ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ހަބަރު
13 May 2023 | 14:06
ފަލަސްޠީނު-އިސްރާއީލް މައްސަލަ ހައްލުވާނީ "ޓޫ ސްޓޭޓް ސޮލިއުޝަން" އަކަށް ދެވިގެން: ސަރުކާރު

ޣައްޒާ އަށް އިޒްރާއިލުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި މިކަންވަނީ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ.

އެގޮތުން އެބަޔާނުގައި ބުނެފައި ވަނީ އިޒްރާއިލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން 31 މީހުން ޝަހީދު ވެފައި ވާކަމަށެވެ. 

އިޒްރޭލު ސިފައިން ދިން ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އާންމު ރައްޔިތުން ގެ ތެރެއިމް ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށާއި ގިނަ ގިނަ އަދަދެއްގެ އާންމުން ދިރިއުޅޭ އިމާރާތްތައްވެސް ހަލާކުވެފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެ ހަމާލަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނު ތަކާއި ޚިލާފު އަދި ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ)ގެ ރިޒޮލިއުޝަންތަކާ ހިލާފުކަމެއް ކަމަށާއި އިޒްރާއިލުން ޣައްޒާ އަށް  ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި އަމަން ޤާއިމުކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅެމުންދާކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

ރާއްޖޭއާއި ރާއްޖޭގެ ރައްޔިތުން ތިބީ ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންނާއެކު ކަމަށާއި ފަލަސްޠީނުގެ މިނިވަންކަމަށް އެ ޤައުމުގެ ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ތާއިދުކުރާނެ ކަމަށް ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން އަދި މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށާއި، އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާޢީދުކޮށް، އެއްބާރުލުންދޭނެކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ "ޓޫ ސްޓޭޓް ސޮލިއުޝަން" ނުވަތަ ފަލަސްޠީނާއި އިސްރާއީލަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ޤާއިމުކުރެވިގެންކަން މި ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިކަމަށް ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެގެންކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވެއެވެ.

ފަލަސްޠީނުގެ މައްސަލަ ހައްލުވާނީ "ޓޫ ސްޓޭޓް ސޮލިއުޝަން" ދެވިގެން ކަމަށް ދިވެހި ސަރުކާރުން ބުނާއިރު، ފަލަސްޠީނަކީ އިސްރާއީލްގެ ތަނެއް ނޫންކަމާއި، މީހެ އަހަރު ތެކެއް ކުރިން އިސްރާއީލް އަކީ އޮތް ތަނެއް ނޫން ކަންވެސް ތާރީޚް ބަލާލުމުން އެނގެއެވެ. އަދި، ފަލަސްޠީނުގައި އިސްރާއީލުގެ ޔަހޫދީން ދިރިއުޅެމުންދަނީ އެތަނަށް ގަދަކަމުން ވެރިވެގަނެ، މުސްލިމުންގެ 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ