ޣަޒާއަށް ދިން ބޮމުގެ ހަމާލާގައި ސުންނާފަތިވެފައިވާ އިމާރާތެއް--
ހަބަރު
09 May 2023 | 13:45
ޣަޒާއަށް އެހީވުމަށް އައިއޭސީން އެމަރޖެންސީ ފަންޑެއް ހުޅުވާލައިފި

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ރޭ ދަންވަރު ދިން ބޮމުގެ ހަމަލާތަކުގައި ގެއްލުންވި ފަރާތްތަކަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީ އިން އެމަޖެންސީ ފަންޑެއް ހުޅުވައިފި އެވެ. 

ރޭ ދަންވަރު އިސްރާއީލް އިން ޣައްޒާގެ ޚަންޔޫނިސް އަށް އަށް ދިން ބޮމުގެ ހަމަލާތަކުގައި ގިނަބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.  

އެ ހަމަލާތައް ދަންވަރު 3:57 ވީއިރުވެސް ހުއްޓާލާފައި ނުވާއިރު އެންމެ ފަހުން ޓައިމްސް އޮފް ޣައްޒާއިން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، އިސްރާއީލް އިން ރޭ ދިން ހަމަލާތަކުގައި 12 މީހަކު ވަނީ ޝަހީދު ވެފައެވެ. އަދި މި ހަމަލާތަކުގައި އިތުރު 20 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މި ބޮމުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

މީގެ އިތުރުން މި ހަމަލާތަކުގައި ބައެއް ތަންތަނަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެެވެ. 

މިކަމާއި ގުޅިގެން އައިއޭސީން ކުރި ޓުވީޓެއްގައި ބުނީ، ޣަޒާގެ ހާލަތާއި ގުޅޭގޮތުން މީސްމީޑިއާގައި އަދާހަމަ ހިއްސާކުރަމުންދާކަމަށެވެ.

އަދި މިހާލަތާއި ގުޅިގެން އައިއޭސީން އެމަރޖެންސީ ރިލީފް ފަންޑެއް ހުޅުވާލާފައިވާ ކަމަށާ، ފައިސާ ޖަމާ ކޮށްގެން ޣަޒާ އަށް އެހީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރު: 7770000062741

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | EMERGENCY

އައިއޭސީގެ ޕްރޮޖެކްޓް އަގުތައް ހެދިފައިވަނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށް ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.