ހުޅުމާލެ ފޭސް-2 ފަޅުން ހިއްކުމަށް ނިންމާފައިވާ ސަރަހައްދު ރަތްކުލައިން ފާހަގަކުރެވިފައި/ ފޮޓޯ: އާބަންކޯ
ހަބަރު
11 May 2023 | 11:48
މާސްޓަ ޕްލޭނު ބަދަލުކޮށްގެން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލެއް ނުކުރެވޭނެ، އުފެދޭނީ އިތުރު ސްލަމް ސިޓީއެއް!

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް އެކުލަވާފާއިވާ ދުރު ރާސްތާގެ މާސްޓާ ޕްލޭނު ބަދަލުކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަޅު ހިއްކައިގެން ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ނުލިބޭނެ ކަމަށާއި، އެކަން އެގޮތަށް ކުރުމުގެ ސަބަބުން އަނެއްކާވެސް އުފެދިގެންދާނީ މާލެ ފަދަ އިތުރު ސްލަމް ސިޓީއެއް ކަމަށް ބޯހިޔާވަހިކަމުގެ ހައްޤު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާ ޖަމުއިއްޔާއެއް ކަމަށްވާ އާންމުންގެ އެކުވެރި ގުޅުން ޖަމުއިއްޔާއިން ބުނެފި އެވެ. 

އެކަމާއި ގުޅޭގޮތުން އެ ޖަމުއިއްޔާއިން ފޭސްބުކުގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ސަރުކާރުގެ އެ ނިންމުމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ބަޔާންކޮށްފަ އެވެ. 

އެގޮތުން އެ ޖަމުއިއްޔާއިން ބުނީ ބޯހިޔާވަހިކަމުގެ އެއްވެސް ވައުދެއް ސަރުކާރަށް ނުފުއްދި ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ހުޅުމާލޭން ގޯތި ބަހަން ނިންމައި އެކަން ކޮންމެ ގޮތަކަށް ވިޔަސް ކުރަން ހުޅުމާލޭގެ ފޭސް-2 ގެ ފަޅު ހިއްކުމުގެ ތައްޔާރީތައް ވާން ސަރުކާރުން ފަށައިފިއެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބަލާލާއިރު ކުރީ ސަރުކާރުން ފޭސް- 2 ހިއްކި އިރު ފޭސް-2 ގެ ފަޅު ހާއްސަކޮށްފައި ވަނީ ދުނިޔޭގެ ފެންވަރުގެ ކޫޒް ޓާރމިނަލްއެއް ތަރައްގީ ކުރާށެވެ. އެތަނުގައި ކުރޫޒް ޓަރމިނަލް އަޅާނެ ބަޔަކު ހޯދަން އާރބަންކޯއިން ވަަނީ އިއުލާންވެސް ކޮށްފައި ކަމަށާއި، އަދި އެ އިއުލާނާއި ގުޅިގެން ދުނިޔޭގެ ނަން މަޝްހޫރު ތަޖުރިބާކާރު ކުންފުނިތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ސަރުކާރާއި ވަނީ މަޝްވަރާވެސް ކޮށްފައިވާކަން އެ ޖަމުއިއްޔާއިން ފާހަގަކޮށްފައި ވެއެވެ. 

އޭގެ އިތުރުން އެ ޖަމުއިއްޔާއިން ބުނީ ހުޅުމާލޭގެ ފޭސް-2 މާސްޓާރ ޕްލޭން ހެދިފައިވަނީ އިޖްތިމާއި ބޯހިޔާވަހިކަމާއި، އެފޯޑެބުލް ބޯހިޔާވަހިކަމާއި، ޕްރައިވެޓް ކުންފުނިތަކާއި، މަތީފަންތީގެ ބޯހިޔާވަހިކަމުގެ އިތުރުން އަާންމު އަދި ބައިނަލް އަގުވާމި ވިޔަފާރީގެ ބައިތައްވެސް ހިމެނޭގޮތަށް ޒަމާނީ ސިޓީއެއްގެ ސިފަ ގެނުވޭ ގޮތަށް ޒަމާނީ ސިޓީއެއްގޮތުގައި އެތަން ދެމެހެއްޓޭނެ ގޮތަކަށް ކަމަށެވެ.

މީގެ އިތުރުން އާންމުންގެ އެކުވެރި ގުޅުމުން ބުނީ ފޭސް-2 ފަޅަކީ މިހާރުވެސް އޮޑިދޯންޔާއި ސަފާރީތަކުން ބޭނުން ކުރަމުންދާ ބިޒީ ފަޅަކަށް ވެފައި، އެއީ މުޅި ފޭސް އެކެއް ހިއްކަން ވެލިނެގިތަން ކަމަށް ވުމުން، އާންމުކޮށް ހިއްކާ ތަންތަނުގެ 3 ގުނަ ވަރު އެތަން ފުންވާނެ ކަމަށާއި، އެތަން ހިއްކުމަށް އާންމު އަގަށްވުރެ 3 ގުނަ ބޮޑު ހަރަދު ވެސް ދާނެކަމަށެވެ. 

އެހެންކަމުން އެއަގުގައި އެތަން ހިއްކާ ސަރުކާރުން ބޭނުންވާ ވަކިބަޔަކަ ހިލޭ ބެހުމަކީ އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ހަރަދު އެކަމަކަށް ދާނެ ކަމެއް ކަމަށާއި، އޭގެ ސަބަބުން ފޭސް-2 އާބަދުވެ ވަމުން އަންނަ މީހުންގެ މުސްތަގުބަލަށް ތާއަބަދަށް ނުހަނު ގެއްލުންތައް ކުރިމަތިވާނެކަން އެ ޖަމުއިއްޔާއިން ފާހަގަކޮށްފައި ވެއެވެ. 

އެ ޖަމުއިއްޔާއިން ސިފަކުރި ގޮތުގައި ހުޅުމާލެ ފޭސް-2 ތަރައްގީ ކުރުމަށް ކުރީ ސަރުކާރުން ހަދާފައިވާ މާސްޓަ ޕްލޭން ވީދާލާ ފަޅު ހިއްކަން ނިންމާފައިވަނީ ވަގުތީ އަދި ސިޔާސީ މަންފާއެއް ހާސިލްކުރުމަށެވެ. އަދި އެކަމުގެ ސަބަބުން ހުޅުމާލެ ފޭސް-2ކަށް ގެނެވެން އޮތް ތަރައްގީ މަޑުޖެހި، ޒަމާނީ ސިޓީއެއްގެ ސިފަ ނުޖެހި އެތަން ބަދަލުވެގެން ދާނީ ހަމަ ދެވަނަ މާލެ އަކަށްކަމަށް އެ ޖަމުއިއްޔާއިން ވަނީ ބުނެފަ އެވެ. އަދި އެކަމުގެ ހުރިހާ ގެއްލުމެއް ވެސް ލިބިގެންދާނީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ފަރާތްތަކަށްކަމަށް އެ ޖަމުއިން ބުނެފައިވެ އެވެ. 

"މާލޭގެ ކޮންކްރީޓު ޖަންގަލީން ދިވެހިން މިންޖުކޮށް ޒަމާނީ ސިޓީއެއް ހެދުމުގެ ނިޔަތުގައި ވަށާޖެހޭ މާސްޓާރ ޕްލޭނަކާއެކު ކުރީ ސަރުކާރުން ހިއްކައި ތަރައްގީ ކުރަން ފެށި ފޭސް-2 މިސަރުކާރުން ބޭނުންވާ ވަކިބަޔަކަށް ގޯތިބަހައި، ދެވަނަ މާލެއަކާއި އަނެއްކާވެސް މާލޭގައި އޮތްފަދަ ކުލީގެ އަޅުވެތިކަން ފޭސް-2 އަށްވެސް ތާރަފް ކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށް އަަޅުގަނޑުމެން ގޮވާލަން"

އާންމުންގެ އެކުވެރި ގުޅުން ޖަމުއިއްޔާ 

ސަރުކާރުގެ ނިންމުމާއި ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުން އެ ޖަމުއިއްޔާއިން އިތުރަށް ބުނީ މިސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ބޭނުންވާނަމަ ‎މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ގޯތިބެހުން ހުއްޓާލައި، ގޯތި ބަހަން ހާއްސަ ފަޅެއް ކަނޑައަޅައި، އެތަން ހިއްކައި، ހިލޭ ގޯތިބަހާ މީހުން އަަބާދުކޮށް އެތަނެއް ތަރައްގީ ކުރަންވީ ކަމަށެވެ. އަދި އެކަމަށްޓަކައި އެ ޖަމުއިއްޔާގެ ފުރިހަމަ އެއްބާރުލުންވެސް ލިބޭނެ ކަމަށެވެ. 

އެހެން ނަމަވެސް ހުޅުމާލެ ފަދަ ތަނަކުން މިކަން ކުރުމުން ބޯހިޔާވަހިކަމަށް ހެޔޮ ބަދަލެއް ނާންނާނެ ކަމަށާއި، އެކަން އެކުރެވެނީ އަނެއްކާވެސް އިތުރު ސްލަމް ސިޓީއެއް، އިތުރު މާލެއްް އުފައްދައި މާލޭގައި އޮތް ކުލީގެ އަޅުވެތިކަމުގެ ވިޔަފާރި ދަމަހައްޓައި ފުޅާ ކުރުމަށްކަމަށް އެ ޖަމުއިއްޔާއިން ވަނީ ބުނެފައެވެ. 

އެކަންކަން ފާހަގަކޮށް އާންމުންގެ އެކުވެރި ގުޅުމުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަދި ސަރުކާރުގެ އެތައް އިސްވެރިންތަކެއްގެ އާއިލީ ވިޔަފާރިއަކީ ކުލީގެ އަޅުވެތިކަމުން ނަފާ ހޯދާ ބަޔަކަށް ވީކަމުގައިވިޔަސް، މި އިއާދަނުކުރެވޭނެ، ތާއަބަދަށް ގެއްލުންވާނެ އަމަލު ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި އިޖްތިމާއީ މިފަދަ ބޮޑު މައްސަލައެއްގައި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށްވެސް އެ ޖަމުއިއްޔާއިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. 

ކޮމެންޓް
ފޮޅި
އެއީމީހަކަށްެއެޗެއްލިބިދާނެތީއުޅޭބައެ*
12 May 2023
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.