މޯލްޑިވިއަންގެ ފްލައިޓެއް -- ފޮޓޯ: މޯލްޑިވިއަން
ހަބަރު
11 May 2023 | 10:28
ޖެހިޖެހިގެން 5 ކުއާޓާގައި އައިލެންޑް އޭވިއޭޝަނަށް ގެއްލުން

ޤައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ޖެހިޖެހިގެން ފަސް ކުއާޓާގައި ގެއްލުންވެފައިވާކަން ހާމަވެއްޖެއެވެ. 

އައިލެންޑް އޭވިއޭޝަނަކީ 2018 ވަނަ އަހަރު ފައިދާ ލިބި ދައުލަތަށް ޑިވިޑެންޑުގެ ގޮތުގައި ފައިސާ ދައްކަމުން އައި ކުންފުންޏެކެވެ. ނަމަވެސް ސަރުކާރު ބަދަލުވެ ކުންފުނީގެ ހިންގުމަށް ގެނައި ބަދަލުތަކާއެކު އެ ކުންފުނީގެ މާލީ ހާލަތު އަހަރަކުން އަހަރުން ދަށަށްދާ ކަމަށް ރިޕޯޓް ތަކުން އަންނަނީ ދައްކަމުންނެވެ. 

އެގޮތުން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ކުއާޓާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ކުންފުނިތަކުގެ ކުއާޓާލީ މާލީ ރިޕޯޓުތަކުގެ ތެރެއިން 2022 ވަނަ އަހަރުގެ 3 ވަނަ ކުއާޓާގެ ރިޕޯޓުން ދައްކާގޮތުން، އެ ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 489 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް ހިންގުމުގެ ޚަރަދުތައް ކެނޑުމަށްފަހު އެ ކުންފުންޏަށް 12.6 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އަދި ހުރިހާ ޚަރަދެއް ކަނޑައި ނިންމުމުން ލިބުނު ގެއްލުންވަނީ 15.23 މިލިއަނަށް އަރާފައެވެ.

2022 ވަނަ އަހަރުގެ 2 ވަނަ ކުއާޓާގައިވެސް އަދި ފުރަތަމަ ކުއާޓާގައިވެސް އެ ކުންފުންޏަށް ވީ ގެއްލުމެވެ. އެގޮތުން ދެވަނަ ކުއާޓާގައި 76.6 މިލިއަން ރުފިޔާގެ ގެއްލުން އަދި ފުރަތަމަ ކުއާޓާގައި 47.2 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ.

މީގެ އިތުރުން، 2021 ވަނަ އަހަރުގެ 3 ވަނަ ކުއާޓާގައި 9.60 މިލިއަން އަދި 4 ވަނަ ކުއާޓާގައި 24.7 މިލިއަން ރުފިޔާގެ ގެއްލުން އެ ކުންފުންޏަށް ވަނީވެފައެވެ.

ކޮމެންޓް
ޢަބްދޫ
ބޭނުމެއްނެތް އެތައް ވަޒީފާއެއް ބޮޑު މުސާރަ އާއިލާގެ ވޯޓަށް އެއް އަހަރުގެ ބޮޑު މުސާރަ.
11 May 2023
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.