އެމެރިކާގެ ރައީސް ބައިޑަން/ ފޮޓޯ: ސީއެންއެން
ހަބަރު
25 Apr 2023 | 23:08
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ބައިޑަން އިއުލާނު ކުރައްވައިފި

ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ. 

އެމެރިކާގެ ރައީސް ބައިޑަން ރިޔާސީ އިތުރު ދައުރަކަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވީ މިއަދު އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގަ އެވެ. އަދި އެކަން އިއުލާންކުރައްވާފައި ވަނީ އެމަނިކުފާނު 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އިއުލާން ކުރެއްވި މުނާސަބާއަށް 4 އަހަރު ފުރުނު ދުވަހު އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބައިޑަން ނިންމަވާފައި މިވަނީ އެކަމާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވަމުން 3 މިނެޓްގެ ވީޑިއޯ މެސެޖުގައި ބައިޑަން ވިދާޅުވީ މިއަދުވެސް ކުރަންޖެހިފައި އޮތީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ކުރެއްވި މަސައްކަތްތައްކަމަ ށެވެ.

ބައިޑަން ވިދާޅުވީ މިއަދު ކުރިމަތީގައި އޮތީ ދެ ސުވާލެއްކަމަ ށެެވެ. އެއީ އިތުރަށް މިނިވަންކަން ހޯދަނީތޯ ނުވަތަ މިނިވަންކަން ހަނިކުރާނީތޯ އަދި އިތުރު ހައްގުތައް ހޯދާނީތޯ ނުވަތަ ހައްގުތައް ހަނިކުރުމުގެ ސުވާލުކަމަށް ބައިޑަން ވިދާޅުވި އެވެ.

ބައިޑަންގެ މެސެޖުގައި ވަނީ އިޤްތިޞާދާއި އެހެން ކަންކަމާއި ގުޅޭގޮތުން އެމެރިކާގެ ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

2021 ވަނަ އަހަރުގެ ޖެނުއަރީމަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އުމުރުފުޅުން 80 އަހަރުގެ ބައިޑަންއަކީ އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވި އުމުރުން އެންމެ ދުވަސްވީ ބޭފުޅާ އެވެ.

ބައިޑަންގެ އުމުރުފުޅު މައްޗަށް ގޮސްފައިވުމަކީ އެމަނިކުފާނު ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ކަންބޮޑުވުމެކެެވެ. އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވިޔަސް، ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް އެމަނިކުފާނަށް ކަށަވަރުވާނީ އަންނަ އަހަރުގެ އޮގަސްޓްމަހު ބާއްވާ ޕާޓީގެ ނެޝަނަލް ކޮންވެންޝަނުގަ އެވެ.

ރިޔާސީ އިތުރު ދައުރަކަށް ވާދަކުރައްވާނެކަން ބައިޑަން އިއުލާންކުރެއްވިއިރު، ވާދަވެރި ރިޕަބްލިކަން ޕާޓީން އިންތިހާބުގައި ވާދަކުރެއްވުން އެންމެ ގާތީ އެންމެފަހުން ވެސް ރިޔާސީ އިންތިހާބުގައި ބައިޑަންއާ ވާދަކުރެއްވި ޑޮނާލްޑް ޓްރަމްޕްއެވެ. އޭނާވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުކާންކޮށްފަ އެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.