ރައީސް ނަޝީދު އަދި އާރުޑީސީގެ އެމްޑީ މޫކޭ/ ފޮޓޯ: އަވަސް
ހަބަރު
17 May 2023 | 05:58
ބޮޑުވަޒީރު ހެދިގެން މެމްބަރުން ކެނޑި ޒަމާން ނިމުމަކަށް އައިސް އެމްޑީޕީ މިނިވަންވެއްޖެ: މޫސާ

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅުވީމާ މެމްބަރުން ޕާޓީން ވަކިކުރި ޒަމާން ނިމުމަކަށް އައިސް އެމްޑީޕީ އައު ލީޑަޝިޕަކަށް އަލިވިލިއްޖެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ. 

މޫކޭ މިފަދައިން ވިދާޅުވެފައި ވަނީ ފޯޅަވަހި މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ކުރުމާއި ގުޅިގެން އެމްޑިޕީގެ ޕީޖީގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކުރުމާއި ގުޅިގެން ރައީސް ނަޝީދު ނުުރުހުން ފާޅުކުރައްވާ ޓްވީޓު ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުން ނެވެ. 

މޫކޭ ވިދާޅުވީ މިއީ ނަޝީދު ބޮޑުވަޒީރު ހެދިގެން ބޭނުންފުޅުވާ މެންބަރުން ޕާޓީންގެ ކެނޑި ޒަމާން ނޫން ކަމަށެވެ. އެ ޒަމާން ބަދަލުވެފައިވާ ކަމަށާއި، މިހާރު ޕާޓީ ހިންގުމަށް ތިއްބެވީ އައު ލީޑަޝިޕެއްކަން މޫކޭ ވަނީ ނަޝީދަށް ހަނދާންކޮށްދެއްވާފަ އެވެ. 

އެއާއެކު މޫކޭ ވިދާޅުވީ ޒަމާން ބަދަލުވެ އެމްޑީޕީ މިނިވަންވެއްޖެ ކަމަށެވެ. އަދި ދެން ނަޝީދަށް އެ ޕާޓީ ހިފަހައްޓާ ނުލެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. 

"ޒަމާން ބަދަލުވެ ޕާޓީ މިނިވަން ވެއްޖެއެވެ. ދެން ފަހެ ޤާނޫނާއި ޤަވާޢިދު އެއީ ބޮޑު ވަޒީރުގެ ނިއްކުރި ކަމަށް ހައްދަވައިގެން އިމެއް ނެތި ޕާޓީގެ މެމްބަރުން ކަނޑަމުން ދުވެ ވަޑައިގެންނެވި ޒަމާން ނިމި އައު ލީޑަރޝިޕަކަށް އެމްޑީޕީ ވީއްލިއްޖެ އެވެ. ދެން ނުހިފެ ހެއްޓޭނެ"

އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ)

މޫކޭ މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާ މެންބަރުން ގެންދަވަނީ އާޒިމް ޕާޓީން ވަކިކުރި ކުރުން ދިފާއު ކުރައްވަމުން ނެވެ. 

އޭނާ ޕާޓީން ވަކިކޮށްފައިވަނީ ޕާޓީގެ އަސާސީ ޤަވައިދާއި ޚިލާފުވެފައިވާކަމަށް މައްސަލަ ބަލާ ކޮމެޓީއިން ނިންމި ނިންމުމާއި ގުޅިގެންނެވެ. 

ރައީސް ޞާލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެމްބަރުން ވިދާޅުވީ ފޯޅަވަހި މައްސަލައިގައި ހަދާފައިވާ "ކަނޑު ވިއްކާލުމާއި ދެކޮޅު" އިއްތިހާދުގެ މަސައްކަތްތަކާއި ބައިވެރިވެ ރައީސް ޞާލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ އެމްޑީޕީގެ މެމްބަރުންނާއި ދޭތެރޭ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.