ހަމަލާތަކުގެ ސަބަބުން ވެއްޓިފައިވާ ޢިމާރާތެއް. މިއި އެތައް ބަޔަކު ދިރިއުޅެމުންދިޔަ އެޕާޓްމެންޓު ތަކެެއް ހުރި އިމާރާތެއް.
ދުނިޔެ
12 May 2023 | 09:34
ޣައްޒާ އަށް ދެމުންދާ ވައިގެ ހަމަލާތައް އަދިވެސް ހުއްޓާނުލާ ކުރިއަށް

ފަލަސްޠީނުގެ ޣައްޒާ އަށް އިޒްރާއިލުން ދެމުންދާ ވައިގެ ހަމަލާތައް އަދިވެސް ހުއްޓުމެއް ނެތި ދަނީ ދެމުންމެވެ.

ޣައްޒާ އަށް ދޭން ފެށި ހަމަލާތައް ދޭން ފެށިތާ މިއަދަަށް ތިން ދުވަސް ވެފައި ވާއިރު، ޣައްޒާ އިން ޝަހީދުވި މީހުންގެ ޢަދަދު 26 ވަނީ އަރައިފައެވެ. އަދި މިހާތަނަށް 80 މީހަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައިވެއެެވެ.

މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ފަލަސްޠީނުގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ގްރޫޕްގެ ލީޑަރުވެސް ހިމެނެއެވެ.
އިޒްރާއިލުން ދިން ހަމަލާތަކުގެ ރައްދުގައި ފަލަސްޠީނުގެ ހަތިޔާރު އެޅި ގްރޫޕަކުން ވަނީ 400 ރޮކެޓް ފޮނުވައިލައި ފައި ކަމަށް އަލްޖަޒީގައި ބުނެފައިވެއެވެ.

ހަމަލާތަކުގައި ޒަހަމްވެ އަނިޔާ ލިބެމުންދާ މީހުން ފަރުވާ އަށް ގެންދިޔުމަށް ބޭނުން ކުރަން ހުރި މަގުތައް އިޒްރާއިލް ސިފައިން ވަނީ ބަންދުކޮށްފައެވެ. އަދި އެމީހުން ހޮސްޕިޓަލަށް ގެންދިޔުމަށް އެ މަގުތައް ހުޅުވުމަށް އިޒްރާއިލް ސިފައިން ދަނީ ދެކޮޅު ހަދަމުންނެވެ.

މިހާތަނަށް 140 މީހަކު ފަރުވާ އަށް ޣައްޒާ އިން ބޭރަށް ގެންދިޔުމަށް ދެކޮޅުހަދައިފައި ވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. މީގެ ތެރޭގައި މަރާއި ހަނގުރާމަ ކުރަމުންދާ ބަލި މީހުންވެސް ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.