ހުޅުމާލެ ފޭސް 2 ގައި އަޅައިފައިވާ ހިޔާ ފްލެޓްތައް
ހަބަރު
03 May 2023 | 06:01
30 ޖޫން އިން ފެށިގެން ބަލާނީ ހިޔާ އިމާރާތުގެ އާންމު ތަންތަނުގެ މައްސަލަތައް: އާބަންކޯ


30 ޖޫން އިން ފެށިގެން އާބަންކޯއިން ބަލަހައްޓައި ހައްލުކޮށް ހަދާނީ ހިޔާގެ ފްލެޓްތަކުގެ އާންމު ތަންތަނާއި ވަސީލަތް ތަކަށް ދިމާވާ މައްސަލަތައް ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން މިކަމާއި ގުޅިގެން ނެރެފައިވާ އިއްލާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫޢުގެ ދަށުން މިހާތަނަށް ދޫކޮށްފައިވާ ފްލެޓްތަކުގައި ދިމާވާ ފެންލީކުވުމުގެ މައްސަލަތަކާއި، ފާޚާނާ އަދި ބެލްކަނީގެ ސްލޯޕްގެ މައްސަލަތަކުގެ އިތުރުން، ފާޚާނާގެ ޑްރެއިން ބްލޮކްވުމާއި ކަރަންޓުގެ މައްސަލަތައް އެ ކޯޕަރޭޝަންގެ މެއިންޓެއިންސް ޓީމުން ކޮންޓްރެކްޓަރގެ ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑްގެ މުއްދަތު ކަމަށް ވާ 2022 ޑިސެމްބަރ 31 ގެ ފަހުންވެސް ހައްލު ކޮށްދެމުން ދާކަމަށެވެ.

އަދި ހިޔާ ފްލެޓް އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ފްލެޓާއި ހަވާލުވާ ދުވަހުން ފެށިގެން ފްލެޓް ހުންނާނީ ގަންނަ ފަރާތުގެ ފުރިހަމަ ޒިންމާއާއި ބެލުމުގެ ދަށުގައި ކަން ބަޔާން ވެގެން ވާ ކަމަށެވެ.

އެހެން ނަމަވެސް ހިޔާ ސަރަހައްދަކީ ބޮޑު އާބާދީއެއް ދިރިއުޅޭ ތަނަކަށްވެފައި، އެެއްފަހަރާ މިފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ސަބަބުން ފްލެޓް ތަކުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ނިންމީ  އެކޯޕަރޭޝަނުގެ ޚިދްމަތް ވީހާ ދިގު މުއްދަތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި މިހާތަނަށް ހިޔާ ފްލެޓް ތަކަށް ދިމާވި މިފަދަ މައްސަލަތައް އެ ކޯޕަރޭޝަނަށް ހުށައެޅި އެމައްސަލަތައް ހައްލު ކޮށްދެވި، އެފަދަ މައްސަލަތައް ހުށައަޅާ ޢަދަދު މިހާރު މަދުވެފައިވާ ކަމަށް އެއިޢްލާނުގައި ބުނެފައިވެއެވެ.

އެހެން ކަމުން 30 ޖޫން 2023 ފެށިގެން އާބަންކޯއިން ބަލަހައްޓަމުން ގެންދާނީ ހިޔާ ޢިމާރާތުގައި ހިމެނޭ އާންމު ތަންތަނާއި ވަސީލަތްތައް ކަމަށް އެ ކޯޕަރޭޝަންގެ އިއްލާނުގައި ވެއެވެ. އަދި ފްލެޓް ތަކުގެ އެތެރެއަށް ދިމާވާ މައްސަލަތަކުގައި އެކޯޕަރޭޝަން އިން ފޯރުކޮށްދޭނީ ފަންނީ އެހީ އެކަނި ކަމަށް ވެސް އެ އިއްލާނުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.