ނާބުލުސްގައި އިޒްރާއިލުން ހިންގި މިލިޓަރީ ރެއިޑެއްގެ ތެރެއިން
ހަބަރު
06 May 2023 | 14:48
އަނެއްކާވެސް ފަލަސްޠީނުގެ ދެ ޒުވާނަކު ޝަހީދު ކޮށްލައިފި

އިޒްރާއިލުން ނުހައްޤުން ހިފައިފައިވާ ފަލަސްޠީނުގެ ދެކުނު އައްސޭރީގައި ފަލަސްޠީނުގެ ދެ ޒުވާނަކު ޝަހީދު ކޮށްލައިފައި ވާކަމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނީ ތުލްކަރަމް ސިޓީގައި އިޒްރާއިލް ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ދެ ޒުވާނުން ތަބެތް ގަވަރަމެންޓަލް ހޮސްޕިޓަލަށް ގެންދެވިފައި ވާކަމަށެވެ.                             

އަދި އެ ދެ ޒުވާނުންގެ އުމުރަކީވެސް 22 އަހަރު ކަމަށާއި އެ ދެޒުވާނުން ވެސް ޝަހީދުވެފައި ވަނީ މެޔާއި، ކަރާއި ބަނޑަށް އަރައިފައިވާ ވަޒަން ތަކުގެ ސަބަބުން ކަމަށެވެ.                                              އިޒްރާއިލް ސިފައިން ބުނެފައިވަނީ އެމީހުންެގެ ހަމަލާތަކުގައި ޝަހީދުވީ މިމަހުގެ 2ވަނަ ދުވަހު އެވްނެއި ހެފްޓްޒް ގައި ދިން ބަޑީގެ ހަމަލާތަކުގެ ޝާމިލް ވާދެމީހުން ކަމަށެވެ. އަދި އެހަމަލާތަކުގެ ސަބަބުން އިޒްރާއިލްގެ ޔަހޫދީންގެ ބަޔަކު ޒަހަމްވެފައި ވާކަމަށެވެ.

އިޒްރާއިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދުވެ ފިލަން އުޅެނިކޮށް ބަޑިޖެހި ދެ މީހުން ގަޔަށް ބަޑިޖަހައި މަރާލައިފައިވާކަމަށެވެ. މި ކަން މި ހިނގީ ޣައްޒާ ބޯޑަރު ކައިރީގައި ފަލަސްޠީނުގެ ހަނގުރާމަވެރިންނާއި އިޒްރާއިލްގެ ސިފައިންނާއި ދެމެދު ހަމަލާބަދަލުކުރުން ތަކެއް ހިނގައިފައި ވަނިކޮށެވެ.

ހަމަ މިއާއި އެކު ދެކުނު އައްސޭރީގައި ހިންގާތާ އަހަރެއް ވެފައިވާ މިލިޓަރީ ރެއިޑް ތައްވެސް ރޭވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.