ފަހިދިރިއުޅުން ކޯޕަރޭޝަންގެ އަމާން ޕްރޮޖެކްޓްގެ "އުދަރެސް" ޓަވަރުގެ 3 ކޮޓަރީގެ މޮކްއަޕް ރޫމް--ފޮޓޯ: ވޮއިސް
ހަބަރު
09 May 2023 | 14:51
ފުލެޓްތަކުގެ ފިނިޝިންގ ނިންމުމަށް ލޯނެއް ނަގާކަށް ނުޖެހޭ؛ ނަގަން ބޭންކަކަށްވެސް ނުދަން: ފަހިދިރިއުޅުން

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފުލެޓުތަކުގެ ފިނިޝިންގ މަސައްކަތް ނިންމުމަށްޓަކައި އިތުރު ލޯނެއް ނަގަން ނުޖެހޭކަމަށާއި، ފިނިޝިންގ މަސައްކަތް ނިންމުމަށްޓަކައި ލޯނެއް ނަގަން ނުވަތަ ފައިސާ ހަމަޖައްސަން އެއްވެސް ބޭންކަކަށް ނުދާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިފަދައިން ބުނެފައިވަނީ ހުޅުމާލޭގައި އިންޑިއާއިން ލޯނު ނަގައިގެން އެ ޤައުމުގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އަޅަމުންދާ 4،000 ހައުސިން ޔުނިޓުގެ ފިނިޝިން މަސައްކަތްކުރުމަށް ލޯނު ހޯދުމަށް އެ ކޯޕަރޭޝަނުން މަސައްކަތްކުރަމުން އަންނަކަމަށް ބުނެ "ދިޔަރެސް" ނޫހުން ލިޔެފައިވާ ޚަބަރަކާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. 

ފަހިދިރިއުޅުން ކޯރޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނުން އިމާރާތްކުރާ 4000 ހައުސިންގ ޔުނިޓުގެ 2 މަޝްރޫޢުގައި ފިނިޝިންގ މަސައްކަތް ހިމެނޭކަމަށާއި، މަޝްރޫޢުގައި ހިމެނޭ ހުރިހާ ޔުނިޓުތަކެއްގެ ފިނިޝިންގ މަސައްކަތްތައް ނިންމާނެކަމަށެވެ. އަދި މި މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމަށް މިހާރު ނަގާފައިވާ 2 ލޯނުގެ ތެރެއިން ފިނިޝިންގ މަސައްކަތްތައް ނިންމޭނެ ކަމަށްވެސް ބުނެފައިވެއެވެ. މިގޮތުން ފްލެޓްގެ މަސައްކަތްތައް ނިމޭއިރު ހުންނާނީ ޓައިލްސް ޖަހާ، ދޮރުތައް ހަރުކޮށް، ކުލަލާ، ލައިޓް ތަކާއި، ފަންކާއާއި، ފާހާނާ ފިޓިންގްސް ފުރިހަމަކޮށް، އަދި މިނޫންވެސް އިތުރު ފިނިޝިންގ މަސައްކަތްތައް ނިންމާފައިކަން އެެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. 

"ފިނިގަގަޝިންގ މަސައްކަތް ނިންމުމަށްޓަކައި އިތުރު ލޯނެއް ނަގަން ނުޖެހޭކަމާއި، ފިނިޝިންގ މަސައްކަތް ނިންމުމަށްޓަކައި ލޯނެއް ނަގަން ނުވަތަ ފައިސާ ހަމަޖައްސަން މި ކޯރޕަރޭޝަންގެ ފަރާތުން އެއްވެސް ބޭންކަކަށް ނުދާކަން ކަށަވަރުކޮށްދެވެމެވެ." ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނެފައިވެއެވެ. 

މިއާއެކު އެ ކޯޕަރޭޝަނުން ބުނީ، މި ފްލެޓްތަކަކީ އެތައް ދިވެހީންނެއް އިންތިޒާރުކުރާ ތަންތަނަށްވާއިރު، ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ހަގީގަތާއި ޚިލާފު މަޢުލޫމާތު ދިނުމަކީ  ހިތާމަކުރާ ކަމެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.