ޣައްޒާއަށް އިޒްރާއިލުން ރޮކެޓް ހަމަލަާ ދިން ވަގުތު
ދުނިޔެ
10 May 2023 | 21:08
ޣައްޒާ އަށް ދޭ ހަމަލާތައް އަދިވެސް ކުރިއަށް

އިޒްރާއިލުން ފަލަސްޠީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.

މިއަދު އިޒްރާއިލުން ޣައްޒާ އަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން އެކަކު ވަނީ ޝަހީދުވެފައެވެ. އަދި އެކިވަރުގެ ޒަހަމްތަކާއި އެކު އެކަކު ދަނީ ފަރުވާ ހޯދަމުން ކަމަށް އަލްޖަޒިރާގައި ބުނެފައިވެއެވެ. 

އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލުން ވައިގެ މަގުން ދިން މި ހަމަލާތައް ޣައްޒާގެ އެކި ހިސާބުތަކަށް އަރައިފައިވާ ކަމަށެވެ.

އަދި އެހަމަލާތައް އައިސްފައިވަނީ އިޒްރާއިލް މީހުން ދިރިއުޅޭ ހިސާބުން ކަމަށާއި، އަދި ހަމަލާތައް އަމާޒުވެފައި ހުރީ ޣައްޒާއަށް ކަމަށެވެ.

ޣައްޒާގައި ހުރެގެން ރިޕޯޓް ކުރަމުންދާ އަލްޖަޒިރާގެ ރިޕޯޓަރު ބުނެފައިވަނީ ޣައްޒާގެ ރައްޔިތުން ތިބީ އެލާޓްގައި ކަމަށެވެ. ހަމަލާ އަންނާނީ ކޮން ވަގުތަކު ކަން ނޭނގޭތީ، އެމީހުން ތިބީ ސިހިސިހި ކަމަށެވެ.

ސްކޫލްތަކާއި އޮފީސްތައް އަދި ވިޔަފާރި ތައް ބަންދު ކޮށް، މީހުން މަސައްކަތް ކުރަމުންދަނީ ގެއިން ނުނިކުމެ ވޭތޯ ކަމަށެވެ.
އިއްޔެވެސް އިޒްރާއިލުން ވަނީ ޣައްޒާ އަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކުގެ ސަބަބުން 13 މީހަކު ޝަހީދުވެފައި ވެއެވެ. އޭގެ ފަހުން ހަމަ އިއްޔެ ދިން އެހެން ހަމަލާއެއްގެ ސަބަބުން 2 މީހަކު ޝަހީދުވެފައިވެއެވެ.

މީގެ އިތުރުން ޤިބްތިއްޔާ އަވަށުގައި ދިން ބަޑީގެ ހަމަލާ ތަކުގެ ސަބަުބުން 2 ޒުވާނަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން 15 އަހަރުގެ ޒުވާނާ ޝަހީދުވެފައި ވަނީ މެޔަށް ވަޒަން އެރުމުގެ ސަބަބުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.