ޑރ. މުހައްމަދު އަލީ
ހަބަރު
02 May 2023 | 08:28
ބިހާއެކު އެހެން ކާއެއްޗެހި އެއް ކޮތަޅަކަށް އެޅުން ރަނގަޅެއް ނޫން: ޑރ. މުހައްމަދު ޢަލީ

ބިހާއެކު އެހެން ކާއެއްޗެހި އެއް ކޮތަޅަކަށް އެޅުން ރަނގަޅު ނޫން ކަމަށް އެތެރެހަށީގެ ޑޮކްޓަރު މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ބައެއްފަހަރަށް ރޯބިހުގެ ބޭރުގައި ހުންނަ ޖަރާސީމު، އެހެނިހެން ކާއެއްޗެއްސަށް އަރާކަން ފާހަގަ ކުރައްވައި ޑރ. ވިދާޅުވީ އޭގެ ސަބަބުން ބޭރަށް ހިންގާ ރޯގާ ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށެވެ.

"އެއްކޮތަޅަށް އެއްޗެހި އަޅަމުން ގޮސް. ރޯ ބިހާ އެހެނިހެން ކާއެއްޗެހި އެއްކޮތަޅަށް އެޅުން ރަނގަޅެއް ނޫން" ޑރ. ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ވިދާޅުވީީ ރަނގަޅު ކޮށްލަންވެގެން ބިހުގެ ބޭރު ޑިޓަރޖެންޑެއްލައިގެން ދޮވުނަސް އެގޮތް ކަމުނުދާ ކަމަށެވެ. އެގޮތަށް ކަންތައް ކުރުމުން ބިހުގެ ތޮށިގަނޑުގައި ހުންނަ ކުދިކުދި ވިދުތައް ބޮޑަށް ހުޅުވި، ބޭރުގައި  ހުންނަ ޖަރާސީމު ބިހުގެ އެތެރެއަށް ވަނުމަށް މަގުފަހިވާ ކަމަށް ޑރ. ފާހަގަ ކުރެއްވިއެވެ.

"ބިސް ގަންނައިރު ބިހުގެ ބޭރު ރީތި ބިސް ގަތުން އެންމެ ރަނގަޅީ." ޑރ. ވިދާޅުވިއެވެ.

ޑރ މިހެން ވިދާޅުވެފައި މިވަނީ، ކޮތަޅުން ޓެކްސް ނަގަން ފެށުމާއެކު، ގަންނަ ހުރިހާ ބާވައެއްގެ ކާއެއްޗެއް އެއް ކޮތަޅަށް އަޅައިފާނެ ކަމަށް ބަލާފައެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގަން ވަނީ ފަށާފައެވެ.

ޕްލާސްޓިކް ކޮޓަޅުން ނަގާ ޓެކްސް އެ ވިޔަފާރިއަކުން މީރާއަށް ދައްކަން ޖެހެއެވެ. އެފީ މީރާއަށް ދައްކަން ޖެހެނީ ޖީއެސްޓީ ދައްކާއިރު، އެއާއި އެއްކޮށެވެ. 

ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ޓެކްސް ނަގަން ފަށާފައިވާއިރު، މި ޓެކްސް ނުނަގާ ޕްލާސްޓިކް ކޮތަޅު ދީފިނަމަ 5000 ރުފިޔާއާއި 50000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. 

މީރާއިން އާންމުކޮށްފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީ ގައިޑު އަދި ޖީއެސްޓީއަށް ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ޤަވައިދުގައި ބުނާގޮތުން ޖީއެސްޓީ ރަޖިސްޓްރީކުރުން ލާޒިމުވާ ވިޔަފާރިއަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ނުކޮށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅަކުން ޓެކްސް ނަގައި އެ ފައިސާ މީރާއަށް ދައްކަން ޖެހޭނެ އެވެ. 

އޭގެ އިތުރުން ޖީއެސްޓީ ނުނަގާ މުދަލެއް ފޯރުކޯށްދިން ނަމަވެސް އެ މުދާ އެޅުމަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރާނަމަ ކޮތަޅުން ޓެކްސް ނަގަން ޖެހޭނެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.