ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް- ފޮޓޯ/ މަޖިލިސް
26 Apr 2023 | 11:46
ފުލެޓެއް ހުރި މީހަކަށް ފުލެޓެއް ލިބިގެން ނުވާނެ، އެއީ ސާފުކޮށް ބަޔާންކޮށްފައިވާ ކަންކަން: އަސްލަމް

ސޯޝަލް ހައުސިންގް ޔުނިޓްގެ ދަށުން ދޫކުރެވޭ ފުލެޓްތައް މީހުންނަށް ދިނުމުގެ އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށާ، އެ އުސޫލުގެ ދަށުން ފުލެޓެއް ހުރި މީހަކަށް ފުލެޓެއް ނުދެވޭނެ ކަމަށް ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފުލެޓުތައް އެކިފަރާތްތަކަށް ދޫކުރާއިރު، ގެންގުޅޭ އުސޫލުތަކާއި، ކެޓަގަރީތައް ފުލެޓް ދޫކުރާ ކުންފުނިތަކަށް އަންގާފައިވާނެ ތޯ ސުވާލު ކުރައްވާފައެވެ. 

ބޮންޑެގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ސޯޝަލް ހައުސިންގް ގެ ކެޓަގަރީތަކާއި، އެ ކެޓަގަރީގެ ތަކަށް މާކްސް ލިބޭނެގޮތް ވަރަށް ތަފްސީލްކޮށް ލިޔެ އެކަން ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ކުންފުނި ތަކުން އަޅާ ފުލެޓްތައް ކުންފުނީގެ މުވައްޒަފުންނަށް ދިނުމުގައިވެސް އެ އުސޫލުގެ މަތިން ފުލެޓް ހަވާލުކުރުމަށް އަންގާފައިވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. 

ކުންފުނިތަކުން އިމާރާތް ކުރާ ފުލެޓްތައް ކުންފުނީގެ މުވައްޒަފުންނަށް ދިން ނަމަވެސް އެ ކްރައިޓީރިއާ ތަކަށް ފެތެންޖެހޭނެ. އަޅުގަނޑަށް މައްސަލައެއް ނެތް ކުންފުންޏެއްގެ ޚަރަދުގައި އަޅާ އިމާރާތެއްގައި އެ ކުންފުނީގެ މުވައްޒަފުންނަށް ބައެއް ޚާއްސަ ކުރުމުގެ. އެހެންނަމަވެސް، އެ ކްރައިޓީރިއާ އަށް ފެތެން ވާނެ. ސޯޝަލް ކެޓަގަރީއަށް ފެތޭ މީހަކަށް ސޯޝަލް ހައުސްއެއް ލިބެންޖެހޭނީ. އަދި ފުލެޓެއް ހުރި މީހަކަށް ވެސް ފުލެޓެއް ލިބިގެން ނުވާނެ. އެއީ ސާފުކޮށް އަޅުގަނޑުމެން ބަޔާންކޮށްފައި، ކޮމިޔުނިކޭޓްވެސް ކޮށްފައި އޮންނަ ކަމެއް.

މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ އުސޫލާއި ޚިލާފަށް ކަމެއް ކޮށްފައިވާކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިއްޖެ ނަމަ އެކަންވެސް ބަލާނެ ކަމަށާ، މިހާރުވެސް އެފަދަ މައްސަލައެއް ފެންމަތިވެ، އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި، އުސޫލާއި ޚިލާފަށް ފުލެޓް ދިނުމަކީ މިނިސްޓްރީން އެއްގޮތަކަށްވެސް އަންގައިގެން ކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

ބޮންޑެ މިފަދަ ސުވާލެއް ކޮށްފައި މިވަނީ، އާބަންކޯއިން އެ ކުންފުނީގެ އިސް ބައެއް މުވައްޒަފުންނަށް އުސޫލާއި ޚިލާފަށް ފުލެޓް ދީފައިވާ ކަމަށް ޚަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެ މައްސަލާގައި އާބަންކޯއިން ވަނީ އުސޫލާއި ޚިލާފަށް ފުލެޓް ނުބަހާކަމަށް ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.