ހަމަލާތަކުގައި ޝަހީދުވި މީހެއްގެ ޖަނާޒާ ކުރިއަށް ދަނީ
ދުނިޔެ
09 May 2023 | 21:28
ޣައްޒާ އަށް އިޒްރާއިލުން ދިން ހަމަލާއެއްގައި 2 މީހަކު ޝަހީދުވެއްޖެ

އިޒްރާއިލްގެ ސިފައިން ފަލަސްޠީނުގެ ޣައްޒާއަށް ދިން ހަމަލާއެއްގައި 2 މީހަކު ޝަހީދު ވެއްޖެއެވެ.

އިއްޔެ އިޒްރާއިލުން ޣައްޒާ އަށް ދިން ހަމަލާތަކުގެ  ސަބަބުން 12 މީހަކު ޝަހީދު ވެފައި ވާކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.

އަލްޖަޒީގައި ބުނެފައިވަނީ ޣައްޒާގެ މީހުން ދިރިއުޅޭ ސަރަހައްދަށް އިޒްރާއިލް ސިފައިން ދިން ހަމަލާގައި އިޒްރާއިލް ސިފައިންގެ 40 މިލިޓަރީ އެއަރކްރާފްޓަކާއި ޑްރޯންސް ބޭނުން ކޮށްފައިވާ ކަމަށެވެ.

އަދި މި ހަމަލާތަކުގެ ސަބަބުން 12 މީހަކު ޝަހީދު ވެފައި ވާކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ. ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ ޝަހީދުވި 12 މިހުންގެ ތެރެއިން 9 މީހުންނަކީ ޢާންމު ރައްޔިތުން ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން 20 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާކަމަށާއި އެ 20 މީހުންނަކީ ވެސް ހަމަ ޢާންމުން ކަމަށެވެ.

އިޒްރާއިލުން ބުނެފައިވަނީ އެމީހުންގެ ހަމަލާތައް އަމާޒުކުރެވުނީ ހަތިޔާރު އުފައްދާ ގެންގުޅޭ 10 ސައިޓަކަށް  ކަމަށެވެ.

އިޒްރާއިލްގެ މި ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގައި ހަރަކާތްތެރިވާ ފަލަސްޠީންގެ އިސްލާމިކް ޖިހާދުގެ ތިން ލީޑަރަކާއި އެމީހުންގެ އަނބިން އަދި ބައެއް ކުދިން ޝަހީދިވެފައި ވާކަމަށް އެޖަމާޢަތުން ވަނީ ބުނެފައެެވެ. މި ކަމާއި ގުޅޭ މާބޮޑު ތަފްސީލެއް އެޖަމާއަތުން ހާމަ ކޮށްފައެއް ނުވެއެވެ.

ހަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ދަނީ ކަރުނަ އަޅަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.