މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު--
ހަބަރު
08 May 2023 | 11:26
ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ކައުންސިލް ދެކެ ރުޅިއަރުވަން: ޑރ. މުޢިއްޒު

ރައްޔިތުން ކައުންސިލަށް ކުރާ އިތުބާރު ގެއްލުވާލާ ރުޅިއަރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ފުރިހަމަ ގޮތުގައި ޢަމަލު ކުރާނަމަ، މަގުތަކާއި ޕާކުތަކާއި މިސްކިތް ތަކުގެ ކަންކަންވެސް ބަލަހައްޓަންޖެހޭނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަމަށެވެ. އަދި ރާއްޖޭގެވެސް ރަށްރަށުގައި އެކަންކަން ކުރަމުން އަންނަނީ އެރަށްރަށުގެ ކައުންސިލްތަކުން ކަން މުއިއްޒު ފާހަގަކުރެއްވި އެވެ. 

ކަންމިހެން ހުރި ނަމަވެސް މާލެސިޓީ ގެ އެފަދަ ބައެއް ކަންކަން އަދިވެސް އޮތީ ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް މޭޔަރ ވިދާޅުވިއެެވެ. އަދި އެކަންކަން ރައްޔިތުންނަށް ނޭނގޭތީ އެފަދަ ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތަކާއިއެކު ރުޅިވެރިކަން ރައްޔިތުން އަމާޒު ކުރަނީ ކައުންސިލަށްކަމަށްވެސް މޭޔަރ ވިދާޅުވިއެެވެ. 

“މަގުމަތީ ފެން ހިންދާ ޕަންޕު ޖައްސަން މިޖެހެނީ އެހެން މިނިސްޓްރީ އަކުން. ބައެއް މިސްކިތްތައް ހުރީ އިސްލާމިކް މިނިސްޓްރީގެ ދަށުގައި. ދެން ބިލު ނުދައްކައިގެން ފެނާއި ކަރަންޓް ކަނޑާލީމަ ހުރިހާ ދައްޗެއް މިވަނީ ރައްޔިތުންނަށް. އަދި މާލޭގައި ރަސްފަންނުގައި ހުންނަ ފެންވަރާ މާގަނޑުގެ މީޓަރު އަދިވެސް މި ހުންނަނީ ޕްލޭނިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައި. އެކަމަކު ރައްޔިތުން ސުވާލު ކުރަނީ ކައުންސިލާ. މާގަނޑުން ފެން ނައިސްގެން. އަޅުގަނޑުމެން ދެވަނަ މީޓަރެއް ހަރުކޮށްދޭން އެދިގެންވެސް ކުރީގެ މީޓަރ ބިލް ނުދައްކާތީ އިތުރު މީޓަރެއް ވެސް ހަރުކޮށްނުދޭ. “ މޭޔަރު ވިދާޅުވިއެވެ.

މިފަދަ ކަންކަމަކީ ސަރުކާރުން ވާހަކަދައްކައިގެން ހައްލު ކުރެވޭ ފަދަ ކުދި ކުދި ކަންކަން ކަމަށާ އެހެން ނަމަވެސް އެކަން ނުކުރަނީ ސަރުކާރުން ގަސްތުގައި ޖެއްސުން ކުރަން ކަމަށް މޭޔަރ ވިދާޅުވިއެވެ. 

(ސަރުކާރުން އެފަދައިން ކަން ކުރަނީ) ގަސްތުގައި ކަމަށް ބެލެވެނީ، ރައްޔިތުންގެ ރުޅިވެރިކަން ފުރަތަމަ އަޅުގަނޑުމެންތާ ފޭސް ކުރަން ތިބީ. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން ޖަވާބުދާރީ ވާނެ. ވާއިރުގައި، ރައްޔިތުންގެ ނަފްރަތާއި ރުޅިވެރިކަން ފޭސް އެބަ ވޭ. އެކަމަކު ލާމަރުކަޒީ ނިޒާމް ފުރިހަމައަށް ތަންފީޒު ނުކުރެވޭތީވެ މާލޭގައި ވާގޮތް މިއީ. 

ޑރ. މުހައްމަދު މުޢިއްޒު 

މޭޔަރު ވިދާޅުވީ މިހުރިހާ ޖެއްސުމެއް ކައުންސިލަށް ސަރުކާރުން ކުރަމުންދާއިރުވެސް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދެމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.