ޣައްޒާ އަށް އެނބުރި އައި ދަރިވަރުންނަށް އައިލާ ތަކުން މަރުހަބާ ކިޔަނީ
ހަބަރު
30 Apr 2023 | 17:05
ޚަރްޠޫމްގައި ތިބި ފަލަސްޠީނުގެ ކިޔަވާ ކުދިން އަނބުރާ ޣައްޒާ އަށް


ސޫދާންގެ ޚަރްޠޫމްގައި ތިބި ފަލަސްޠީނުގެ ކިޔަވާކުދިންގެ އެއްބަޔަކު އެނބުރި ފަލަސްޠީނުގެ ޣައްޒާ އަށް ހިނގައްޖެއެވެ.
ސޫދާންގައި މިހާރު ކުރެވެމުންދާ ދާޚިލީ ހަނގުރާމަ އާއި ގުޅިގެން އެގައުމުގައި ތިބި ބޭރު ގައުމު ތަކުގެ މީހުން ދަނީ އެ ގައުމުން ބޭރުވަމުންނެވެ.
ޣައްޒާގެ ކްރޮސިންގ އަދި ބޯޑަރ އޮތޯރިޓީ އިން ބުނެފައިވަނީ ޚަރްޠޫމްގައި ތިބި 172 ފަލަސްޠީނު ދަރިވަރަކު އަނބުރާ ފަލަސްޠީނަށް އައިސް ފައިވާކަމަށެވެ. އަދި މިއީ ޚަރްޠޫމްގައި ތިބި ކިޔަވާކުދިންގެ ފުރަތަމަ ބެޗް ކަމަށްވެސް ޣައްޒާ ބޯޑާރ އޮތޯރިޓީ އިން ބުނެފައިވެއެވެ.
ސޫދާންގެ ޚަރްޠޫމްގައި ތިބި މަތީ ތަޢުލީމް އުނގެނޭ ފަލަސްޠީނުގެ ދަރިވަރުން އަނބުރައި ގައުމަށް އައުމުން އެ ދަރިވަރުންގެ އައިލާތަކުން ވަނީ އެ މީހުންނަށް ހޫނު މަރުހަބާ އެއް ކިޔައިފައެވެ. ސަލާމަތުން އެ މީހުން ގައުމާއި ހިސާބަށް އާދެވުނީތީ އުފާފާޅުކޮށްފައި ވެއެވެ.
ޚަރްޠޫމްގެ ޔުނިވަރސިޓީ އެއްގައި ކިޔަވާ ނައްސިރް ޣިޝްތާ ބުނީ ސޫދާންގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުމުގެ އަސަރު ނުކުރާ ތަނެއް ނެތް ކަަމަށެވެ.  އަދި ދިރިއުޅުމަށް ދަތި ވާވަރަށް އެތަނުގެ އަމަން ގެއްލިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ސޫދާން ގައި ހުންނަ ފަލަސްޠީނުގެ އެމްބަސީ އިން ސޫދާން ގައި ކިޔަވަން ތިބި ހުރިހާ ދަރިވަރުންނަށް ފޯނުން ގުޅައި ހުރިހާ ދަރިވަރުން އެއް ތަނަކަށް އެއްކޮށްފައި ވާ ކަމަށާއި ދަރިވަރުން އަނބުރައި ގައުމަށް ފޮނުވީ އެމްބަސީ އިން ކަމަަށް ނައްސިރް ބުނެފައިވެއެވެ. އަދި އޭނަ ހުރީ ސޫދާންގެ އެތެރޭގެ ހަމަނުޖެހުންތައް މައިތިރިވެ އަނބުރާ ކިޔަވަން ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.ގައުމު ތަކުގެ ސަރުކާރު ތަކުން މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަހަކަށް ސޫދާން ގައި ތިބި އެގައުމެއްގެ މީހުން ބޭލުމަށް އަވަސް ކުރަމުންނެވެ. ސޫދާން ގެ އެތެރޭގައި ހިނގާ ހަމަނުޖެހުން ތަކަށް މިހާރު މިވަނީ ތިން ހަފްތާވެފައެވެ.
މި ހަމަނުޖެހުން ތަކަކީ ސަރުކާރުގެ ސިފައިންނާއި ހަނގުރާމަ ވެރިންނާއި ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުން ތަކެކެވެ.
އިރުމަތީ އެފްރިކާގެ އެ ގައުމުގައި ފަހަކަށް އައިސް ހަމަނުޖެހުންތައް އިތުރުވެފައި މިވަނީ ޕެރަމިލިޓަރީ ގްރޫޕް އަސްކަރިއްޔާގެ ތެރެއަށް ވެއްދުމާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ސޫދާންގެ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާ ސަރުކާރު ސިފައިން ހަނގުރާމަ ކުރަމުން ދަނިކޮށެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދެފަރާތުގެ އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ.



ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.