ހަމަލަތައް ހުއްޓާލުމަށްފަހު ފަލަސްޠީނުގެ ޢާއިލާއެއް އެނބުރި ގެއަށް ދަނީ
ދުނިޔެ
15 May 2023 | 07:37
ޣައްޒާ އަށް ދޭ ހަމަލާތައް ހުއްޓާލުމަށް ދެފަރާތުގެ އެއްބަސް ވުމަކަށް އަތުވެއްޖެ

އިޒްރާއިލުން ޣައްޒާ އަށް ދޭން ފެށި ހަމަލާ ތަކާއި، އޭގެ ރައްދުގައި ފަލަސްޠީން އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން އިޒްރާއިލް ރައްޔިތުން އުޅޭ ސަރަހައްދަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަށް ދެފަރާތުން އެއްބަސްވުމަކަށް އަތުވެއްޖެއެެވެ.

5 ދުވަހަށް ދެމިގެން ދިޔަ ހަމަލާތައް ހުއްޓުމަކަށް އައިރު ފަލަސްޠީނުގެ 35 މީހަކު ވަނީ ޝަހީދުވެފައެވެ. އެންމެ ފަހުން އިޒްރާއިލުން ދިން ރޮކެޓް ހަމަލާތަކުގައި ވެސް ފަލަސްޠީނުގެ ތިން މީހަކު ވަނީ ޝަހީދުވެފައެވެ.

ހަމަލާތައް ހުއްޓާލައި މި ލިބުނި އަމާން ކަމަކި ޣައްޒާގެ 2 މިލިއަނެއްހާ މީހުންނަށާއި ފަލަސްޠީނުގެ ބިމުގައި ދިރިއުޅެމުންއަންނަ އެތައް ހާސް އިޒްރާއިލް ރައްޔިތަކަށް ހަމަޖެހުމެއް ގެނެސްދޭނެ ކަމަކަށް ވެގެންދާނެއެވެ. ދެފަރާތަުން ބަދަލު ކުރަމުން ދިޔަ ހަމަލާތައް ހުއްޓާލުމަށް މަޝްވަރާ އަށް ދިއުމަށް މެދުވެރިއެއްގެ ދައުރު އަދާކޮސްފައިވަނީ މިޞްރުންނެވެ.

ޣައްޒާގެ ރައްޔިތުން އެމީހުން ދިރިއުޅެމުންދިޔަ އެޕާޓްމެންޓްތައް ހުރި ސަރަހައްދު ތަކަށް އެނބުރި ގޮސްފައި ވާއިރު އެތަން ތަނުން ފެންނަން ހުރީ ހަލާކުވެ ގައު ކުންޏަށް ވެފައި ހުރި ފާރުތަކާއި ހަކާކުވެފައި ހުރި ފަރުނީޗަރު ފަދަ ތަކެއްޗެވެ. އިޒްރާއިލުން އެތަންތަނަށް ހަމަލާ ދީފައި ވަނީ އެތަންތަނަކީ އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން  ފިލާ ތިބި އައްޑާތަކެއް ކަމަށް ބުނެއެެވެ.

ހަމަލާތައް ދެމުންދާތީ ޣައްޒައަށް މުދާ އެތެރެ ކުރާ މައި ދޮރު ބަންދު ކުރެވުނެވެ. އިޒްރާއިލުން ވަނި މިހާރު އެތަން ހުޅުވައިފައެެވެ. އަދި އެ މަގު ބަންދު ކޮށްފައި ބަހައްޓާނަމަ ޣައްޒާ އަށް ކަރަންޓު ދޫކުރާ ޕަވަރ ޕްލާންޓް ބަންދުކޮށް ކަރަންޓު ނެތި އުނދަގޫ ވާނެ ވަރަށް ދަތި ކުރާނެ ކަމަށް އިޒްރާއިލުން ވަނީ އިންޒާރު ދީފައެވެ.

އިޒްރާއިލް ސިފައިން ބުނެފައިވަނީ އިސްލާމިކް ޖިހާދުގެ ގިނަ ބަޔަކު ޝަހީދު ކޮށްލެވުމަކީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް  ކަމަށެވެ. ނަމަވެސް ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރެއިން 13 މީހުންނަކީ އާންމު ރައްޔިތުންނެވެ. އަދި އޭގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިންވެސް ހިމެނެއެވެ. އޭގެ ތެރޭގައި 4 އަހަރުގެ ތުއްތު ކުއްޖަކާއި އުމުރުން ދުވަސްވި އަންހެނަކު ވެސް ހިމެނެއެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.