އިޒްރާއިލްގެ ރެއިޑްގައި ހަލާކު ކޮށްލައިފައިވާ ގެއެއް
ހަބަރު
01 May 2023 | 16:11
އިޒްރާއިލުން ފަލަސްޠީނުގެ 17 އަހަރުގެ ޒުވާނަކު ޝަހީދު ކޮށްލައިފި

އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހިންހި މިލިޓަރީ ރެއިޑެއްގައި ފަލަސްޠީނުގެ 17 އަަހަރުގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން މިއަދުގެ މި ހަމަލާތައް ސިފަކޮަށްފައިވަނީ މިއަހަރުގެ ތެރޭގައި  ފަލަސްޠީނުގެ ރައްޔިތުން ކުރިމަތިލާން ޖެހުނު އަނިޔާވެރި ކަމުގެ ރާޅު ތަކުން ރާޅެއްގެ ގޮތުގައެވެ. މިހަމަލާ އާއި ގުޅިގެން އިޒްރާއިލް ސިފައިންގެ ފަރާތުން އަދި އެއް ބަޔާނެއް ނެރެފައެެއް ނުވެއެވެ. މި ފަހަކަށް އައިސް ހުޅަނގު އައްސޭރިގެ ސިޓީތަކާއި، އަވަަށްތަކާއި ވިލެޖްތަކަށް ވަދެ ރޭގަނޑުގެ ވަގުތު ހަނގުރާމަ ވެރިން ހޯދުމަށް ކަމަށްބުނެ ވަނުން ވަނީ ވަރަށް ގިނަ ކޮށްފައެވެ.

މިއަހަރު ފެށުނު ފަހުން އިޒްރާއިލް ސިފައިންގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވި ފަލަސްޠީނުގެ ރައްޔުތުންގެ ޢަދަދު އިންތިހާއަށް ގިނަވެފައި ވާއިރު ފަލަސްޠީނުގެ ހަމަލާތަކުން މަރިވެފައި ވަނީ އިޒްރާއިލްގެ 19 މީހެކެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ އިޒްރާއިލުން ޝަހީދު ކޮށްލި 17 އަހަރުގެ ޒުވާނާ ޖިބްރިލް އަލް ލާދް ގެ އިތުރުން އިޒްރާއިލް ސިފައިންގެ  ރެއިޑް ހިންގި އަގަބަތް ޖަބްރް ރެފިޔުޖީ ކޭމްޕްގައި ދިން ހަމަލާތަކުގެ ސަބަބުން އިތުރު 3 މީހަކަށްވެސް ސީރިޔަސް އަނިޔާތަކެއް ލިބި ފަރުވާ ހޯދަމުން ދާކަމަށެވެ.  ޖެރިކޯގައި ހުންނަ މި ރެފިޔުޖީ ކޭމްޕަކީ އިޒްރާއިކް ސިފައިންގެ އާންމު މަންޒިލަކަށް ވަނީ ވެފައެވެ.




















 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.