ރައީސް މުހައްމަދު ނަޝީދުގެ ޕްރައިމަރީގެ ކެމްޕޭން ތެރެއިން--
ހަބަރު
15 May 2023 | 13:54
އެލްޖީއޭގެ ސީއީއޯ ކަމުން އަފްޝަން އިސްތިއުފާ ދެއްވައިފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އަފްޝަން ލަތީފު އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވިކަން އަންގައި އަފްޝަން ސިޓީ ހުށަހަޅުއްވާފައިވާ ކަން "ވޮއިސް" އަށް ވަނީ ކަށަވަރުވެފައެވެ. 

މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އަފްޝަން އެލްޖީއޭއަށް ފޮނުއްވި ސިޓީގައި ވަނީ އެ މަގާމުގައި ހުންނެވިއިރު އެންމެ އިސްކަމެއް ދެއްވީ ލޯކަލް ކައުންސިލްތަކާއި، ސަރުކާރާއި، ރައްޔިތުންނާމެދު އޮންނަ ގުޅުން ހަރުދަނާކޮށް ލާމަރުކަޒީ ނިޒާމަށް އޮންނަ އިތުބާރު އިތުރު ކުރުމަށް ކަމަށެވެ.

އަދި އެލްޖީއޭގެ އެންމެ މުހިންމު އެއް ދައުރަކީ އިސްނަގައިގެން މައްސަލަ ހައްލުކުރުން ކަމުގައި ދެކި، ކައުންސިލްތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ މުއައްސަސާ ތަކާއި، މަދަނީ ޖަމިއްޔާތަކާއި، ވިޔަފާރިކުރާ ފަރާތްތަކާއި ކައުންސިލްތަކާ ޖެހޭ މައްސަލަތައް ހައްލު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދީ، އެފަދަ ހާލަތްތަކުގައި ކައުންސިލްތަކުގެ ހައްގު ދިފާއު ކުރުމަށް ވީހާވެސް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށްވެސް ބުނޭފައިވެއެވެ.

މިއާއެކު އަފްޝަން ވަނީ އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވިއިރު މުވައްޒަފުން ބެހެއްޓެވި ގާތްކަމާއި، ދެއްވި އިރުޝާދާ ލަފައަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވާފައެވެ. 

އަފްޝަންގެ ސިޓީގައި އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ. 

އެލްޖީއޭގެ ސީއީއޯއަކަށް އަފްޝަން އައްޔަންކުރެއްވީ ޖޫން 9، 2020 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ކެމްޕޭން ވެސް ކުރިއަށް ގެންދަވާފައެވެ. ފަހުން ނަން އަނބުރާ ވަނީ ގެންދަވާފައެވެ. 

އަފްޝަން އަކީ އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރި ވަމުންދާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރުގެ އަނބިކަނބަލުންނެވެ. އެމްޑީޕީ ޕްރައިމަރީގައިވެސް އަފްޝަން ހުންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެއްކޮޅުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.