ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި ކާރިސާތަކާއި ގުޅޭ އިދާރާގެ އޮފިސަރުން ހަރަކާތްތެރިވަނީ
ދުނިޔެ
30 Apr 2023 | 15:13
އިންޑިޔާގެ ލުދިއާނާގައި ގޭސް ލީކްވެގެން 11 މީހަކު މަރުވެއްޖެ


އަވަށްޓެރި އިންޑިޔާގެ ލުދިއާނާ ސިޓީ ގައި ގޭސް ލީކުވުމުގެ ހާދިސާއެއްގައި 11 މީހަކު މަރުވެއްޖެއެވެ.

ގޭސް ލީކުވުމުގެ ސަބަބުން 11 މީހަކު މަރިވުމުގެ އިތުރުން 11 މީހަކު ދަނީ ގޭހުގެ އަސަރުކޮށްގެން 11 މީހަކުވަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާވެސް ދީފައިވެއެވެ. ލުދިއާނާ ސިޓީގެ އިސް އޮފިޝަލަކު ބުނެފައިވަނީ ގޭސް ލީކުވެ  ގޭހުގެ އަސަރު ކުރި ސަރަހައްދުން މީހުން ހުސްކޮސްފައި ވާކަމަށެވެ.
އަދި ލީކުވި ގޭހުގެ ސަބަބުން މީހުންނަށް އެހާބޮޑަށް އަސަރުކުރީ އެ ގޭހާއި މީތަން ކިޔާ ގޭހެއް އެއްވެފައި ހުރުމުގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ދެނެގަތުމަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ.

އިންޑިޔާގެ ކާރިސާތަކާއި ގުޅޭ ޤައުމީ އިދާރާގެ އިސް ބައެެއެ ބޭފުޅުން ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވެފައި ވެއެވެ. އަދި ފުލުހުންވެސް ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާއި އެކު އެސަރައްދުގައި ހަރަކާތް ތެރި ވެފައި ވާކަމަަށް އަލްޖަޒިރާގައި ބުނެފައިވެއެވެ. އަދި އެސަރަހައްދަށް އާންމުން ގާތްވިޔަދީ އެސަރަހައްދުގެ ފޯރި މަރަމުންއެބަދެއެވެ.

ޕަންޖާބުގެ ޗީފް މިނިސްޓަރ ބަގްވަތް މަން ވަނީ ހާދިސާ ހިނގައި ދިޔުމުން އެކަމާއި ހިތާމަ ކުަރާ ކަން ހާމަކޮށްފައެވެ. އަދި ފުލުހުންނާއި ކާރިސާތަކާއި ގުޅޭ އިދާރާގެ އޮފިސަރުން އެސަރަހައްދުގައި ހަރަކާތް ތެރި ވަމުން ދާ ކަމަށާއި ބޭނުންވި ކޮންމެ އެހީތެރިކަމެއް ފޯރު ކޮށްދެވެމުން ދާނެ ކަމަށް ބަގްވަތް މަން ބުނެފައި ވެއެވެ.

ލުދިއާނާގެ ޑެޕިޔުޓީ ކޮމިޝަނަރ ސުރާބީ މަލިކް ބުނެފައިވަނީ ބެލެވެނީ ލީކްވި ގޭހާއި ވިހަ ގޭހެއް އެކުވީ ކަމުގައި ކަމަށާއި މީހުން މަރުވާ މެދުވެރިވީ އެކަމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ގޭސް ވިހަވީ ސަބަބެއް ދެނެގަތުމަށް ސުންކު ތައް ނެގިފައިވާ ކަމަށާއި އަދިވެސް އިތުރު ހެކި ތަކާއި ސުންކު އެއްކުރަމުން ދާ  ކަމަށެވެ.

1984 ގައި އިންޑިޔާގެ ބޯޕާލް ގައި ހިނގި ގޭސް ލީކުވުމުގެ ހާދިސާއެއްގައި 3500 މީހުން މަރުވެފައި ވެއެވެ. އަދި 2020 ގައި އަންދްރަ ޕްރަދޭޝް ގައި ހިނގި މިފަދަ ހާދިސާއެއްގައި ވެސް 11 މީހަކު މަރުވެ 800 އެއްހާ މީހުން ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށް ފަރުވާދީފައި ވެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.