ބުޅާ ފެސިލިޓީ އެއް--
ހަބަރު
04 May 2023 | 09:22
ބުޅާ ފެސިލިޓީ އަޅާނީ ބުޅާ ނިއުޓާ ކުރުމަށްފަހު ފަރުވާދެވޭ ގޮތަށް: މާލެސިޓީ ކައުންސިލް

މާލެސިޓީ ކައުންސިލުން އަޅަން ނިންމާފައިވާ ބުޅާ ފެސިލިޓީ އަޅާނީ ބުޅާ ނިއުޓާ ކުރުމަށްފަހު ފަރުވާދެވޭ ގޮތަށް ކަމަށް މާލެސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ސިޓީ ކައުންސިލުން ނިންމީ މާލެ ތެރޭގައި އުޅޭ 1،000 ބުޅާ ބެލެހެއްޓޭ ވަރުގެ ފެސިލިޓީއެއް ހަދާށެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ 100 ވަނަ ރަސްމީ އާއްމު ޖަލްސާގައި މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފަށައިގަންނައިރު 1000 ބުޅަލަށް ކޭޓަރކޮށް ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރުމަށް ނިންމާފައިވާއިރު މިކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން ޖެހޭކަމަށެވެ. އެ ބަޖެޓުން ވެޓް ޝެލްޓާ އެޅުމާއި ނިއުޓާ ކުރުމަށް ބޭނުންވާ ތަކެތި ގަތުމުގެ އިތުރުން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަން ހެދުން ނުވަތަ އަޕްގްރޭޑް ކުރުން ހިމެނޭ ކަމަށާއި، ބޭނުންވާ ވަސީލަތްތައް ގަތުމަށް ބޭނުންވާ ފައިސާ އާއި އަދި ފެސިލިޓީ ގޮތުގައި ބޭނުންކުރާތަން މަރާމާތު ކުރުމަށްދާ ޚަރަދު ހިމެނޭގޮތަށް މުއައްޒަފުންނާއި އެކު މިވަރުގެ ބަޖެޓެއް ހޭދަވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

”ފަށައިގަންނައިރު 1000 ބުޅަލަށް ކޭޓަރކޮށް ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރުމަށް ނިންމާފައިވަނީ. މިކަމަށް 1.7 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން މިޖެހެނީ. އޭގެ ތެރޭގައި ނިއުޓާ ކުރުމަށް ބޭނުންވާ ވަސީލަތްތައް ގަތުމަށް ބޭނުންވާ ފައިސާ އާއި އަދި ފެސިލިޓީ ގޮތުގައި ބޭނުންކުރާތަން މަރާމާތު ކުރުމަށްދާ ޚަރަދު ހިމެނޭގޮތަށް ހަމަޖެހިފައިވަނީ. މުއައްޒަފުންނާއި އެކު 1.9 މިލިއަން އަށް އަރާނެ.“

ނިއުޓާ ކުރުމުގެ ޚިދުމަތުގެ ތަފްސީލް ދެއްވަމުން ގަލޮޅު މެދު ދާއިރާގެ ކައުންސިލަރ އަދި ކައުންސިލްގެ އެންވަރމެންޓް ކޮމިޓީގެ ޗެއާމަން ރީހާން ނާޒިމް ވިދާޅުވީ ބުޅާ ގެނައުމަށްފަހު ބުޅާ ނިއުޓާކޮށްފައި މަގުމައްޗަށް ދޫކޮށްލުމުގެ ބަދަލުގަ ބުޅާތަކަށް ފަރުވާދިނުމާއި،ކާންދީ ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރާނެކަމަށެވެ.

”ބުޅާ ނިއުޓާ ކުރުމަށްފަހު ބުޅާ ގެނެއްސަ ޓްރީޓްކޮށްފަ އާފްޓަރ ކެއާވެސް ދީފަ ކާންދީ ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރާނެ، ހަމަ ގެނެއްސަ އޮޕަރޭޝަން ކޮށްލާފަ ދޫކޮށްލަނީކީ ނޫން.“

މޭޔަރު އިތުރަށް ވިދާޅުވީ މިކަމަށް ޓެކްނިކަލް ޓީމް މަސައްކަތް ކުރާނެ ތަނަކާ އާފްޓަރ ކެއާ ޝެލްޓަރ އާއިއެކު މަސްވެރިންގެ ޕާކުގަ މިތަން ހެދޭނެ ކަމަށް ފެންނާތީ ވަގުތީ ޝެލްޓާގެ ގޮތުގައި އެތަން ހަމަޖެއްސުމަށް ނިންމާފައިވާކަމަށެވެ . އަދި މި މަޝްރޫޢު ކުރިއަށްދާނީ އޮންނަ އުސޫލުގެ ތެރެއިން އާންމުކޮށް އިއުލާނުކުރެވިގެން ކަމަށް މޭޔަރު ވިދާޅުވިއެވެ.

”އެތަނަކީ ކުރު މުއްދަތެއްގައިވެސް މި ޚިދުމަތް ފެށޭނެގޮތަށް ހުރި ތަނެއް. އޯޕަން ބިޑިން އަށް ހުޅުވާލައިގެން ބަޔަކު ހޯދައިގެން އޮންނަ އުސޫލުގެ ތެރޭން ބަޔަކާ ހަވާލު ކުރެވޭނީ.“

އެ ތަނުގައި ބުޅަލެއް ނިއުޓާކުރަން ސިޓީ ކައުންސިލުން ނަގަން ނިންމާފައި ވަނީ 1،500ރ. އެވެ.

އަގާއި ގުޅޭގޮތުން މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް ވިދާޅުވީ އެ އަގު ނަގަނީ ބުޅާ ނިއުޓާ ކުރުމަށް ފަހު ކުރަން ޖެހޭ ޚަރަދުތަކަށް ކަމަށެވެ.

”ފިޝަރީޒް މިނިސްޓްރީން ކުރިން ވިލިމާލޭގައި ނިއުޓާ ކުރިއިރު ނަގަނީ ބުޅަލަކަށް 300ރ. އެ މީހުން ނިއުޓާ ކުރުމަށް ފަހު އާފްޓާ ކެއާއެއް ނުކުރާނެ. ކައުންސިލުން ނިއުޓާކުރާ ބުޅާ ނިއުޓާ ކުރުމަށް ފަހު ހަތަރު ފަސް ދުވަސް ވަންދެން ކުރަން ޖެހޭ ކަންކަން ކުރާނެ، ކާން ދިނުން، ބޭސް ދިނުން، އެ ހުރިހާ ކަމެއް ކުރާނީ ކައުންސިލުން، އެކަންކަން ކުރެވޭ ވަރެއްގެ އަގެއްގަ ހިފަންވާނީ.“

ކައުންސިލުން ނިންމާފައި ވަނީ ނިއުޓާކުރާ ކޮންމެ ބުޅަލެއް މައިކްރޯޗިޕް ކުރުމާއި ކޮންމެ ބުޅަލެއްގެ ކަރުގައި ކޮލާއެއް ނުވަތަ ކައުންސިލަށް ހާއްސަ ލޯގޯއެއް އަޅުވާ ގޮތަށެވެ. އަދި ނިއުޓާކުރާ ކޮންމެ ބުޅަލެއް ރަޖިސްޓްރީ ވެސް ކުރާނެ އެވެ.

ވަގުތީ ކްލިނިކްގައި ނިއުޓާ ކުރުމުގެ އިތުރުން އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓް ކުރުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށާއި މަގުމަތީ އުޅޭ ބުޅަލުގެ އިތުރުން ޕެޓްގެ ގޮތުން އާންމުން ގެންގުޅޭ ބުޅަލަށް ވެސް އެތަނުން ޚިދުމަތް ދޭން ނިންމާފައިވާ ކަމަށް ކައުންސިލުން ހާމަކުރިއެވެ.

ބުޅާ ފެސިލިޓީގައި މަސައްކަތް ކުރުމަށް ނަގަނީ ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ސިޓީ ކައުންސިލްގެ ދެ މުވައްޒަފުންނާއި އިއުލާން ކޮށްގެން ނަގާ ހަތަރު މުވައްޒަފުންނެވެ.

ކައުންސިލުން މީގެކުރިން ނިންމާފައި ވަނީ އަމިއްލަ ޚަރަދުގައި ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދުމަށެވެ. ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް އޭރު ނުލިބުނު ނަމަވެސް މިހާރު އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޭޔަރ ވިދާޅުވި އެވެ.

މޭޔަރ ވިދާޅުވީ ދާއިމީ އިމާރާތް އަޅަން އެންމެ ރަނގަޅު ތަނަކީ ހުޅުމާލެ ދަވަނަ ފިޔަވަހީގެ ކޮންމެވެސް ސަރަޙައްދެއް ކަމަށެވެ.

މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހަދައި ބުޅާތައް ބަލަހައްޓަން މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ހަތަރު މަސް ތެރޭ ހަދަން ނިންމައި އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލުން މިއަދު ފާސްކުރީ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.