ޕްލާސްޓިކް ކޮތަޅު-- ފޮޓޯ/ ޕީއެސްއެމް
ހަބަރު
27 Apr 2023 | 10:54
ޕްލާސްޓިކް ކޮތަޅުން ޓެކްސްނެގުމަށްފަހު ސަރުކާރު ކުންފުނިން ކޮތަޅު ވިއްކަނީ

ޕްލާސްޓިކް ކޮތަޅުން ޓެކްސްނެގުމަށްފަހު ސަރުކާރު ކުންފުނިތަކުން ކޮތަޅު ވިއްކަން ފަށައިފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މިއަދު އާއްމުކުރި އިއުލާނެއްގައި ވާގޮތުން، 'ބިންލައިނަރ' ގަތުމަށް މިހާރު ޕްރި-އޯޑަރ ކުރެވޭނެއެވެ. އަދި އޯޑަރު ކުރެވޭނީ މަދުވެގެން 24 ކޮތަޅަށެވެ.

މި ކޮތަޅުތައް ވިއްކަނީ ލާޖް ކޮތަޅެއް 35 ރުފިޔާއަށް، އެކްޓްރާ ލާޖް ކޮތަޅާއި ތްރީއެކްސްއެލް ކޮތަޅު 165 ރުފިޔާއަށެވެ. 

ވެމްކޯއިން ބުނީ، ކޮތަޅު އޯޑަރު ކުރުމަށް ހާއްސަ ލިންކެއް ހެދިފައިވާނެ ކަމަށާއި، ސަރުކާރު ބަންދުނޫން ތިން ދުވަހުގެ ތެރޭގައި އޯޑަރުކުރި ކޮތަޅުތައް ލިބޭނެ ކަމަށެވެ.

ވެމްކޯއިން ބުނީ ކުނި މެނޭޖްކުރުމުގެ ޚިދްމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްސަ ކޮށް ވިއްކާ "ބިންލައިނަރ" އަށް ޓެކްސްއެއް ނެގުމަށް ހަމަޖެހިފައިނުވާ ކަމަށެވެ. 

ތިމާވެށި ހިމާޔަތްކޮށް، ޕްލާސްޓިކް މަދު ކުރުމަށް ކަމަށް ބުނެ، އޭޕްރިލް މަހުން ފެށިގެން ވިޔަފާރިކުރާ ކޮންމެ ބާޒާރު ކޮތަޅަކުން ދެ ރުފިޔާ ނަގަން ވަނީ ފަށާފައެވެ.

އެއާއެކު ޕްލާސްޓިކް ކޮޓަޅުން ނަގާ ޓެކްސް އެ ވިޔަފާރިއަކުން މީރާއަށް ދައްކަން ޖެހެއެވެ. އެފީ މީރާއަށް ދައްކަން ޖެހެނީ ޖީއެސްޓީ ދައްކާއިރު، އެއާއި އެއްކޮށެވެ. 

އަދި މި ޓެކްސް ނުނަގާ ޕްލާސްޓިކް ކޮތަޅު ދީފިނަމަ 5000 ރުފިޔާއާއި 50000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. 

އެހެން ނަމަވެސް މިހާރު ބިލު ފަރުމާކޮށްފައިވާ ގޮތުން ކޮތަޅު ބޮނޑީގެ އަގު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. 

ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން މިރާއިން ކުރި ޓުވީޓެއްގައި ބުނީ، ޕްލާސްޓިކް ކޮތަޅު ބޮނޑި ގޮތަށް ވިއްކި ނަމަވެސް، ބޮނޑި އަކު އިންނަ ކޮންމެ ކޮތަޅަކުން ދެ ރުފިޔާ ނަގަން ޖެހޭ ކަމަށެވެ.  

މިކަން މީރާ އިން އާންމުކޮށްފައިވާ 'ޕްލާސްޓިކް ކޮތަޅުގެ ފީ ގައިޑް'ގައި ވެސް އެ އީދާރާއިން ފާހަގަކޮށްފައިވެއެވެ. 

"ޕްލާސްޓިކް ކޮތަޅު ބޮނޑިއެއް ވިއްކި ނަމަވެސް ނުވަތަ ހިލޭ ދިން ނަމަވެސް، އެ ކޮތަޅު ބޮނޑީގައި ހިމެނޭ ކޮންމެ ކޮތަޅަކަށް 2ރ.ގެ ރޭޓުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެ އެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޮނޑި ވިއްކާ ފަރާތަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ނަމަ، އޭގެ އަގުން ޖީއެސްޓީ ވެސް ނަގަންވާނެ އެވެ،" ޕްލާސްޓިކް ކޮތަޅުގެ ފީ ގައިޑުގައިވާ ސުވާލެއްގެ ޖަވާބުގައި ބުނެފައިވެއެވެ. 

މި އުސޫލާއި އެކު ބާޒާރުގައި ކޮތަޅު ބޮނޑީގެ އަގު ވަރަށް ބޮޑަށް ވަނީ މައްޗަށް އަރާފައެވެ. 

ޕްލާސްޓިކް ކޮތަޅު ބޮނޑި ވިއްކާ އަގު

ކުދި - 220ރ. (ކުރިން 25ރ.)

މެދު - 228ރ. (ކުރިން 35ރ.)

ބޮޑު - 235ރ. (ކުރިން 48ރ.)

އެކްސްއެލް - 285ރ. (ކުރިން 115ރ.)

އެކްސްއެކްސްއެލް - 365ރ. (ކުރިން 220ރ.)

ޕްލާސްޓިކް ކޮތަޅުގެ އަގަށް އައި މި ބޮޑު ބަދަލާއި އެކު ވިޔަފާރި ވެރިންގެ އަތުން އެކަމަށްދާ ޚަރަދު އެތައް ގުނަ އަކަށް ބޮޑުވެގެން ގޮސްފައިވާއިރު އެކަމާއި ގުޅިގެން އެފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.