މަގުމަތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް 2018 ވަނަ އަހަރު ހުޅުމާލޭގައި ބޭއްވުނު ޑްރިލްއެއް
ހަބަރު
16 May 2023 | 08:36
ހުލުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރަނީ

ހުޅުމާލޭގައި ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވަމުންދާތީ، އެކްސިޑެންޓުތައް މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އާބަންކޯއިން ބުނެފިއެވެ. 

އާބަންކޯއިން ބުނެފައިވަނީ ހުޅުމާލޭގެ އާބާދީ އިތުރުވެ ކާރޫބާރު ބޮޑުވުމާއި ގުޅިގެން އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން އާބަންކޯ އިން މިހާރު އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މިގޮތުން ފުލުހުންނާއި ގުޅިގެން މަގުތަކުގެ ރައްކާތެރިކަން އިތުރުކޮށް ދުއްވާ އުޅަނދުތަކުގާއި އުޅޭ ފަރާތްތަކާއި ހިނގާފައި އުޅޭ ފަރާތްތަކަށް ފަސޭހަ ވާނެ އަދި ރައްކާތެރި ގޮތްތަކެއް ހޯދައިދިނުމަށް ފުރިހަމަ ޕްލޭންއެއް އެކުލަވާލާ މަސައްކަތްތައް މިހާރު ފެށިފައި ވާކަަމަށް އެކުންފުނިން ބުނެއެެވެ.

"ވަގުތުން ގެނެވެން ހުރި ބަދަލުތައް ދެނެގަނެ، އެކްސިޑެންޓް ނުވަތަ ހެޑް އޮން ކޯލިޝަން މަދުކުރުމަށް ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރުތަކެއް ހަރުކުރަން މިހާރު ވަނީ ނިންމާފައި، މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫ ޓާން ނަގައި ފަރާތްތައް ޤަވައިދާއި އެއްގޮތަށް އެކަން ކުރުމަށް ބާރު އެޅުން" އާބަންކޯ އިން ބުނެފައިވެއެވެ.

އަދި އެކަން އަންގާދޭ ބޯޑުތައް މަގުމަތީގައި ހަރުކުރުމަށް މިހާރު ވަނީ ހަމަޖެހިފައި ވާކަމަށާއި މީގެ އިތުރުން، ހިނގާފައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓުތައް ހަރުކުރުމުގެ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގެ 2 ސަރަހައްދެއްގައި ލައިޓް ހަރުކުރެވި ޓެސްޓިންގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން ކަމަށް އާބަންކޯއިން ބުނެފައިވެއެެވެ. އާބަންކޯއިން ބުނީ މި ލައިޓްތައް ހުޅުމާލޭގެ ކާރު ބާރު ބޮޑު ޖުމްލަ 8 ސަރަހައްދެއްގައި ހަރުކުރެވިގެން ދާނެ ކަމަށެވެ.

މަގުތަކުގެ ފްލޯއަށް ބަދަލު ގެނައުމަށް މިހާރު ދަނީ ފުލުހުންގެ އިދާރާއާއި އެކު މަޝްވަރާކުރެވި އެކަމުގެ މަސައްކަތްތައް ވެސް  ކުރެވެމުންކަމަށް އާބަންކޯއިން ބުނެއެވެ.

އެގޮތުން ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ ބަދަލުކޮށް ވީހާވެސް ރައްކާތެރި އަދި އާއްމުންނަށް ފަސޭހަ ވާނެ ގޮތްތަކެއް މި މަސައްކަތްތަކުގެ ތެރެއިން ބަލާ، މަގުތަކަށް ބަދަލުތައް ގެނެވޭނެ ކަމަށް އާބަންކޯ އިން ބުނެއެވެ.

އާބަންކޯއިން ބުނީ މަގުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މިހާރު ދަނީ ގިނަ މަސައްކަތްކެއް ކުރެވެމުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.