މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު-- ފޮޓޯ/ މަޖިލިސް
ހަބަރު
03 May 2023 | 12:04
"މިއަދު މިފެންނަނީ ޒަމާނަކު ނުދެކޭފަދަ މިނިވަން މާހައުލެއްގައި ނޫސްވެރިން މަސައްކަތް ކުރާތަން"

މިއަދު ދެކެމުން މިދަނީ ޒަމާނަކު ނުދެކޭ ފަދަ މިނިވަން މާހައުލެއްގައި ހާސްކަމެއްނެތި ނޫސްވެރިން މަސައްކަތް ކުރާތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން ޝިފާޢު ކުރެއްވި ޓްވީޓެއްގައި ވަނީ، މީގެ 5 އަހަރު ކުރީގައި ނޫސްވެރި ކަމުގެ ޙާލަތު އޮތް ގޮތަށް ވިސްނާލުމަށް އެދިފައެވެ. 

"މީގެ 5 އަހަރު ކުރިއަށް ވިސްނާލަމާ. އެދުވަހު މީޑިއާތަކަށް ދިންގެއްލުން. ނޫސްވެރިންނަށް ކުރިމަތިކުރުވި ތުރާތަކާއި މަސައްކަތްކުރި ނާމާން ބިރުވެރި މާހައުލު." ޝިފާޢު ވިދާޅުވިއެވެ. 

މިއާއެކު ޝިފާއު ވިދާޅުވީ، މިއަދު ދެކެމުން މިދަނީ ޒަމާނަކު ނުދެކޭ ފަދަ މިނިވަން މާހައުލެއްގައި ހާސްކަމެއްނެތި ނޫސްވެރިން މަސައްކަތް ކުރާތަން ކަމަށެވެ. 

ޝިފާޢު މިފަދައިން ވިދާޅުވެފައި ވީ ނަމަވެސް،ރިޕޯޓާޒް ވިތައުޓް ބޯޑާސް، (އާރުއެސްއެފް)އިން އަހަރަކު އެއް ފަހަރު ނެރޭ ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސް ނުވަތަ ނޫސްވެރިކަމުގެ ހާލަތު ދަރަޖަ ކުރާ އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ވެއްޓި މިހާރު ވަނީ 100 ވަނައިގައި ހިމެނިފައެވެ. 

ކޮންމެ އަހަރަކުވެސް ފާހަގަކުރާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް، މޭ 3ގައި އާންމު ކުރާ ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެސްގައި މިދިޔަ 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގަ އެވެ. އެހެން ނަމަވެސް މިއަދު އާންމުކުރި ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ވަނީ 100 ވަނައަށް ވެއްޓިފަ އެވެ.

އޭގެ މާނައަކީ ރާއްޖެ މިހާރު އޮތީ "ޕްރޮބުލޮމެޓިކް" ކެޓަގަރީ ނުވަތަ ނޫސްވެެރިކަމުގެ މިނިވަންކަމަށް ހުރަސްތަކާއި ގޮންޖެހުންތައް ހުރި ގައުމުތަކުގެ ކެޓަގަރީގަ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އަބުރުގެ ގާނޫނު އުވާލުން ފަދަ ކަންކަން ކުރުމާ އެކު ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ރަނގަޅުވެގެން ދިޔަ އެވެ. އެގޮތުން، 2021ގައި ރާއްޖޭގެ ދަރަޖައަކީ 72 އެވެ. ނަމަވެސް އަނެއްކާ ވެސް އެ އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ މި ދަނީ ދަށްވަމުންނެވެ.

ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ނޫސްވެރިންކަމާއި ނޫސްވެރިންނަށް އެޅި ހުރަސްތަކާ އެކު އެ ސަރުކާރު ނިމުނު އިރު ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖައަކީ 120 އެވެ. އެއީ ނޫސްވެރިކަމަށް އުނދަގޫ ހާލަތްތައް ހުރި ކެޓަގަރީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.