ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖަނާޒާއަށް ތައްޔާރުވަނީ
ދުނިޔެ
10 May 2023 | 22:48
ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 21 މީހުން ޝަހީދު ވެއްޖެ

ޣައްޒާ އަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 21 މީހަކު ޝަހީދުވެއްޖެއެވެ.

ޝަހީދުވި 21 މީހުންގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނެއެވެ. އަދި ހަމަ މިއާއި އެކު މިހަމަލާތަކުގެ ސަބަބުން 64 މީހަކަށް އެކު ވަރުގެ އަނިޔާ ލިބިފައި ވާކަމަށް ފަލަސްޠީނުގެ ހެލްތް އޮފިޝަލަކު ވަނީ ބުނެފައެވެ.

މިއަދުވެސް އިޒްރާއިލުން ވަނީ ވައިގެ މަގުން ޣައްޒާ އަށް ހަމަލާ ދިފައެވެ. މި ހަމަލާތަކުގެ ސަބަބުން މިއަދުވެސް މިހާތަނަށް 3 މީހަކު ވަނީ ޝަހީދުވެފައެވެ. އިޒްރާއިލުން ޣައްޒާ އަށް މިގޮތަށް ހަމަލާދެމުން ދާތާ މިއީ ދެވަނަ ދުވަހެވެ. މިއަދުވެސް އިޒްރާއިލުން ވަނީ ޣައްޒާގެ އާންމުން ދިރިއުޅޭ ހިސާބުތަކަށް އެތައް ރޮކެޓެއް ފޮނުވައިފައެވެ.

ޣައްޒާގައި ދިރިއުޅޭ ލިޔުންތެރިއެއް ކަމަށްވާ ރަނާ ޝުބައިރް އަލްޖަޒީރާ އަށް ބުނެފައިވަނީ އިޒްރާއިލްގެ މި ހަމަލާތަކުގެ ސަބަބުން މުޅިން ސިއްސުވައިލައިފި ކަމަށެވެ.

"އަހަރެމެން އެންމެން ތިބީ ނިދާފަ، ކުއްލިއަކަށް އިވުނީ ބާރުގަދަ އެއްްޗެއް ގޮވި އަޑު" ރަނާ ބުނެފައިވެއެެވެ.

"މިހަމަލާތަކަކީ އިސްލާމިކް ޖިހާދާއި ދެކޮޅަށް ދޭ ހަމަލާތަކެއް ނޫން، މިއީ ސީދާ ފަލަސްޠީނުގެ ނިކަމެތި ރައްޔުތުންނާއި ދެކޮޅަށް ދޭ ހަމަލާތަކެއް، ޣައްޒާ އަކީ މީހުން ފުރި ބާރުވެފައި އޮތް ތަނެއް، ޢިމާރާތް ތައް ހުރީ ޖެހިޖެހިގެން މާބޮޑު ދުރުމިނެއް ނެތި، ގިނަ ބަޔަކު އެއްފަހަރާ މަރާލުމަށް ހިންގާ ޖަރީމާއެއް މިއީ" ރަނާ ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.