ހަބަރު
27 Apr 2023 | 13:39
ޕްލާސްޓިކް ކޮތަޅު ސަރުކާރުން ވިއްކުން: ހިލޭ ޑެލިވަރީ ކުރާނީ ގިނައިން ގަންނަ ފަރާތްތަކަށް

ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހާއި އެކު ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާ އެކު ކޮތަޅުގެ އަގު ބޮޑުވެ ކުނި އަޅާ ކޮތަޅުގެ އަގު ވެސް އުފުލިގެން ދިއުމުން އެކަން ހައްލު ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވިއްކާ ކޮތަޅު ހިލޭ ޑެލިވަކޮށްދޭނީ ގިނައިން ގަންނަ މީހުންނަށް އެކަނި ކަމަށް އެ ކޯޕަރޭޝުން ބުނެފި އެވެ.

ވެމްކޯއިން އިއްޔެ އާއްމުކުރި އިއުލާނެއްގައި ވާގޮތުން، 'ބިންލައިނަރ' ގަތުމަށް މިހާރު ޕްރި-އޯޑަރ ކުރެވޭނެ ކަމަށާ އަދި އެފަދައިން އޯޑަރު ކުރެވޭނީ މަދުވެގެން 24 ކޮތަޅަށް ކަމަށެވެ.

އެކަމާއި ގުޅިގެން އެއްފަހަރާ 24 ބޮނޑި ކޮތަޅު ގަންނަން ޖެހެނީ ކަމަށް ބުނެ އާއްމުން ޝަކުވާކުރަމުން އަންނަނިކޮށް ވެމްކޯއިން ބުނީ 24 ބޮނޑި ކޮތަޅު އެއީ ހިލޭ ޑެލިވަރީ ލިބޭ އަދަދު ކަމަށާއި އެއީ ވިޔަފާރިތަކަށް ހާއްސަކޮށް އަގު ހެޔޮކޮށް ލިބޭނެ ގޮތަށް ވިއްކާ ކޮތަޅު ކަމަށެވެ. 

އަދި ކޮތަޅު އޯޑަރު ކުރުމަށް ހާއްސަ ލިންކެއް ހެދިފައިވާނެ ކަމަށާއި، ސަރުކާރު ބަންދުނޫން ތިން ދުވަހުގެ ތެރޭގައި އޯޑަރުކުރި ކޮތަޅުތައް ޑެލިވަރީ ކޮށްދޭނެ ކަމަށްވެސް ވެމްކޯއިން ބުނެއެވެ.

މީގެ އިތުރުން، ހެނދުނު 11:00 އިން މެންދުރު ފަހު 3:00 އަށް ވެމްކޯގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމަ ފްރޮންޓް އޮފީސްތަކުން އާންމުންނަށް ވެސް ކޮތަޅު ވިއްކަން ވަނީ ފަށައިފަ އެވެ.

ކުނި މެނޭޖްކުރުމަށް ބޭނުންކުރާ 3 ސައިޒެއްގެ ކޮތަޅު، ކަޅު ކުލައާއި ފެހި ކުލައިން، 27 އެޕްރީލް އިން ފެެށިގެން ވެމްކޯ އިން ވަނީ ދޫކުރަން ފަށާފައެވެ. އެއީ ލާޖް، ޑަބަލް އެކްސް ލާޖް، އަދި ޓްރިޕަލް އެކްސް ލާޖްއެވެ.

މީގެ ތެރެއިން ލާޖް ސައިޒް ގެ 100 ކޮތަޅުގެ ބޮނޑިއެއްގެ އަގަކީ 35ރ އެވެ. ޑަބަލް އެކްސް ލާޖް ސައިޒްގެ 100 ކޮތަޅުގެ ބޮނޑިއެއްގެ އަގަކީ 165ރ އެވެ. ޓްރިޕަލް އެކްސް ލާޖް ގެ 50 ކޮތަޅުގެ ބޮނޑިއެއްގެ އަގަކީވެސް 165ރ އެވެ.

ކުނި އުކާލުމުގައި ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި، އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން ބުނެފައިވެއެވެ.

ކޮމެންޓް
ހުސޭނުބެ
މިއީ މިމީހުންގެ ހިއްސާ އޮންނަ ހުޅުމާލޭގައި ހިންގާ ފެކްޓަރީގައި އުފައްދާ ކޮތަޅެވެ. އެތެރެ ނުކުރެވޭނެ ގޮތަށް ކޮތަޅުގެ އިމްޕޯޓް ޑިޔުޓީ ބޮޑު ކޮއްފާ ރޯމެޓީރިއަލް އެތެރެކޮއްގެން މިމީހުން ހިންގާ ވިޔަފާރިއެކެވެ.
27 Apr 2023
ސުން .
ސަރުކާރުން ވިއްކީމަ ތިމާވެއްޓަށް ގެއްލުމެއް ނުލިބޭތޯ؟
28 Apr 2023
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.