ހަބަރު
10 May 2023 | 12:51
ދަރިންނަށް ހަރަދު ނުދިނުމުން ބައްޕަގެ މުސާރަ ކޯޓަށް ޖަމާ ކުރަން އަމުރު ކޮށްފި

ދެ ދަރިންނަށް ހަރަދު ނުދިން މައްސަލައިގައި ބައްޕަގެ މަހު މުސާރަ، ވަޒީފާ އަދާކުރާ އިދާރާ މެދުވެރިކޮށް ކޯޓަށް ޖަމާ ކުރުމަށް މެޖިސްޓްރޭޓް ކޯޓަކުން ހުކުމް ކޮށްފިއެވެ.

މި މައްސަލަ އަކީ ދެ މީހުން ވަރި ވުމަށްފަހު ދެ ދަރިންގެ ހަރަދަށް ކޯޓު މެދުވެރިކޮށް ދޭންޖެހޭ 3000 ރުފިޔާ ކޮންމެ މަހަކު ދޭން ކުދިންގެ ބައްޕަ އެއްބަސްވެ 2019ގައި ހުކުމްކޮށްފައި އޮތް އޮތުމާ ހިލާފު ވުމުން، ހުށަހަޅާފައިވާ މައްސަލައެކެވެ. އެގޮތުން، ދެ ދަރިންނަށް ޖުމްލަ 70،000 އަށް ވުރެ ގިނަ ރުފިޔާ އެކުދިންގެ ބައްޕަ ނުދައްކާ ކަމަށް ރެކޯޑުތަކުން ދައްކައެވެ. ދަރިންގެ ޚަރަދަށް މިހާތަނަށް އޭނާ ކޯޓަށް ދައްކާފައި ވަނީ 68،000ރ. އެވެ.

އެ މައްސަލާގައި އެކުދިންގެ ބައްޕަ ވަނީ އޭނާ އަކީ ސަރުކާރުގެ ރަނގަޅު ވަޒީފާއެއްގައި ހުރި ފަރާތެއް ކަމަށާ، ނުދައްކާ އޮތް ފައިސާ ބަހާލައިގެން ދެއްކުމަށް އެއް އަހަރުގެ މުއްދަތެއް ދިނުމަށް ކޯޓުގައި އެދިފައެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އިއުތިރާޒް ނުކުރާ ކަމަށް އަންހެން މީހާ ކޯޓުގައި ބުނި ނަމަވެސް އޭނާ އެދުނީ މުސާރައިން އެބައި އުނިކޮށް ލިބޭނެ ގޮތެއް ހަދައިދިނުމަށެވެ.

ނަމަވެސް މުސާރައިން އުނިކުރަން ފިރިހެންމީހާ އިންކާރު ކުރުމުން ގާޒީ ނިންމެވީ، އެ މައްސަލައަކީ ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމެއްގެ ގޮތުގަ އެެވެ.

އެހެންކަމުން، އާއިލާއާ ބެހޭ ގާނޫނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ އާއިލީ އިޖުރާއަތުގެ އުސޫލްގެ 87 ވަނަ މާއްދާއާ ހަވާލާދީ ގާޒީ ވަނީ "ޚަރަދު ދޭން ޖެހޭ މީހާއަކީ ވަޒީފާއެއްގައި އުޅޭ މީހެއް ނަމަ އޭނާގެ މުސާރައިން ކެނޑުމަށް ފަހު ކޯޓަށް ފައިސާ ޖަމާކުރުމަށް އެ މީހާ ވަޒީފާ އަދާކުރާ އޮފީހަށް ނުވަތަ މަސައްކަތްކުރާ ތަނަށް އަންގައި އަމުރުކުރެވިދާނެ" ކަން އޮންނަކަން ފާހަގަކޮށް ދަރިންގެ ހަރަދަށް ދޭން ޖެހޭ ފައިސާ ފަސް މަހުގެ ތެރޭގައި އޭނާގެ މުސާރައިން އުނިކޮށް ނަގައިދިނުމަށް އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އަމުރުކޮށްފައެވެ.

އެއީ މަހަކު 5،847ރ އާއި ދެ ދަރިންނަށް ކޮންމެ މަހަކު ދޭން ޖެހޭ 3،000 ރުފިޔާއެވެ. އަދި ވަޒީފާއިން ވަކިވެއްޖެ ހާލަތެއްގައި ވެސް އެ ރުފިޔާ ދެއްކުމަށް އޭނާ މައްޗަށް ކުރި ހުކުމްގައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.