ބީއެމްއެލް އިން އިންޓަރނޭޝަނަލް ގާރލްސް އިން އައިސީޓީ ދުވަހާ ގުޅިގެން ހިންގާ ހާއްސަ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ބީއެމްއެލް
ވިޔަފާރި
27 Apr 2023 | 19:59
ބީއެމްއެލް އިން އިންޓަރނޭޝަނަލް ގާރލްސް އިން އައިސީޓީ ދުވަހާ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފަށައިފި

އިންޓަރނޭޝަނަލް ގާރލްސް އިން އައިސީޓީ ދުވަހާ ގުޅުވައިގެން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގެ މުހިންމު ކަމާއި މި ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ފުވައްމުލައް އަދި އައްޑޫގައި ހަތަރު ދުވަހުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލްގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޓީމުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ވަނީ ޏ. އަތޮޅު އެޑިއުކޭޝަން ސެންޓަރ ގައި ސައިބަރ ސެކިއުރިޓީ، ސްކޭމް އަށް ހޭލުންތެރިކުރުން، އައިސީޓީ އަދި ޑޭޓާ އިންޖިނިއަރިންގ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު 100 އަށް ވުރެ ގިނަ ދަރިވަރުންނަށް ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ބީއެމްއެލް އިން އިންޓަރނޭޝަނަލް ގާރލްސް އިން އައިސީޓީ ދުވަހާ ގުޅިގެން ހިންގާ ހާއްސަ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ބީއެމްއެލް

މީގެ އިތުރުން ބީއެމްއެލް ޓީމުގައި ހިމެނޭ ޑޭޓާ އިންޖިނިއަރސް، ސޮފްޓްވެއާ ޑިވެލޮޕަރސް، ޔޫއައި/ޔޫއެކްސް ޑިޒައިނާޒް އަދި ޓެކްނިކަލް ސަޕޯޓް ސްޕެޝަލިސްޓުން ސްކޫލް ނިންމާ ކުދިންނަށް ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު އަދި މެންޓަރޝިޕް ސެޝަންތަކެއްވެސް ކުރިޔަށްގެންގޮސްފައިވާ ކަން އެ ބޭންކުން ފާހަގަކުރެއެވެ. 

ބީއެމްއެލް އިން އިންޓަރނޭޝަނަލް ގާރލްސް އިން އައިސީޓީ ދުވަހާ ގުޅިގެން ހިންގާ ހާއްސަ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ބީއެމްއެލް

މިއާއެކު ބީއެމްއެލް އިން ބުނީ، އެ ބޭންކުގެ އައިޓީ ޓީމުން ފުވައްމުލަކު ބްރާންޗް، ގަން ބްރާންޗު، ހިތަދޫ ބްރާންޗް އަދި އައްޑޫގައި ހުންނަ ބީއެމްއެލް ކޯލް ސެންޓަރ އަށް ޒިޔާރަތްކޮށް މި ބްރާންޗް ތަކުގައާއި ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނާއެކު އެންމެ ފަހުގެ ސިސްޓަމް ޕްރޮސެސްތަކާއި މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ބަދަލު ގެނެވޭނެ ކަންކަން ފާހަގަކޮށް މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.