ފޮޓޯ/ އެމްޓީސީސީ
ވިޔަފާރި
17 May 2023 | 13:34
އެމްޓީސީސީން ވެލްޑަރުން ތަމްރީން ކުރުމަށް 3 އަތޮޅެއްގައި އޯޕަންޑޭ ބާއްވަނީ

އެމްޓީސީސީ ހުނަވަރު ޕްރޮގްރާމްގެ ދަށުން ވެލްޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމަށް އޯޕަން ޑޭސެޝަންތަކެއް 3 އަތޮޅެއްގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. 

އެމްޓީސީސީ އިން ބުނީ އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ 18 މެއި އިން 27 މެއި ގެ ނިޔަލަށް ލާމު އަތޮޅާއި، އައްޑޫ ސިޓީ އަދި ފުވައްމުލަށް ސިޓީގައި ކަމަށެވެ. އަދި މުސްތަޤުބަލުގައި ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގައިވެސް އެމްޓީސީސީ ހުނަވަރު ޕްރޮގްރާމަށް ބައިވެރިން ހޯދުމަށް އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މި ޕްރޮގްރާމް މެދުވެރިކޮށް "ވެލްޑަރ – ހުނަވަރު ޓްރޭނީ" މަޤާމުގެ 15 ވެލްޑަރުން ތަމްރީން ކުރުން ކަމަށެވެ.

އެމްޓީސީސީން އިތުރަށް ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ އެމްޓީސީސީގެ އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިވިޜަނަށް ބޭނުންވާ ވެލްޑަރުން ހޯދުން ކަމަށާ، ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި، އެ ޑިވިޜަންގެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާވެ ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ.

އެ ކުންފުނީގެ ބޭނުމަކީ މިފަދަ ޓްރެއިނިންގ ތަކުގެ ސަބަބުން މި ދާއިރާގައި ބިދޭސީންނަށް އޮތް ބަރޯސާވުން ވީހާވެސް ކުޑަކުރުމަށްވެސް އެ ކުންފުނިން ބުނެއެވެ.

3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގެ ތެރެއިން ރާއްޖޭގައި ތަމްރީންވުމަށްފަހު ވަޒީފާއަށް ހޮވޭފަރާތްތަކަށް ކުރިމަގުގައި ރާއްޖޭން ބޭރުގައި ތަމްރީންވުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި މި ޕްރޮގްރާމްގައި ބޮޑަށް އަޙައްމިއްޔަތުކަން ދެވޭނީ އިންޑަސްޓްރިއަލް ވެލްޑިންގެ ފަންނު ތަރައްޤީކުރުމަށް ކަމަށާ، އެގޮތުން ކަނޑުގައި ދުއްވާ އުޅަނދުފަހަރު މަރާމާތުކުރުމާއި ބަނުމުގައި ކުރާ ވެލްޑިންގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮއްދެވޭނޭ ކަމަށެވެ.

މި ޕްރޮގްރާމަށް ކުރިމަތި ލުމުގެ ފުރުޞަތު ދެ ޖިންސުގެ 25 އަހަރުން ދަށުގެ ބައިވެރީންނަށް ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތަކީ ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރި ފަރާތަކަށް ވާންޖެހެއެވެ. ހަމައެހެންމެ އެއްގަމާއި ކަނޑުމަތީގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަންހުރި ކަނޑުމައްޗަށް ފަރިތަ މީހެއް ކަމުގައި ވާންޖެހެއެވެ. މީގެ އިތުރުން، ހިސާބު، ފިޒިކްސް، ކެމިސްޓްރީ ހިމެނޭހެން އޯ ލެވެލް 3 މާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. 

މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް 5,000 ރުފިޔާގެ އެޕްރެންޓިސްޝިޕް އެލަވަންސަކާއި 3,000 ރުފިޔާގެ އެކޮމޮޑޭޝަން އެލަވަންސެއް ދޭ ގޮަތަށް ވަނީ ހަމަޖެހިފައެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށްދާނީ ތިލަފުށީގައި ހުންނަ އެމްޓީސީސީ ބޯޓުޔާރޑްގައެވެ.

އެެމްޓީސީސީ ހުނަވަރު ޕްރޮގްރާމް އިފްތިތާޙު ކުރީ 2018 ވަނަ އަހަރުއެވެ. އެގޮތުން އަހަރަކު ހަތަރު ފަހަރު ކުރިއަށް ގެންދާ ގޮތަށް މި ޕްރޮގްރާމް ވަނީ 2022 ވަނަ އަހަރު އިތުރަށް ފުޅާކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.