ހަމަލާތަކިގައި ޒަހަމްވި މީހަކު ފަރުވާދިނުމަށް ގެންދަނީ
ދުނިޔެ
04 May 2023 | 16:49
ނާބުލުސްގައި ތިން މީހަކު ޝަހީދު ކޮށްލައިފި

އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ނާބުލުސްގައި ހިންގި މިލިޓަރީ ރެއިޑެއްގައި ފަލަސްޠީނުގެ ތިން މީހަކު ޝަހީދު ކޮށްލައިފިއެވެ.

ބަޑިން ހަމަލާ ދީގެން މިތިން މީހުން ޝަހީދު ކޮށްލައިފައިވާއިރު މި ހަމަލާތަކުގެ ސަބަބުން އިތުރު ހަތަރު މީހަކު ޒަހަމްވެފައި ވެސް ވެއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ވަނީ ޝަހީދުވި ތިން މީހުންވެސް މަރުވެފައި ވަނީ އިޒްރާއިލް ސިފައިންގެ ބަޑީގެ ހަމަލާތަކުން ކަން ކަށަވަރު ކޮށްދީފައެވެ.

"ޝަހީދުވި ތިން މީހުންގެ ތެރެއިން ދެމީހުންގެ މޫނު ބަޑީގެ ވަޒަން އަރައިފައިވާ މިންވަރު ގިނަކަމުން ކާކު ކަން ވަކިނުވޭ" ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވެއެވެ.

އިޒްރާއިލްގެ ފަރާތުން ބުނެފައިވަނީ ޝަހީދުވި ތިން މީހުންގެ ތެރެއިން ދެމީހުންނަކި އޭޕްރިލް 7 ވަނަ ދުވަހު ޖެރިކޯގައި ބަޑިން ހަމަލާދީ އެއްބަނޑު އެއްބަފާ ދެ އަންހެނުން މަރާލި މީހުން ކަމަށާއި، ހަމަ އެހާދިސާގައި ޒަހަމް ތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އެ ދެއަންހެނުންގެ މަންމަ ވެސް މަރުވެފައި ވާކަމަށެވެ.

ނާބުލުސްގައި ހަރަކާތްތެެރިވާ ރެޑް ކްރަސެންޓުގެ އޮފިސަރުން ބުނެފައިވަނީ މި ހާދިސާގައި ވަޒަން އަރައި ޒަހަމް ވެގެން އިތުރު ހަތަރު މީހަކު އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދެވިފައި ވާކަމަށެވެ. އަދި 150 އެއްހާ މީހުން ކަރުނަ ގޭހުގެ އަސަރު ކޮށްގެން ފަރުވާ ދެވިފައިވާކަމަށެވެ. އަދި އޭގެ ތެރޭގައި ސްކޫލް ކުދިންވެސް ހިމެނޭކަމަށް ރެޑްކްރަސެންޓުން ބުނެފައިވެއެވެ.
ނާބުލުސްގައި ހަރަކާތް ތެރިވާ ސިޔާސީ ފަރާތްތަކުން މިހަމަލާއާއި ދެކޮޅަށް އަޑު އުފުލުމަށް އެެއްވުން ތަކަކަށް ވަނީ ގޮވާލައިފައެވެ.

އަންގާރަ ދުވަހުގެރޭ އިޒްރާއިލް ސިފައިން ވަނީ ޣައްޒާގައި ފަލަސްޠީނުގެ 58 އަހަރުގެ ފިރިހެނަކު ޝަހީދު ކޮށްލައިފައެވެ. އަދި މިހާދިސާގައިވެސް އިތުރު 5 މީހަކު ވަނީ ޒަހަމްވެފައެވެ.
2023 ވަނަ އަހަރަށް ފެށުނު ފަހުން އިޒްރާއިލް ސިފައިން ފަލަސްޠީނުގެ 107 މީހަކު ޝަހީދު ކޮށްލައިފައިވެއެވެ. އޭގެ ތެރޭގައި 20 ކުޑަކުދިންވެސް ހިމެނެއެވެ .


ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.