ހުސެއިން އަމްރު/ ފޮޓޯ: ދެން
ހަބަރު
17 May 2023 | 21:03
އެމްޑީޕީއަކީ މިހާރު ސިޔާސީ ޕާޓީއެކޭ ބުނަން ދަތި: އަމްރު

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ އަދި މިހާރު ވެރިކަން ކުރަމުންދާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ މިހާރު ސިޔާސީ ޕާޓީއެއްކަމަށް ދަންނަވަން ވެސް ދަތިވާކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އެ ޕާޓީގެ ސިޔާސަތު ކޮމިޓީގެ މުޤައްރިރުކަން ކުރެއްވި ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮފިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އަމްރު ވަނީ އެމްޑީޕީން ވަކިވި ސަބަބު ސާފުކޮށްދެއްވާފަ އެވެ. 

އަމްރު ވިދާޅުވީ އެމްޑީޕީ އުފެއްދީ އަދި އެ ޕާޓީގައި މަސައްކަތް ކުރައްވަމުން ގެންދިޔައީ ރާއްޖޭގެ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދާދިނުމަށް ކަމަށެވެ. އެއީ އިންތިޒާމުވެގެން ހިންގޭ ސިޔާސީ ހަރަކާތްތަކެއް ތެރެއިން ހިންގޭ މަސައްކަތެއްކަން އަމްރު ފާހަގަކުރެއްވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އެމްޑީޕީ މަސައްކަތް ކުރަމުން އައި ގޮތްތައް މިހާރު ބޮލާލާ ޖަހާފައިވާ ކަމަށެވެ. 

ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދާދިނުމަށް ބޭނުންވާ ހުރިހާކަމެއް މި ސަރުކާރަށް ލިބިފައި އޮވެމެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އަތުން އެކި ގޮތްތަކަށް ފައިސާ ނެގުމަށްކަމަށް އަމްރު ވިދާޅުވި އެވެ. އަދި މުޅި ސަރުކާރު ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވެފައިވާކަމަށް އަމްރު ވިދާޅުވި އެވެ. 

"މިއަދު ރައްޔިތުންނަށް ތާހިރު ރަނގަޅު ދިރިއުޅުމެއް ހޯދާދިނުމަށްޓަކައި ތަންމިނަށް ފުރުސަތު ލިބިފައި މިވަނީ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އިންތިޒާމުވެގެން ހިންގޭ ސިޔާސީ ހަރަކާތް ހިންގުމުގެ ބަދަލުގައި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމާއި، ދައުލަތުގެ ބައިތުލްމާލު ހުސްކޮށްލުމާއި، ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމާއި، ރައްޔިތުން ބިކަކޮށް ނިކަމެތި ކުރުމާއި، ވަކި މަދު ބަޔަކަށް ތާއީދު ނުކުރާކަމަށް ވަނީވިއްޔާމު ވަޒީފާގެ ބިރުދެއްކުމާއި މިކަހަލަ ނުބައި ނުލަފާ ކޮށްގެން ނުވާނެ ހުރިހާކަމެއް ކުރަމުންދާތަން" 

އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު 

އަމްރު ވިދާޅުވީ އެމްޑީޕީ މިހާރު ހިންގަމުންދާ ގޮތަށް ބަލާއިރު، އެ ޕާޓީ ވަނީ ސިޔާސީ ޕާޓީއެއްގެ ސިފަ ގެއްލިފައި ކަމަށެވެ. ހަޤީގަތުގައި މިހާރު އެމްޑީޕީއަކީ ސިޔާސީ ޕާޓީއެއްކަމަށް ނުދެންނެވޭނެކަމަށް އަމްރު ވިދާޅުވި އެވެ. 

"މިއަދު އެމްޑީޕީއަކީ ސިޔާސީ ޕާޓީއެއްގެ ސިފަ ގެއްލި މުޅިން އެހެން ކަހަލަ މަސައްކަތްތަކެއް ކުރާ ބައެއްގެ ސިފަ ޖެހިފައި ވަނީ. އެހެންވީމަ މިއަދު އަޅުގަނޑަކަށް ހަމަގައިމުވެސް ނެތް ބުނެވޭކަށް އެމްޑީޕީ އަކީ ސިޔާސީ ޕާޓީއެކޭ"

އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު 

ޒަމާނުއްސުރެ އެމްޑީޕީ ދަމަހައްޓަމުން އައި އަސާސްތައް ދޫކޮށް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި، އޭނާއަށް ވަފާތެރި މެމްބަރުން އެކަހެރިކޮށް، އެ މެމްބަރުންނަށް ބިރުދައްކާ އިންޒާރުތައް ދެމުންދާކަމަށް ބުނެ ރައީސް ނަޝީދަށް ތާއީދުކުރައްވާ ގިނަ މެމްބަރުން ވަނީ މިއަދު ޕާޓީން ވަކިވެ، އާ ޕާޓީއެއް އުފައްދާނެކަން އިއުލާނު ކޮށްފަ އެވެ. 

އަދި އެ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.