ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން-- ފޮޓޯ/ ވޮއިސް
ހަބަރު
11 May 2023 | 12:13
ހިޔާ ފުލެޓް ތަކުގެ ކުލި ކުޑަކުރަނީއެއް ނޫން؛ ކުއްޔަށް ލުއި ދެނީ: އަކްރަމް

މި މަހުން ފެށިގެން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ގެނެވޭ ބަދަލަކީ، ކުލި ދައްކަމުންދާ ފަރާތްތަކަށް ކުލި ދެއްކުމަށް ދެވޭ ލުއެއް ކަމަށާ، ކުލި ކުޑަ ނުކުރާ ކަމަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.  

ހިޔާ ފުލެޓުތަކުގެ ކުއްޔަށް ގެނެވޭ ބަދަލާއި ގުޅިގެން މިއަދު ޕްލޭނިންގ މިނިސްޓްރީ އާއި އާބަންކޯއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ހިޔާ ފުކެޓްތަކުގެ ކުއްްޔަށް ލުއި ދީފައިވަނީ 7 އަހަރު ދުވަހަށް ކަމަށެވެ. އެގޮތުން، ލުއި ދޭ 7 އަހަރުގައި ކުކީގެ ގޮތުގައި ދައްކަން ޖެހޭނީ 5,300 ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކުލި ކުޑަކުރީކީ ނޫން. އެއީ އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިއައީ ކުލި ނެތޭ ކުޑަ ކުރެވޭކަށް. ކުއްޔަށް ލުއެއް މި ދިނީ. ރައީސް މި ނިންމެވީ ކުއްޔަށް ލުއެއް ދެއްވުމަށް. އެހެންވީމާ އެގޮތުން މިދެންނެވިހެން 5,300ރ 7 އަހަރު ދުވަހުގެ ތެރޭގައި ދައްކަން ނިންމަވާފައި، ދެ އަހަރު އިތުރު ކުރެއްވީ. 

އަކްރަމް ކަމާލުއްދީން 

އަކްރަމް ވިދާޅުވީ ކުއްްޔަށް ދެވުނު މި ލުޔަކީ ރިޔާސީ އިންތިޚާބާއި ގުޅިގެން ގެނެވުނު ލުއެއް ނޫން ކަމަށާ، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައިވެސް ހިޔާ ފުލެޓުތަކުގެ ކުއްޔަށް ލުއިތައް ދެވިފައިވާ ކަމަށެވެ. 

ހިޔާ ފުލެޓްތަކުގެ ކުއްޔަށް މިގެނެވުނު ލުއާއިއެކު މީގެ ކުރިން 25 އަހަރުގެ މުއްްދަތަކަށް މަހަކު 7,500ރ ދައްކަމުން އައި އައުން، ކުރިއަށް އޮތް 7 އަހަރުގައި މަހަކު 5,300ރ އަށް ދައްކާ ޖުމުލަ 27 އަހަރަށް ކުލި ދެއްކުން ދަންމާލާ ގޮތަށް ވަނީ ބަދަލުކުރެވިފައެވެ. މިއާއެކު ކުރިއަށް އޮތް 7 އަހަރުގައި ފުލެޓް ތަކުގެ ކުލިން މަހެއްގެ މައްޗަށް 2,200ރ ލުއި ވަނީ ލިބިފައެވެ. 

މިބަދަލާއިއެކު 7 އަހަރު ދުވަހުގެ މުއްދަތަކަށް، ކުލީގެ އިތުރުން، މެއިންޓެނެންސްފީއާއެކު، ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދަކީ 6300 ރުފިޔާއެވެ. އަދި އެ 7 އަހަރު ނިނުމަށް ފަހު، ކުލި އަނެއްކާވެސް 7500 ރުފިޔާއަށް ބަދަލުވާނެއެވެ.

ލޯނުގެ މުއްދަތު ދަންމާލައިގެން ނަމަވެސް ކުލި މިހާރަށްވުރެ ކުޑަ ކުރެވޭކަމަށް ވާނަމަ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މުހިންމީ އެފަދަ ލުއި ފަސޭހައެއް ލިބުން ކަމަށް އެފަރާތްތަކުން މީގެ ކުރިން ވަނީ ބުނެފައެވެ. 

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެޅި މި ފުލެޓްތަކަށް އެ ސަރުކާރުން ނަގަން ނިންމީ މަހަކަށް 5,500ރ އެވެ. ނަމަވެސް މި ސަރުކާރުން އެ ކުލި ބޮޑު ކުރުމުން ރައްޔިތުންނަށް ބޮޑު ތަކުލީފެއް ވެގެން ގޮސްފައިވާ ކަމަށް ބުނެ އެތަނުގައި ދިރިއުޅޭ ފަރާތްތަކުން އެތަށް ފަހަރަކު ވަނީ ކުލި ކުޑަ ކުރަން އެދިފައެވެ. 

ކޮމެންޓް
ޫޔތރ
ރައީސްޔާމީން 5500 ރ މަހުކުއްޔަށް ހެދީ 25 އަހަރަށް
11 May 2023
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.