޮތް އަޅުގަނޑުމެން ވާނީ ހަދައިދީފައި. އެއްވެސް ސިޔާސީ، އަދި ސިޔާސީ ނޫންވެސް ނުފޫޒެއް އީޕީއޭގެ މައްޗަށް މިހާރަކު ނުހިނގާ. އެތަނުގައި މިހާރު ތިބި މުވައްޒަފުންގެ އިންޓެގްރިޓީ އާއި މެދުވެސް އަޅުގަނޑުގެ ކޮންފިޑެންސް މިހާރު އެބައޮތް.  

މިނިސްޓަރު އާމިނަތު ޝައުނާ 

ޝައުނާގެ ވާހަކަ އާއި ގުޅިގެން ރައީސް ނަޝީދު ވަނީ އީޕީއޭ އަކީ މިނިވަން މުސްތަޤިއްލު ތަނަކަށް ހެދުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ނިންމަވައިފިން ކަމަށެވެ. 

"އަޅުގަނޑު މިހާރު މިތަނުން މި ނިންމީ، މުސްތަޤިއްލު މުއައްސަސާ އެއްގެ ގޮތުގައި އީޕީއޭ ހެދުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް" 

ރައީސް މުހައްމަދު ނަޝީދު 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.