މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމު/ ފޮޓޯ: މަޖިލިސް
ހަބަރު
25 Apr 2023 | 14:29
ކޮތަޅަށް 2 ރުފިޔާ ނުނަގާ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭނެ އެތައް ކަމެއް އެބަހުރި: އުޝާމު

ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނުނަގާވެސް ތިމާވެށި ހިމާޔަތްކުރުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. 

އުޝާމު މިފަދައިން ވިދާޅުވެފައިވަނީ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނެގުމަށް ކުނި މެނޭޖުރުމުގެ ޤާނޫނަށް މިހާރު ހުށައަޅާފައިވާ އިސްލާހަށް މަޖިލީހުގައި ބަހުސްކުރައްވަމުން ނެވެ. 

އުޝާމު ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގަން ފެށުމުން ތިމާވެއްޓަށް ލިބޭނެ ފައިދާއާއި، އަދި ކޮތަޅުގެ ބަދަލުގައި ބޭނުން ކުރެވޭނެ ވަސީލަތެއް ސަރުކާރުން ރައްޔިތުންނަށް އޮޅުންފިލުވާ ދެއްވާފައި ނުވާކަމަށެވެ. 

ޕްލާސްޓިކް ކޮތަޅުން ތިމާވެއްޓަށް ލިބޭ ގެއްލުމަށްވުރެ ބޮޑެތި ގެއްލުންދޭ ވަސީލަތްތައް ހުރިއިރު އެކަންކަމަށް ބެއްލެވުމެއް ނެތި ކޮތަޅުން ދެ ރުފިޔާ ނަގަން ފެށި ސަބަބާއި ގުޅިގެން ވެސް ގިނަ ސުވާލުތަކެއް އުފެދޭކަމަށް އުޝާމު ވިދާޅުވި އެވެ. 

"ދިރާސާތަކުން ދައްކާގޮތުން އެންމެ ބޮޑު ސީ ޕޮލިއުޓަންޓަކީ ސިންގަލް ޔޫސް ޕްލާސްޓިކް އެއް ނޫން. އެންމެ ބޮޑު ސީ ޕޮލިއުޓަންޓަކީ ސިނގިރޭޓު ބަޓު. ދެވަނައަށް އެންމެ ބޮޑު ސީ ޕޮލިއުޓަންޓަކީ ކާބޯތަކެތި ރެޕްކޮށްފައި ހުންނަ ރެޕާސް. ތިން ވަނައަށް އެންމެ ބޮޑު ޕޮލިއުޓަންޓަކީ ޕްލާސްޓިކް ބޮޓަލް. ކޮތަޅު މި ލިސްޓުގައި އަންނަނީ ފަސް ވަނައަށް"

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމު 

އެވާހަކަތަކާއި ގުޅުވާ އުޝާމު ވިދާޅުވީ ޕްލާސްޓިކް ފުޅި ބޭނުންކުރެވޭ މިންވަރު މަދުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަން ފާހަގަކުރެވޭ ކަމަށެވެ. 

އެގޮތުން ރާއްޖޭގައި ޕްލާސްޓިކް ފުޅި އުފައްދާ ބޭނުންކުރަމުންދާ ކަމަށާއި، އެކަން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ނުދާތީ ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަނީ ތިމާވެށި ހިމާޔަތްކުރުމުގެ އިހުލާސްތެރި ނިޔަތެއްގައި ކަމަށް ޤަބޫލުކުރަން ދަތިފުޅުވާކަމަށް އުޝާމު ވިދާޅުވި އެވެ. 

އޭގެ އިތުރުން އުޝާމު ވިދާޅުވީ ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާއި ގުޅިގެން ރައްޔިތުންގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެގެން ދިޔައީ އެ ފީއަށް ރައްޔިތުން އަހުލުވެރިނުކޮށް އެކަން ކުރަން އުޅުމުން ކަމަށެވެ.

އެފަދަ ފީ އެއް ނަގަން ޖެހުނު ސަބަބާއި ޕްލާސްޓިކުން ތިމާވެއްޓަށް ވާ ގެއްލުން ރައްޔިތުންނަށް ބުނެދީ ޤާނޫނަށް އަހުލުވެރި ކުރުވުމަށްފަހު ޕީ ނަގަން ފެށި ނަމަ އެ މައްސަލަތައް ދިމާނުވާނެކަމަށް އުޝާމުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
Ahmed Rasheed
ސަރުކާރުގެ ވެރިން ރައްޔިތުން ތިބި ކަމަށް ގަބޫލު ނުކުރޭ!
25 Apr 2023
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.