އަބްދުލްޤާދިރު ބަޚުޝް ޕާކިސްތާނުގެ މީހަކާއި އެކު--
ހަބަރު
28 Apr 2023 | 11:05
15 އަހަރު ވަންދެން ބަކަރި ގެންގުޅެ ވިއްކައިގެން ޢުމްރާއަށް ދިޔަ މީހަކަށް ގިނަބައެއްގެ ސަމާލުކަން

ޕާކިސްތާނުގެ ބަލޯކިސްތާނުގެ ހޫބު ސަރަޙައްދުގެ ބަކަރި ގެންގުޅޭ 82 އަހަރުގެ އަބްދުލްޤާދިރު ބަޚުޝް އުމްރާގެ އަޅުކަން އަދާ ކުރަން ހުއްޓައި ނަގާފައިވާ ވީޑިއޯ އަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. 

އަބްދުލްޤާދިރުއަކީ އޭނާގެ ދަރިންނާއި އެކު ފަން ޖިފުޓި ގަނޑެއް ކަހަލަ ގެއެއްގައި ދިރިއުޅެމުން އަންނަ ވަރަށް ފަގީރު މީހެކެވެ. އޭނާ ދިރިއުޅުމަށް ކުރަމުން ދިޔަ މަސައްކަތަކީ ބަކަރި ގެންގުޅުމާއި އެ ވިއްކުމެވެ.

އެގޮތުން ބަކަރި ގެންގުޅެ ވިއްކަިައިގެން ލިބުނު ލާރިން އާއިލާގެ ކަންކަން ހަމަޖައްސަމުން އޭނާ އައީ ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔުމަށް ފައިސާ ރައްކާވެސް ކުރަމުންނެވެ. އެތައް އަހަރެއް ވަންދެން ފައިސާ ރައްކާ ކުރަމުން، އޭނާއަށް ޢުމްރާގެ އަޅުކަން އަދާ ކުރަންދާހާ ފައިސާ އެއްކުރެވުނީ 15 އަހަރު ދުވަހުންނެވެ. 

"އަހަރެން ޢުމްރާގެ އަޅުކަން އަދާކުރުމަށް ވަރަށް ބޮޑަށް ބޭނުންވި. އަދި އެކަމަށްޓަކައި މާތް اللهގެ ހަޟުރަތުގައި ވަރަށް ގިނައިން ދުޢާވެސް ކުރިން. ބަކަރި ގެންގުޅެ ވިއްކައިގެން ލިބުނު ފައިސާއިން އަހަރެން ޢުމާރާއަށް ދާނެ ފައިސާ ހޯދައި ޕާސްޕޯޓް ހެއްދިން. އަޟުހާ ޢީދު ދުވަހު ބަކަރި ވިއްކައިގެން ފައިސާ ހަމަކުރީ." އަބްދުލްޤާދިރު އަރަބް ނިޔުސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އަބްދުލްޤާދިރު މަދީނާގެ މަސްޖިދުއްނަބަވީގައި އެކަނިމާއެކަނި އުޅެނިކޮށް އޭނާގެ ފޮޓޯ ނަގައި ވީޑިއޯކޮށް، ސައޫދިއަރަބިއާގެ ސޯޝަލް މީޑިއާގައި ވައިރަލްވާން ފެށިއިރު އޭނާއަށް މިފަދަ މަޝްހޫރުކަމެއް ލިބެމުންދާކަމެއްވެސް ނޭނގެއެވެ. އެހެނީ އެނާ އަކީ ފޯނެއްވެސް ގެންގުޅޭ މީހެއްނޫނެވެ.

ޢަބްދުލްޤާދިރު ވީޑިއޯ ފެނި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނުގެ އެޑްވައިޒަރެއް ކަމަށްވާ ތުރުކީ އަލް-ޝެއިޚް، ވެސް ވަނީ އަބުދުލްޤާދިރު ހޯދައިދިނުން އެދި ޓްވީޓެއްވެސް ކޮށްފައެވެ. އެހެންނަމަވެސް އެ ޓުވީޓު ކުރިއިރު އަބްދުލްޤާދިރުވަނީ އުމްރާގެ އަޅުކަން ނިންމައި އެނބުރި ޕާކިސްތާނަށް އައިސްފައެވެ. 

ޕާކިސްތާނުގައި ހުރެ އަރަބް އޮންލައިން ނޫހަށް އޭނާ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ الله ތަޢާލާ އޭނާގެ އުއްމީދު ފުރިހަމަކޮށްދެއްވައިފި ކަމަށް ވަނީ ބުނެފައެވެ. އަދި މައްކާގައި ހޭދަވި ދުވަސްކޮޅުގެ ތެރޭގައި އޭނާ ކުރަމުން ދިޔަ އަސަރުގަދަ ދުޢާވެސް ވަނީ އެ ނޫހަށް ކިޔައި ދީފައެވެ. މީގެ އިތުރުން މިހާރުގެ އޭނާގެ އުއްމީދަކީ ޙައްޖުގެ އަޅުކަން އަދާ ކުރުން ކަމަށާ، ދެން މަސައްކަތް ފެށުން އޮތީ އެކަން ކުރުމަށް ކަމަށް ވަނީ ބުނެފައެވެ. 

ޢަބްދުލްޤާދިރުގެ މިވާހަކަތައް އެނގި އޭނާ ގަބޫލުކުރާނަމަ، ޙައްޖުގެ އަޅުކަމަށް ހިނގާ ޚަރަދު ދިނުމަށް މުއްސަނދި ފަރާތަކުން މިހާރު ހުށަހަޅާފައިވާ ކަމަށް އަރަބް ނޫހުން މައުލޫމާތުދެއެވެ..

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.