އިޒްރާއިލް ޖަލުގައި ނިޔާވި ޤާދިރް އަދްނާން
ދުނިޔެ
02 May 2023 | 17:26
އިޒްރާއިލްގެ ޖަލުގައި ފަލަސްޠީނުގެ ގައިދީއަކު ނިޔާވެއްޖެ

އިޒްރާއިލްގެ ޖަލުގައި ބަނޑުހައި ކަމުގެ ހަޅުތާލު ކުރަމުންދިޔަ ފަލަސްޠީނުގެ ގައިދީއަކު ނިޔާވެއްޖެއެވެ.

އިޒްރާއިލް ޖަލުގައި ބަންދުކޮށްފައި ހުރި ޤާދިރް އަދްނާން ފަލަސްޠީނުގެ އިސްލާމިކް ޖިހާދު ގްރޫޕާއި ގުޅުން އޮންނަ ކަމަށްބުނެ ހައްޔަރު ކޮށް ޖަލުގައި ބަންދުކޮށްފައި ހުރި މީހެކެވެ.
އިޒްރާއިލް ޖަލު އޮފިސަރުން ބުނެފައިވަނީ ޤާދިރް އަދްނާން ބަނޑުހައި ކަމުގެ ހަޅުތާލު ކުރާތާ ތިން މަހާއި ގާތްވެފައި ވާކަމަށެވެ. އަދި އޭނާ ވަނީ ސިއްޙީ ފަރުވާ ހޯދުމަށް ވެސް ދެކޮޅު ހަދައިފައި ވާކަމަށެވެ. އަދި އަންގާރަ ދުވަހު ހެނދުނު، ޖަލު ގޮޅީގެ ތެރޭގައި އޭނާ ހޭނެތިފައި އޮއްވައި ފެނިފައިވާކަމަށެވެ.
ޤާދިރް ޖަލުގައި ހުރެގެން ބަނޑުހައި ކަމުގެ ހަޅުތާލު ކުރަން ފަށައިފައިވަނީ ފެބްރުއަރީ 5 ވަނަ ދުވަހު ހައްޔަރުކޮށް، ޖަލުގައި ހައްޔަރު ކޮށްފައި ބެހެއްޓި ހިސާބުން ފެށިގެނެވެ. އަދި އޭނާގެ މައްޗަށް އެއްވެސް ޙުކުމެއް ކޮށްފައެއް ނުވެއެވެ.

2015 ވަނަ އަހަރުވެސް 5 މަސް ދުވަހުގެ ދިގު ބަނޑުހައި ކަމުގެ ހަޅުތާލެއް އިޒްރާއިލް ޖަލުގަައި ކޮށްފައެވެ. އެފަހަރުވެސް އޭނާ ޖަލުގައި ހައްޔަރުކޮށް ބަހައްޓައިފައިވަނީ އެއްވެސް ޙުކުމެއް ކުރުމަކާއި ނުލައެވެ.

އިޒްރާއިލް ޖަލުގައި މިހާރުވެސް ޙުކުމަކާއި ނުލައި ފަލަސްޠީނުގެ 1000 އަށްވުރެ ގިނަ ގައިދީން އެބަތިބި ކަމަށް އަލްޖަޒިރާގައި ބުނެފައިވެއެވެ.

ފަލަސްޠީނުގެ ނިއުސް އެޖެންސީ ވަފާ އިން ބުނެފައިވަނީ އަރައްބާ އަވަށަށް ނިސްބަތްވާ 45 އަހަރުގެ ޤާދިރް އަދްނާން ނުކައި ހުންނަތާ 87 ދުވަސް ވެދާނެ ކަމަށާއި، އޭނާ ކެއުމަށް ދެކޮޅުހަދައި ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރީ އެއްވެސް ޙުކުމަކާއި ނުލައި އޭނާ ޖަލުގައި ބަންދުކުރުމުން ކަމަށެވެ.

9 ކުދިންގެ ބައްޕަ އެއް ކަމަށްވާ ޤާދިރް އަދްނާން 12 ފަހަރަށް އިޒްރާއިލްގެ ޖަލަށް ލެވިފައި ވާކަމަށާއި، އޭގެ ތެރެއިން ގިނަ ފަހަރު ތަކުގައި އޭނާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކޮށްފައި ވާ ކަމަށް ވަފާ އިން ބުނެފައިވެއެެވެ.

ރާމައްﷲ ގައި ހުރެ ރިޕޯޓް ކުރަމުން އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވަނީ އަދްނާންގެ ހަޅުތާލުގެ 80 ވަނަ އަށް ވީދުވަހު އޭނާގެ ހާލު ދެރަވަމުން ދާތީ އޭނާގެ އާއިލާ އަށް އެކަން އަންގައިފައި ވާކަމަށެވެ.

ފާއިތުވި ހަފްތާގައި އަދްނާންގެ އަންހެނުން ރަންދާ މޫސާ އޭއެފްޕީ އަށް ބުނެފައިވަނީ އަދްނާން ހުރީ ރަމްލާ ޖަލުގައި ހުރި ކްލިނިކެއް ގައި ކަމަށާއި އަދްނާން ސިވިލް ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އިޒްރާއިލުން ދެކޮޅު ހަދައިފައިވާކަމަށެވެ. އަދި އޭނާގެ ލޯޔަރުން އޭނާ އާއި ބައްދަލު ކުރުމަށްވެސް އިޒްރާއިލުން ހުރަސް އަޅައިފައިވާކަމަށެވެ.

އަދްނާންގެ މަރާއި ގުޅިގެން ފަލަސްޠީނުގެ ރައްޔިތުން ދަނީ
ހިތާމަ ފާޅު ކުރުމަށާއި އިޒްރާއިލުން ހިންގި އަނިޔާވެރި ޢަމަލާއި ދެކޮޅު ހެދުމަށް މަގުތަކަށް އެެއްވެ މުޒާހަރާވެސް ކޮށްފައެވެ.









ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.