އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫކޭ/ ފޮޓޯ: އަވަސް
ހަބަރު
03 May 2023 | 06:07
އޯގަސްޓުގެ ނިޔަލަށް އަމީނީ މަގުގެ މަސައްކަތް މުޅިން ނިންމާލެވޭނެ: މޫކޭ

އޯގަސްޓު މަހުގެ ނިޔަލަށް އަމީނީ މަގުގެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ. 

އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ޕްލޭންކޮށްފައި އޮތް ގޮތަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި އެ މަސައްކަތް މީގެކުރިން ނިންމަން އޮތް ތާރީޚަށް ނުނިންމި ލަސްވާތީ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވަމުންދާ ކަމަށެވެ. 

އޭނާ ފާހަގަކުރެއްވި ގޮތުގައި މަސައްކަތް ނިންމުން ލަސްވެގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ އެ މަސައްކަތާއި ހަވާލުވިއިރު ޕްލޭންކޮށްފައިވާ ގޮތަށް ރޭގަނޑު މަސައްކަތް ނުކުރެވުމެވެ.

އަމީނީ މަގަކީ އެކި ބޭނުންތަކަށް ވަރަށް ގިނަ ހޮޅިތަކާއި ކޭބަލްތައް ވަޅުލާފައިވާ މަގެއްކަމުން ރޭގަނޑު ގަޑީ މަސައްކަތް ކުރިއަށް ގެންދިއުމަކީ އެންމެ ރައްކާތެރި ގޮތް ކަމުގައި ނުވާތީ މަސައްކަތުގެ ވަގުތަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން މަޝްރޫއު ދިގުލައިގެންދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ. 

މޫކޭ ވިދާޅުވީ މިހާރު އަމީނީ މަގުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދާ ސްޕީޑުގައި އެކަން ކުރެވޭ ނަމަ އޮގަސްޓު މަހުގެ ނިޔަލަށް މުޅި މަޝްރޫއު ނިމި އަމީނީ މަގު އާންމުންނަށް ހުޅުވާލެވޭނެކަމަށް މޫކޭ ވިދާޅުވި އެވެ. 

"އޯގަސްޓުގެ ނިޔަލަށް އަޅުގަނޑުމެން މި ބަލަނީ. ޕްލޭންކޮށްގެން މި ތިބީ އިތުރުކަމެއް ދިމާ ނުވާހާ ހިނދަކު އަޅުގަނޑުމެންނަށް ޕްލޭންކޮށްފައި އޮތް ގޮތަށް މަސައްކަތް ކުރިއަށްދާހާ ހިނދަކު އަޅުގަނޑުމެންނަށް އޯގަސްޓުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް"

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ) 

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެ މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.

ތާރު އަޅާ ނިންމައި ފުރަތަމަ ތިން ސެގްމަންޓު އާއްމުންނަށް ހުޅުވައިލީ މާޗް މަހުއެވެ. އަދި މިހާރު ކުރިއަށްދާ ސެގްމަންޓުގެ މަސައްކަތް ވެސް މޭ މަހުގެ ނިޔަލަށް ނިންމާލާ ހުޅުވާލެވޭނެކަމަށް ނޫކޭ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
އިއްބެ
ކިތައްމެބާރަށްހަޅޭލެވިޔަސްކަލެޔަކަށްތިޔަކަމެއްނުކުރެވޭންގޭކަލޭގެސަބަބުންޕާޓީގެއަގުވެއްޓިއްޖެ
03 May 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.