ނަރސަސް އެސޯސިއޭޝަންގެ އަގު ވަޒަން ކުރުމަށް ވިލާ ފައުންޑޭޝަނުން ހަނދާނީފިލާއެއް ދެނީ -- ފޮޓޯ/ ވޮއިސް
ހަބަރު
09 May 2023 | 17:16
ނަރުހުން ތަމްރީނު ކުރުމަށް ވިލާ ފައުންޑޭޝަނުން ކޮންމެ އަހަރަކުވެސް ސްކޮލަޝިޕް ދެނީ

ނަރުހުން ތަމްރީނު ކުރުމަށް ވިލާ ފައުންޑޭޝަނުން މޯލްޑިވްސް ނަރސަސް އެސޯސިއޭޝަނަށް ކޮންމެ އަހަރަކުވެސް ސްކޮލަޝިޕް ދިނުމަށް ނިންމައިފިއެވެ.

ވިލާ ފައުންޑޭޝަނުން ސްކޮލަޝިޕް ދޭން ފެށުން ލޯންޗް ކުރުމަށް މިއަދު ވިލާ ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ނަރސަސް އެސޯސިއޭޝަނަށް ތިން ސްކޮލަޝިޕް ވަނީ ހަވާލުކޮށްފައެވެ. އަދި ކޮންމެ އަހަރަކުވެސް ތިން ސްކޮލަޝިޕް ދިނުމަށް ވަނީ ނިންމާފައެވެ.

މި ސްކޮލަޝިޕަށް ނަގާނީ ދެ އަންހެން ދަރިވަރުންނާއި އެއް ފިރިހެން ދަރިވަރެކެވެ.

އެގޮތުން ވިލާ ފައުންޑޭޝަނުން މިއަހަރު ދޭ ސްކޮލަޝިޕް ހަވާލު ކޮށްދެއްވީ ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު ހަމީދެވެ. މި ސްކޮލަޝިޕް ހަވާލު ކުރައްވާފައި ވަނީ ނަރސަސް އެސޯސިއޭޝަންގެ ސެކްރެޓަކީ ޖެނެރަލް މަރިޔަމް ޝިފާނާއާއެވެ.

މި ސްކޮލަޝިޕްގެ ދަށުން، ވިލާ ކޮލެޖްގައި ޑިޕްލޮމާ އިން ނަރސިންގް ކިޔެވުމަށް ޓިއުޝަންފީ ދައްކައިދޭނީ ވިލާ ފައުންޑޭޝަނުންނެވެ. އަދި ސްކޮލަޝިޕްގެ ލިޔެކިޔުންތަކުގެ ބައި ހަމަޖައްސާނީ ނަރސަސް އެސޯސިއޭޝަނުންނެވެ.

ނަރސަސް އެސޯސިއޭޝަންގެ އަގު ވަޒަން ކުރުމަށް ވިލާ ފައުންޑޭޝަނުން ހަނދާނީފިލާއެއް ދެނީ -- ފޮޓޯ/ ވޮއިސް

މި ރަސްމިއްޔާތުގައި ވިލާ ފައުންޑޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން މުހައްމަދު ހަމީދު ވިދާޅުވީ، މިއީ ރާއްޖޭގައި ނަރުހުންގެ ޚިދުމަތް ދޭން ފެށިތާ 75 އަހަރު ފުރުމާ ގުޅުވައިގެން ދޭ ސްކޮލަޝިޕެއް ކަމަށެވެ.

ރާއްޖޭގެ ސިއްހީ ދާރިއާގައި ނަރުހުންނަނީ މުހިންމުބައެއްކަން ފާހަގަ ކުރައްވައި ހަމީދު ވިދާޅުވީ އެ ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ބޭނުންވާ ވަރަށް ނަރުހުން ތަމްރީނު ނުކުރެވޭ ކަމަށް ހަމީދު ވިދާޅުވިއެވެ.

މި އަހަރުގެ މޭ އިންޓޭކަށް ވިލާ ކޮލެޖުން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. ކޯހަށް ފުރުސަތު ލިބުމާއެކު ކޯހުގެ އޮފަރ ލެޓަރ އާއެކު ނަރސަސް އެސޯސިއޭޝަނަށް ހުށަހެޅުމުން ކުދިން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.