ޢިމާރާތެއްގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އާބަންކޯ
ހަބަރު
10 May 2023 | 14:37
އިމާރާތްކުރާ ފަރާތްތަކުގެ ޝަރުތުތައް ބަޔާންކުރާ ޤަވާއިދަށް ގެނަ އިސްލާޙަށް އަމަލު ކުރަން ފަށައިފި

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް މިއަދު އަމަލު ކުރަން ފަށައިފިއެވެ.

މި އިސްލާޙުގައި ބަޔާންކޮށްފައިވަނީ ބިލްޑިންގ އިންސްޕެކްޓަރުންގެ ބާވަތް 1 އަދި ބާވަތް 2 ގެ ދާއިރާގެ ގިންތި ތަކާއި ރެޖިސްޓްރީވުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކާއި ކުރެވޭ މަސައްކަތްތަކެވެ.

އެގޮތުން، ބިލްޑިންގ އިންސްޕެކްޓަރ ބާވަތް 1 އަކީ ޢިމާރާތުގެ ސްޓްރަކްޗަރ (އޮނިގަނޑު) ގެ މަސައްކަތްތައް ކުރަމުންދާއިރު ބަލައި ، އެ މަސައްކަތްތައް ކޮށްފައި ހުރީ ފާސްކޮށްފައިވާ ކުރެހުމާއި ޢިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދާއި ޕްލޭނިންގ ގަވާއިދާ އެއްގޮތަށްތޯ ބަލައި "ސެޓުފިކެޓު އޮފް ސްޓްރަކްޗުރަލް ކޮމްޕްލަޔަންސް" ދޫކުރާ ފަރާތްތަކެވެ.

އެ ފަރާތްތަކުގެ ގިންތި 1ށް ބަލާއިރު ސިވިލް އިންޖިނިއަރިންގ ނުވަތަ ސްޓްރަކްޗުރަލް އިންޖިނިއަރިންގ ނުވަތަ ބިލްޑިންގ ކޮންސްޓްރަކްޝަން ދާއިރާއިން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން ޝަރުތުކޮށްފައިވެއެވެ.

އަދި ގިންތި 2ށް، ޢިމާރާތްކުރުމުގެ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއި، ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގެ ތަމްރީނެއް ހާސިލުކޮށްފައިވުން ނުވަތަ ތަޢުލީމީ ފެންވަރު ހާސިލުކުރުމަށްފަހު ލައިސަންސްޑް އިންޖިނިއަރިންގެ ބެލުމުގެ ދަށުން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރަމުންދާ ތަނެއްގައި މަދުވެގެން 150 (އެއްސަތޭކަ ފަންސާސް) ގަޑިއިރު ހޭދަކޮށްފައިވުން ހިމެނެއެވެ.

ބިލްޑިންގ އިންސްޕެކްޓަރ ބާވަތް 2 އަކީ މަސައްކަތްކޮށް ނިމޭއިރުގައި ޢިމާރާތް ނުވަތަ ތަން ހުރީ ކުރެހުމާ އެއްގޮތަށް ކަމަށާއ،ި ފެންނަން ހުންނަ ބައިތައް ހުރީ ޢިމާރާތްކުރުމާ ބެހޭ އިދާރީ ގަވާއިދާއި ޕްލޭނިންގ ގަވާއިދާ އެއްގޮތަށްތޯ ޗެކްކުރުމަށްފަހު "ޢިމާރާތް ބޭނުންކުރުމަށް ތައްޔާރުވެފައިވާކަމުގެ ލިޔުން" (ސެޓުފިކެޓު އޮފް ކޮމްޕްލަޔަންސް ފޮރ އޮކިއުޕަންސީ) އެއް ދޫކުރާ ފަރާތްތަކެވެ.

އެ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ޢިމާރާތްކުރުމުގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.