ތުރުކިޔޭ އިންތިޚާބުގެ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުން--
ހަބަރު
15 May 2023 | 09:44
ފުރަތަމަ ބުރުން އުރުދޮޣާން އަށް އިންތިޚާބު ކާމިޔާބު ނުވެ، ދެވަނަ ބުރަކަށް ދާންޖެހިއްޖެ

ތުރުކިޔޭވިލާތުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބުނުވެ ދެވަނަ ބުރަކަށް ދާން ޖެހިއްްޖެއެވެ. 

އިއްޔެގެ ވޯޓަށްފަހު ތުރުކީގެ ސުޕްރީމް އިލެކްޝަން ކައުންސިލްއިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން އެގައުމުގެ މިހާރުގެ ރައީސް އުރުދޮޣާންއަށް ކާމިޔާބު ކުރެއްވިފައިވަނީ %49.49 ވޯޓެވެ. އަދި ކަމާލް ކިލިޗްޑަރޮގްލޫއަށާ ކާމިޔާބު ކުރެއްވިފައިވަނީ %44.79 ވޯޓެވެ.

އިންތިހާބު އެއްބުރުން ކާމިޔާބު ކުރަން %50 އަށް ވުރެ އިތުރަށް ވޯޓު ލިބެން ޖެހެއެވެ. ނަމަވެސް އެވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިފައި ނުވާތީ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުން ކަމަށްވާ އުރުދޮޣާން އަދި އިދިކޮޅު ކެންޑިޑޭޓް ކަމާލް ކިލިޗްޑަރޮގްލޫ ވަނީ ދެވަނަ ބުރެއްގައި ވާދަކުރަން ޖެހިފައެވެ. 

އިންތިހާބު ގެ ދެވަނަ ބުރުގައި ވޯޓު ލުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި 60 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

ތުރުކިުޭގައި ކުރިއަށްދާ ރިޔާސީ އިންތިހާބަކީ މި ފަހުގެ ތާރީހުގައި އެ ގައުމުގައި ކުރިއަށްދާ އެންމެ ވާދަވެރި އިންތިހާބެވެ. މި އިންތިޚާބުގައި 4 ކެނޑިޑޭޓަކު ވާދަކުރިނަމަވެސް، އިންތިޚާބު ކުރިޔަށް ގޮސްފައިވަނީ ރައީސް އުރުދޮޣާން އާއި އޭނާއާއި ވާދަކުރާ، ގިނަ އިދިކޮޅު ޕާޓީތައް އެކުވެގެން އުފައްދާފައިވާ، އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް ކަމާލްއާ ދެބޭފުޅުންގެ މެދުގައި ކުރިޔަށްދާ ވާދެވެރި އިންތިޚާބެއްގެ ގޮތުގައެވެ. 

ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި ތާއީދު ބޮޑީ އިދިކޮޅު ލީޑަރު އަދި ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރަށެވެ. އެހެންވެ، މި އިންތިހާބަކީ 2014 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އުރުދޮޣާންގެ ވެރިކަން، އިތުރަށް ދެމިއޮންނާނެތޯ ކުރެވޭ ސުވާލުތަކަށް ނިމުމެއް އަންނާނެ އިންތިހާބެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.