މާލޭގެ ގެއެއްގައި އޮސްޓްރިޗެއް ގެއްގުޅެނީ/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
16 May 2023 | 23:22
ޕޯލްޓަރީ ދޫނިތަށް ދެން އެތެރެކުރެވޭނީ ރަޖިސްޓްރީކޮށްފައިވާ ފާމެއް އޮވެގެން

ޕޯލްޓްރީ ދޫންޏާއި ލައިވްސްޓޮކް އެތެރެކުރުމުގެ ހުއްދަ މީގެފަހުން ދޫކުރާނީ އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީން މިގޮތަށް ހާމަކުރެއްވީ ޕޯލްޓްރީ ފާމްތަކުގައި ގެންގުޅުމަށް އެފަދަ ދޫނި އެތެރެކުރުމަށް ދޫކުރާ ހުއްދައިގެ ދަށުން އޮސްޓްރިޗް ނުވަތަ ގިނިކާމާދޫނި ފަދަ ބޮޑެތި ދޫނި އެތެރެކޮށް އޭގެ ދިރޭ ދޫނި ވިއްކަމުން ގެންދާތީ އެފަދަ ދޫނި ގަނެގެން ޕެޓްގެ ގޮތުގައި ބައެއް ފަރާތްތަކުން ގޭގައި މީހުންގެ ތެރޭގައި ގެންގުޅޭ ކަމުގެ ޝަކުވާ ލިބުމާއި ގުޅިގެންނެވެ.

މިގޮތަށް މިފަދަ ދޫނި ގެންގުޅޭ ވީޑިއޯތައް މީސް މީޑިއާގައިވެސްވަނި އާންމުވެފައެވެ.  

އެކަމާއި ގުޅޭގޮތުން އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕޯލްޓްރީ ދޫންޏަށް ހުއްދަދެނީ އެފަދަ ދޫނި ގެންގުޅުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ފާމުތަކުގައި ގެންގުޅުމަށް ކަމަށެވެ. 

އެ މިންގަނޑު ބިނާވެފައިވަނީ ޖަނަވާރު ގެންގުޅުމުގައި ބައިނަލްއަޤުވާމީގޮތުން ޢަމަލުކުރާ ދުޅަހެޔޮކަމުގެ މިންގަނޑުތަކާއި، އަދި ޙަޔަވީ ރައްކާތެރިކަން ނުވަތަ ބަޔޯ ސެކިއުރިޓީގެ މިންގަނޑުތަކުގެ މައްޗަށް ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނިކާމާދޫނި ފަދަ ބޮޑެތި ދޫނި ގެންގުޅެންޖެހެނީ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައި އެކަމަށް ޚާއްސަ ފާމުތަކުގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. 

ރާއްޖެއަށް މިފަދަ ބޮޑެތި ޖަނަވާރު އެތެރެކޮށް ގެންގުޅުމުގެ ހުއްދަ ދޫކުރަންފަށާފައިވަނީ، ރާއްޖޭގައި ޒިރާޢީ ބޭނުންތަކަށް ދިރޭ ޖަނަވާރު ގެންގުޅުމުގެ ސިނާޢަތް ކުރިއެރުވުމުގެ މަޤުސަދުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. 

ޖަނަވާރު އެތެރެކުރުމުގެ ހުއްދަ ދެނީ ވަކި މިންގަނޑުތަކަށް ރިޢާޔަތް ކުރެވިގެން ކަމަށްވާއިރު، އެފަދަ ޖަނަވާރުތަކުގެ ރައްކާތެރިކަމާއި ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ އުސޫލުތަކަށް ޖަނަވާރު އެތެރެކުރާ ފަރާތްތަކުން ބޯލަނބާ އެކަމުގައި ޒިންމާދާރުވާންޖެހޭނެކަމަށް މިނިސްޓްރީން އަންގާފައިވެއެވެ. 

އެހެންކަމުން މިއަދުން ފެށިގެން މިފަދަ ދޫނި އެތެރެކުރުމުގެ ހުއްދަ ދޫކުރާނީ އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އަންގާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.