ބީސީ ނާގޭޝް
ދުނިޔެ
14 May 2023 | 22:15
ކަރްނާޓަކާގެ އަންހެން ދަރިވަރުންނަށް ބުރުގާ އެޅުން މަނާކުރި މިނިސްޓަރުގެ ގޮނޑި ގެއްލިއްޖެ

އިންޑިޔާގެ  އެސަމްބްލީ އަށް މެމްބަރުން ހޮވުމަށް ބޭއްވި ކޮންގްރެސް އިންތިޚާބުގައި ކަރްނާޓަކާގެ އަންހެން ދަރިވަރުންނަށް ބުރުގާ އެޅުން މަނާ ކުރި އެޑިޔުކޭޝަން މިނިސްޓަރު ބީސީ ނާގޭޝް އިންތިޚާުބުގައި ވާދަކޮށް ނާކާމިޔާބު ވެއްޖެއެެވެ.

ބީޖޭޕީގެ ފަރާތުން ވާދަ ކުރި ނާގޭޝް ގެ ގޮނޑި ގެެއްލިފައިވަނީ ކޮންގްރެސް ޕާޓީ އިން ވާދަކުރި ކޭ ޝަދަކްޝާރީ އާއި ވާދަކޮށް 17652 ވޯޓުގެ ތަފާތުންނެވެ. 

ކޮންގްރެސްގެ ފަރާތުން ކަރްނާޓަކާގައި ގާއިމް ކުރެވިފައިވާ ބުރުގާ މަނާ ކުރުން ނިމުމަކަށް ގެންނާނެ ކަމަށް ކޮންގްރެސްގައި ހިމެނޭ ހަމައެކަނި މުސްލިމަ އެމްއެލްއޭ ކަނީޒް ފާތިމާ ބުނެފައިވެއެވެ.

"ﷲގެ އިރާދައާއި އެކު ދަރިވަރުންނަށް ބުރުގާ އެޅުން މަނާ ކޮށްފައި އިތް އޮތުން ނިމުމަކަށް ގެނެސް، ކިޔެވުމުގެ ހައްޤުން މަހްރޫމް ކުރެވުނު ކުދިނަ ކްލާސްތަކަށް އަނބުރާ ގެނެސް އެކުދިންނަށް އިމްތިހާނުގައި ބައިވެރިވެވޭނެ ގޮތް ހަދާނަން، 2 އަަހަރު އެކުދިންނަށް ގެއްލިގެން އެދިޔައީ" ކަނީޒް ފާތިމާ ބުނެފައިވެއެއެވެ.

ކޮންގްރެސް ޕާޓީ އިން ރަސްމީކޮށް އަދި މިކަމާއި ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. ކަރްނާޓަކާގެ މުސްލިމް އަންހެން ކުދިން ކޮލެޖަށް ދާއިރު ބުރުގާ އެޅުމުގެ މައްސަލަ ފެށިގެން ދިޔައީ ބުރުގާ އަޅައިގެން އުޅޭ ކުދިންނަށް ބުރުގާ އަޅައިގެން ކޮލެޖަށް ނުވަދެވޭނެ ކަމަށް 2021 ޑިސެމްބަރުގައި އެންގުމުންމެވެ. މިމައްސަލައިގައި މަގުމަތީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މިމައްސަލަ ހައި ކޯޓަށް ހުށައަޅައި 2022 ވަނަ އަހަރުގެ ފެބްރުއަރީ ގައި ނިންމީ ކޮލެޖް ތަކަށާއި ސްކޫލްތަކަށް  ބުރުގާ އަޅައިގެން ނުވަދެވޭނެ ކަަމަށެވެ.

އިންޑިޔާގެ ކަރްނާޓަކާގެ އެސަމްބްލީ ގެ މެޖޯރޮޓީ ހޯދައިފައިވަނީ ކޮންގްރެސް ޕާޓީ އިންނެވެ. 224 ގޮނޑީގެ ތެރެއިން 136 ގޮނޑި ކޮންގްރެސް އިން ކާމިޔާބު ކޮށްފައި ވާއިރު ބީޖޭޕީ އަށް ކާމިޔާބު ވެފައިވަނީ 65 ގޮނޑިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.