ތަމްރީން ޕްރޮގްރާމްގެ ބައެއް ބައިވެރިން-- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
ހަބަރު
10 May 2023 | 12:07
ތަމްރީން ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް ފުރައިފި

ފިޝަރީޒް މިނިސްޓްރީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)އާއި ގުޅިގެން މަސްވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްގީކުރުމަށް އެކުލަވާލެވިފައިވާ "ދަ ޕްރޮޖެކްޓް ފޯރ ދަ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ"ގެ ދަށުން ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ދަތުރެއްގައި ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް އިއްޔެ ފުރައިފިއެވެ.

20 ދުވަހަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމް ގައި،  ގދ. މަޑަވެލި "ކަމަނަ ދޯނި"، އދ. މަހިބަދޫ އަސުރުމާ 3، އަސުރުމާ 2 އަދި އަސަރީ ދޯނ. ޒޫމް ފިޝާ އަދި ބ. ތުޅާދޫ ހައިޝަމް ދޯނީގެ ފަރާތުން 6 މަސްވެރިން ބައިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއީ ދިވެހި މަސްވެރިން ދޮށީގައި އަދި އަތުނަނުގައި ކުރަމުންދާ މަސްވެރިކަމުގައި ބާނާ ކަނޑުމަހުގެ ކޮލިޓީ ރަނގަޅު ކުރުމަށާއި، އެންވެެރިކަމުގައި ދިމާވާ ބައެއް މައްސަލަތަކަށް ޙައްލު ހޯދުމަށާއި ރަށު ފެންވަރުގައި މަހާއި މަހުގެ އުފެއްދުން ތައްޔާރުކުރަމުންދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ތަރައްގީކުރުމަށް ކުރުމަށް 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް 2022 ވަނަ އަހަރު ފަށާފައިވާ ޕްރޮޖެކްޓެއް ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ތަމްރީން ޕްރޮގްރާމްގެ ބައެއް ބައިވެރިން-- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ފިޝަރީޒް މިނިސްޓްރީން ބުނީ، މި ޕްރޮޖެކްޓްގެ ދަށުން ދޮށީގެ މަސްވެރިކަން ކުރުމުގައި އެން މަރުވާ ނިސްބަތް މަދުކުރުމަށް އެންވަތުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް އެބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށާ އަދި އަތުނަނުގެ މަސްވެރިކަމުގައި ބާނާ ބޮޑުކަންނެލީގެ ކޮލިޓީ ރަނގަޅުކޮށް ކަންނެލި ރިޖެކްޓް ވާ މިންވަރު މަދުކުރުމަށް ޖަޕާނުގެ މަސްވެރިން ބޭނުން ކުރަމުންދާ އުކުޅުތައް ބޭނުންކޮށްގެން ބޮޑު ކަންނެލީގެ ކޮލިޓީ ރަނގަޅުކުރުމަށް ހިންގާ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެނި އެ މަސައްކަތް ރާއްޖޭގެ ހުރިހާ އުޅަނދަކަށް ފުޅާކުރުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށެވެ.

އަދި ދިވެހި މަސްވެރިން ޖަޕާނަށް މި ކުރާ ދަތުރަކީ މި ޕްރޮޖެކްޓްގެ ތެރެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޖަޕާނުގެ މަސްވެރިން، އެ މަސައްކަތްތައް ކުރަމުންދާ ގޮތުގެ އަޖުމަ ބަލައި އެކަމާއި ގުޅޭގޮތުން ތަމްރީނު ހޯދާނެ ފުރުޞަތެއް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ފާހަގަކުރިއެވެ.

މި ދަތުރުގައި ބައިވެރިވާ ދިވެހި މަސްވެރިން، ޖަޕާނުގެ މަސްވެރިން ދޯނީގައި އެން ގެންގުޅޭ ގޮތާއި އަދި ބޮޑު ކަންނެލީގެ ކޮލިޓީ ދަމަަހައްޓާ އުކުޅުތަކާއި، މަސްވިއްކުމުގައި ޖަޕާނުގައި ޢަމަލުކުރަމުންދާ ގޮތްތައް ބަލައި ޖަޕާނުގައި މަސްވެރިކަން މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.