ހުޅުމާލެެ 2 ވަނަ ފިޔަވަހި
ހަބަރު
14 May 2023 | 17:01
ހުޅުމާލޭ ދެވަނަ ފިޔަވަހީ އެމްއޭސީއެލް ހިޔާ ޓަވަރު ސަރަހައްދުގައި ބަސް ސްޓޮޕެއް ގާއިމުކޮށްފި

މޯލްޑިވްސް ޓްރާނަސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފަރާތުން ހުޅުމާލޭ ދެވަނަ ފިޔަވަހީ އެމްއޭސީއެލް ހިޔާ ޓަވަރު ސަރަހައްދުގައި ބަސް ސްޓޮޕެއް ގާއިމު ކޮށްފިއެވެ.

އެމްޓީސީސީން ބުނީ އިތުރު ބަސް ސްޓޮޕެއް ގާއިމު ކުރަން ނިންމީ،  އެ ކުންފުނީގެ ފަރާތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭ ބަހުގެ ހިދުމަތް އިތުރަށް ފުޅާކޮށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އާރް6، އާރް 7، އާރް 8 އަދި އާރް 9 ރޫޓުގެ ބަސްތައް މެދުވެރިކޮށް، މާދަމާއިން ފެށިގެން އާ ބަސް ސްޕޮޓްގެ ހިދުމަށް ދިނުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.

އެމްޓީސީސީން ބަހުގެ ހިދުމަތް ދޭން ފަށައި، ރައްޔިތުންގެ ބޭނުންތަކަށް ބެލުމަށްފަހު އެކި ސަރަހައްދުތަކުގައި ބަސް ސްޓޮޕް ގާއިމު ކުރަމުން ދެއެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ ބަސް ސްޓޮޕްގެ ހިދުމަތް ދޭން ފެށީ ހިޔާ ޓަވަރުތައް ކައިރީގައެވެ. 

އެމްއޭސީއެލް ސަރަހައްދުގައި ބަސް ސްޓޮޕް ގާއިމު ކުރުމުން، ހިޔާ ފްލެޓްތަކުގައި ހުންނަ ދެ ބަސް ސްޓޮޕްއާ ލައިގެން ޖުމުލަ ހަތަރު ބަސް ސްޓޮޕް ދެވަނަ ފިޔަވަހީގައި ހުންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.