ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން
ހަބަރު
02 May 2023 | 11:42
މަސްވެރިކަން ކުރުމަށް އެހާ ބޭރަށް ނުނިކުތަސް މަސް ބާނާ: މިނިސްޓަރ

މަސްވެރިކަން ކުރުމަށް އެހާ ބޭރަށް ނުނިކުތަސް މަސް ބާނާ ކަމަށާއި ދެކުނުގެ މަސްވެރިން މަސްބާނަނީ ކޮންމެ ފަހަރަކު 100 މޭލަށް ނުކުމެގެން ނޫން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މަސްވެރިން 100 މޭލު ބޭަރަށް ނުކުތުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި އެއަށްވުރެ ބޭރަށްވެސް ނުކުމެދާނެ ކަމަށެވެ. ނަމަވެސް ބޭރަށް ނުކުމެ މަސް ބޭނިތޯ ނުވަތަ ނޫންތޯ ބެލުން މުހިންމު ނޫން ކަމަށެވެ.

"މިހާރު ކޮންމެހެނެއް ވިޔަސް މި ދެންނެވީ ދެކުނުން އެންމެ ބޭރަށް އެންމެ ކުޑަކޮށް މިއޮތީ 141 ނޯޓިކަލް މޭލު އަޅުގަނޑަށް ފާހަގަ ކުރެވޭ ގޮތުން ދެން މިކަން ސަރުކާރުން ރަސްމީކޮށް މި ދެންނެވި ޗާޓް ކުރަހާ، ދައްކާނެ. އެކަމަކު މި ދެންނެވީ އަޅުގަނޑަށް ނޯޓް ކުރެވޭ ގޮތުން 142 މޭލު އެންމެ ކުޑަކޮށް އޮންނާނީ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އާއްމުކޮށް މަސްވެރިން މަސް ބާނަނީ 100 މޭލަށްވުރެ އައްދަށުން ކަމަށެވެ. އަދި ރަށާ ކައިިރިން މަސް ބޭނުނު ވަރަކަށް މަސްވެރިންނަށް ފައިދާ ވާނެ ކަމަށާއި ސަބަބަކީ ތެލު ހަރަދު ކުޑަވެފައި ތެލަށް ބަރޯސާވާ މިންވަރު ކުޑަވާނެތީ ކަމަށެވެ.

"އެހެނެއްކަމަކު ބޮޑެތި ދޯނިފަހަރު ހަމަ ބޭރަށް ނުކުންނާނެ. އެކަމު މިހާރު އެއޮތީ އެ މިން ކަނޑައަޅާފަ. ދެން މަސްވެރިން ކައިރީގަ އަޅުގަނޑުމެން އަހަން ޖެހޭނީ އެމީހުން 200 މޭލަށް، 250 މޭލަށް ނޫނިއްޔާ ޗާގޯސް ހިމެނޭ ރަށްތައް ކައިރިއަށް ގޮސް މަސް ބޭނިތޯ" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މަސްވެރިން އެހާ ބޭރަށް ދާކަމަށް ރިކޯޑުތަކުން ނުދައްކާ ކަމަށެވެ.

ގިނަ ދޯނިފަހަރުގައި ޓްރެކިންގް ހަރުކޮށްފައި ހުންނަކަށން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ޓްރެކިން ހަރުކޮށްފައި ހުރި ދޯނިފަހަރު ހަމަ ގައިމުވެސް ރާއްޖޭގެ ސަރަހައްދު ފަހަނައަޅާ 200 މޭލު ނުވަތަ150 މޭލު ބޭރަށް ނުކުންނަ ކަމަށް ރެކޯޑު ނުކުރެވޭ ކަމަށެވެ.

ކޮމެންޓް
ނަޒީފް
އާދެ ތެދުފުޅެއް ވޭމަންޑުގަ ހުރި މުސްކުޅި ގޭގަވެސް ދިރިއުޅެވޭނެ ކީއްކުރަންތޯ ކޮންމެހެން ހުޅުމާލެއަށް ތޮރުފިގަނެގެން ތިއުޅެނީ ރަށަށް ދަންވީނޫންތޯ
03 May 2023
ބިސް ކުމާރު
އަނގައިން މޮޅުވާނެ...އެމްޑީޕީ މީހުނަށް ވޯޓުދެނީ ބޮލަށް ބެރުވެއްޓިގެންތަ އަޅެފަހެ...
03 May 2023
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.