ޝެއިޚް އަހުމަދު ސަމީރު--
ހަބަރު
14 May 2023 | 12:46
"ފަލަސްޠީނު ބިމުން ޔަހޫދީންނަށް ދައުލަތެއްގެ ޙައްޤު އޮތްކަމަށް ޤަބޫލުކުރުމީ ވެވޭ ބޮޑު ޚިޔާނާތެއް"

ފަަލަަސްޠީނުގެ މުޤައްދަސް ބިން ފޭރިގަނެގެން އެތަނަށް ބޭރުން އަރާތިބި ޒަޔަނިސްޓް ޔަހޫދީ ޖަމާޢަތަކަށް އެ ބިމުގައި ދައުލަތެއްގެ ޙައްޤު އޮތްކަމަށް ޤަބޫލުކުރުމީ އުންމަތުގެ ޙައްޤުގައި ވެވޭ ބޮޑުވެންވާ ޚިޔާނާތެއް ކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ. 

ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގެންފައިވާ ޔަހޫދީން ޣައްޒާ އަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން އިއްޔެ ނެރުނު ބަޔާނުގައި ވަނީ، ފަލަސްޠީނު ގެ  މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ "ޓޫ ސްޓޭޓް ސޮލިއުޝަން" ނުވަތަ ފަލަސްޠީނާއި އިސްރާއީލަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ޤާއިމުކުރެވިގެންކަން ބުނެފައެވެ.

އެކަމާއި ގުޅިގެން ޝެއިޚް ސަމީރު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ފަލަަސްޠީނުގައި 2 ދައުލަތެއް ނޯންނާނެ ކަމަށާ އެއީ ހަމައެކަނި ފަލަސްޠީނު ކަމަށެވެ. 

"ފަަލަަސްޠީނުގެ މުޤައްދަސް ބިން ފޭރިގަނެގެން އެތަނަށް ބޭރުން އަރާތިބި ޒަޔަނިސްޓް ޔަހޫދީ ޖަމާޢަތަކަށް އެ ބިމުގައި ދައުލަތެއްގެ ޙައްޤު އޮތްކަމަށް ޤަބޫލުކުރުމީ އުންމަތުގެ ޙައްޤުގައި ވެވޭ ބޮޑުވެންވާ ޚިޔާނާތެކެވެ. ފަލަސްޠީނުގެ ބިން ފޭރިގަނެގެން ބޭރުން އަރާތިބި ހަރުކަށި ޓެރަރިސްޓް ޖަމާޢަތަކަށް، ފަސްޠީނުގެ ބިމުގެ 78 އިން ސައްތަ ދޭގޮތަށް “ 2 ދައުލަތުގެ ޙައްލު” ގެ ނަމުގައި ހުޅަނގުން ހުށައެޅިމަކަރުވެރި ރޭވުމަކީ ޔަހޫދީ ދައުލަތް ފުޅާކޮށް އެއުރެންގެ ބާރު މުޅިތަނަށް ފަތުރަން މަޖްބޫރު ކުރުވި ދަންތުރައެކެވެ."

ޝެއިޚް އަހުމަދު ސަމީރު

މިއާއެކު ޝެއިޚު ވިދާޅުވީ، އެ މައްސަލާގައި “2 ދައުލަތުގެ ޙައްލު” ގެ ވާހަކައަކީ ސީދާ ކަމާގުޅުން ހުރި އެއްވެސް ބަޔަކު މިހާރު ޤަބޫލުކުރާ އެއްޗެއްވެސް ނޫން ކަމަށެވެ.

އަދި އެހުށައެޅުން މެދުވެރިކޮށް، އެ ހުށަހެޅުމުގެ ބައިވެރިން ކަމުގައިވާ ހުޅަނގާއި، އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީން ފަލަސްތީނުުގައި ވަޒަންވެރި ކުރުވުމާއި، ހަމަ އެ ހުށައެޅުމުގައި ފަސްޠީނުގެ ސަރަޙައްދުގެ ގޮތުގައި ހުށައަޅާފައިވާ ޤުދުސްގައި އެމެރިކާއައި އެނޫންވެސް ހުޅަނގުގެ ޤައުމުތަކުގެ “އިޒްރޭލް އެމްބަސީ” ޤާއިމުކުރުމާއި، މިނޫންވެސް އެތައް ކަމެއްް ހިމެނޭ ކަން ޝެއިޚު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއަދު އެ ބުނާ “2 ދައުލަތުގެ ޙައްލަ”ކީ އަވާމެންދުރެއްކަން އެންމެންނަށްވެސް ސާބިތު ވެފައިވާ ކަމަށް ޝެއިޚް ވިދާޅުވި އެވެ. 

މިއަދު ފަލަސްޠީނަށް އަރާތިބި ޒަޔަނިސްޓް ޔަހޫދީންނާއި އެމީހުންގެ މީހުންގެ ބާރު ކިތެއްމެ ގަދަވިޔަސް މުސްލިމެއްގެ ހިތުގައި އެބިމުން ކައިވަތެއްގެ މިންވަރުވެސް ޣާޞިބުންނަށް ޙައްޤު ކަމުގައި ދެކިގެން ނުވާނެ ކަމަށްވެސް ޝެއިޚު ވިދާޅުވި އެވެ. 

ޝެއިޚް ސަމީރު ވިދާޅުވީ އަނިޔާވެރިކަމާއެކު ބިމަށް އަރައިގަނެވިދާނެ ކަމަށާ އެހެނަަސް އަހަރެމެންގެ ހިތުގެ ޢަޤީދާއަށް އަރައިގަތަދީގެން ނުވާނެ ކަމަށެވެ. 

މި މައްސަލަ އަށް އޮތް ޙައްލަކީ ދީނަށް އެނބުރި އައިސް ޖިހާދުކޮށް ޤުދުސް މިނިވަން ކުރުން ކަމަށްވެސް ޝެއިޚު ވިދާޅުވި އެވެ.

"މާތް الله ޒަނިސްޓުންގެ އަނިޔާވެރިކަމުން އެބިންޠާހިރުކޮށް ދެއްވާށި! އެއުރެންގެ މަކަރުވެރި އަނިޔާވެރި ޢަމަލުތަކުން އަޅަމެެން ރައްކާތެރި ކުރައްވާށި! އާމިން" ޝެއިޚު ސަމީރުގެ ފޯސްޓުގައި ވެއެވެ. 

ކޮމެންޓް
ޖާބެ
އަދަަލަތުގެ ސްޑޭންޑް ބަދަލްވީއޭ ޝޭޙް
16 May 2023
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.